ޓަޝްކެންޓް (އޮކްޓޫބަރު 6) - އުޒްބެކިސްތާނުގައި ކުރިއަށް ގެންދިޔަ މިއަހަރުގެ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ފައިނަލްގައި 2-1 އިން އާޖެންޓީނާ ބަލިކޮށް، ބްރެޒިލް އިން ރެކޯޑް ހަވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ޓަޝްކެންޓް (އޮކްޓޫބަރު 6) - އުޒްބެކިސްތާނުގައި ކުރިއަށް ގެންދިޔަ މިއަހަރުގެ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ފައިނަލްގައި 2-1 އިން އާޖެންޓީނާ ބަލިކޮށް، ބްރެޒިލް އިން ރެކޯޑް ހަވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
މިރޭ ކުޅުނު ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު ބްރެޒިލްގެ ގޯލުތައް ޖަހައިދިނީ ފެރާއޯ އާއި ރަފާ ސަންޓޯސް އެވެ. މެޗު ނިމެނިކޮށް އާޖެންޓީނާ އަށް ސުން ކަނޑުވައިދިނީ މަޓިއަސް ރޯސާ އެވެ.
ފައިނަލް މެޗުގެ ކުރިން މިއަދު ކުޅުނު ތިންވަނަ ހޮވި މެޗުގައި ޔޫކްރޭން ވަނީ 7-1 އިން ފްރާންސް ބަލިކޮށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
މިހާތަނަށް ބޭއްވި ފުޓްސަލްގެ 10 ވޯލްޑް ކަޕްގެ ތެރެއިން ބްރެޒިލް ވަނީ ހަތް ފަހަރު ފައިނަލްގައި ވާދަ ކޮށްފަ އެވެ. އޭގެ ތެރެއިން ބަލިވީ 2000 ވަނަ އަހަރުގެ ފައިނަލްގައި ސްޕެއިން އަތުންނެވެ. ސްޕެއިން ވަނީ އެއަށް ފަހު 2004 ވަނަ އަހަރު އޮތް މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
ބްރެޒިލް ވަނީ 2004 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި އާޖެންޓީނާ ބަލިކޮށްފަ އެވެ. އަދި 2021 ވަނަ އަހަރު ތިންވަނަ ހޮވި މެޗުގައި ވަނީ ކަޒަކިސްތާނު ބަލިކޮށްފަ އެވެ.
މިއަހަރުގެ ފައިނަލަކީ އާޖެންޓީނާ ޖެހިޖެހިގެން ފުޓްސަލް ވޯލްޑް ކަޕްގައި ވާދަކުރި ތިންވަނަ ފައިނަލެވެ. އެންމެ ފަހުން 2021 ވަނަ އަހަރުގެ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވި އިރު، އޭގެ ކުރިން 2016 ވަނަ އަހަރު ވަނީ ފައިނަލްގައި ރަޝިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފީފާގެ ފުޓްސަލް ރޭންކިން؛ ރާއްޖެއަށް ސާފްގެ އެއްވަނަ
ފީފާގެ ރައީސްގެ ތައުރީފު އެފްއޭއެމްގެ މަސައްކަތަށް
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
ފުޓްބޯޅައިން ވިދާލި ހަތަރު ކުޅުންތެރިން ފުޓްސަލް ޓީމަށް
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމާލަނީ
ދުނިޔޭގެ ފުޓްސަލް ލެޖެންޑް އެޗްޑީސީ އަށް
ފުޓްސަލް ގައުމީ ޓީމަށް ނިޝާހް، ލިއުބީ ނިޔާ، ޓޯޑް
ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ
ފީފާއާ ދެކޮޅަށް މަލްޓިބިލިއަން ޕައުންޑުގެ ދައުވާއެއް
ފީފާގެ އޮފީސް ޓްރަމްޕް ޓަވަރުގައި ހުޅުވުމުން ފާޑުކިޔަނީ