Roadha Mihaaru
ފީފާގެ ފުޓްސަލް ރޭންކިން؛ ރާއްޖެއަށް ސާފްގެ އެއްވަނަ

ފީފާގެ ފުރަތަމަ ފުޓްސަލް ރޭންކިން؛ ރާއްޖެއަށް ސަރަހައްދުގެ އެއްވަނަ

07 މެއި 2024

ފީފާއިން ފުރަތަމަ ފަހަރަށް، އިއުލާން ކުރި ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތް ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ފީފާއިން ފުރަތަމަ ފަހަރަށް، އިއުލާން ކުރި ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތް ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ދެކުނު އޭޝިއާއިން ފިރިހެން ފުޓްސަލް ރޭންކިންގައި ލައްވާލީ، ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލެވެ. ފުޓްސަލް ކުޅޭނެ އެއް ވެސް ވަސީލަތެއް ނެތް ރާއްޖޭން ވަނީ ދުނިޔޭގެ ރޭންކިންގެ 110 ވަނަ ހޯދައިފަ އެވެ.

ޖުމުލަ 139 ގައުމު ރޭންކްކޮށްފައިވާ، ފީފާގެ ރޭންކްގައި ނޭޕާލަށް ލިބުނީ 121 ވަނަ އެވެ. އިންޑިއާ އޮތީ ފުލުން ފަސްވަނައިގަ އެވެ. އެއީ ދުނިޔޭގެ 135 ވަނަ އެވެ.

ފީފާއިން، ފުޓްސަލް ކަނޑައަޅާފައި ވަނީ އިންޑޯ ގޭމެއްގެ ގޮތުގަ އެވެ. މި ސަރަހައްދުގެ ގައުމުތަކަކީ ފުޓްސަލް އަށް އެހާ އިސްކަމެއް ދޭ ގައުމުތަކެއް ނޫނެވެ. އޭޝިއާގައި ވެސް ގިނަ ގައުމުތައް އިސްކަން ދެނީ ފުޓްބޯޅަ އަށެވެ. ފުޓްސަލްގެ އެއްވެސް ވަސީލަތެއް ނެތަސް، ފުޓްސަލްގެ އަޑު އެންމެ ގަދަ ގައުމަކީ ރާއްޖެ އެވެ.

އެކަމަކު ފުޓްސަލްގެ އަންހެން ރޭންކިންގައި ރާއްޖެ ލައްވައެއް ނުލި އެވެ. އަންހެން ރޭންކިގައި ހިމެނުނު ސާފްގެ ހަމައެކަނި ގައުމަކީ ބަންގްލަދޭޝް އެވެ. އެ ގައުމަކީ އަންހެން ފުޓްސަލްގައި ދުނިޔޭގެ 44 ވަނަ އެވެ.

އަންހެން އަދި ފިރިހެން ރޭންކިންގައި ވެސް އެއްވަނަ ހޯދީ ފުޓްބޯޅައިގައި ވެސް ދުނިޔޭގެ ގަދަ ބާރު ބްރެޒިލެވެ.