05 އޮކްޓޯބަރ 2024
މުޖުތަމައުގައި ހަގީގީ މުސްލިމުންގެ ސިފަތައް އަލުން އިއާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުޖުތަމައުގައި ހަގީގީ މުސްލިމުންގެ ސިފަތައް އަލުން އިއާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މުސްލިމް މުޖުތަމައުއެއް ނުވަތަ އިސްލާމީ ގައުމެއްގައި ހުންނަންޖެހޭ ސިފަތައް ގުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށާއި ނަމަވެސް ދިވެހި މުޖުތަމައު ތެރޭގައި މިހާރު ހިނގާ ކަންކަމާއި އެ ސިފަތަކާ އެއްގޮތްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.
ހަގީގީ މުސްލިމުންގެ ސިފަތައް އިއާދަކޮށް އަލުން ތަރުތީބުވާން ޖެހޭ ހާލަތަށް ގައުމު ގޮސްފައި ނުވޭތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ މުޖުތަމައު ތެރޭގައި ހާލަތު އޮތް ގޮތް ވަރަށް ވެސް ހިތާމަވެރި ކަމަށާއި އެކަން ނޫސް މީޑިއާތަކާއި މުޖުތަމައު ސިފަކުރާ އެކި ލިޔުންތަކުން އެނގޭ ކަމަށެވެ.
ހަގީގީ މުސްލިމުންގެ ސިފަތައް އިއާދަކޮށް އަލުން ތަރުތީބުވާން ޖެހޭ ހާލަތަށް މި ދިވެހި ގައުމު ގޮސްފައި ނުވޭތޯ؟ ވިސްނާލައްވާ!: ރައީސް
"ކީއްވެތޯ މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ؟ ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ؟ ކީއްވެތޯ ކުޑަކުދީންގެ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތެނީ؟ ކީއްވެތޯ އަމިއްލަ ބުއްދިފިލައިދާ ފަދަ އަމަލުވުންތަކާއި އަމިއްލަ ގައުމު ހަލާކުވެދާ ފަދަ ބަދުއަހުލާގީ އަމަލުތައް އާންމުވަމުންދަނީ؟ ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުންދަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ކަންކަމުގެ ތެރެއިން ދޮގު ހަބަރު ފެތުރުމަށް އެކަނި ބަލައިލިޔަސް އެއީ މުޖުތަމައު ތެރޭގައި މޫލާފައި އޮތް ބޮޑު ހަލާކެއް ކަމަށެވެ. ކުޑަ ފައިސާކޮޅަކަށް އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއްތޯ އެ ކަން ކުރާ ފަރާތްތަކަށް ވިސްނުމަށް ނާންނަނީތޯ ރައީސް ވިދާޅުވި އެވެ.
"[ދޮގު ހަބަރުގެ ސަބަބުން] ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ. އަދި ކީއްތޯ، ބައެއް ފަހަރަށް ފަތުރާލާ ދޮގު ހަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުރުއާނާއި ސުންނަތުން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމައަކަށް މި ގައުމު ބަދަލުކުރަން އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. އެކަން ކުރުމަށް އަމިއްލަ ނަފުސުގެ މައްޗަށް ވައުދުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އިތުރު ގައުމުތަކުގައި ދިވެހި/އިސްލާމް ކިޔަވައިދެނީ
އަންހެނުން ކޮމިޓީއަށް މުސާރައެއް ކަނޑައަޅަނީ
ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލް ތަސްދީގުކުރައްވައިފި
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާވަޑައިގެންފި
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
ލައިވްގައި ގުރުއާނުގެ ކަލިމައެއް އުނިވީ އިހުމާލަކުން
ވޯލްޑް ކަޕް ބިޑު ކާމިޔާބުކުރުމުން ރައީސްގެ މަރުހަބާ ސައޫދީ އަށް
މީހުން ސަލާމަތްކޮށް ނިމުނުއިރު އަލިފާންގަނޑު ފެތުރިއްޖެ
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
"އަމީނަށް ހެދި ގޮތް" ހަދަން ބުނި މައްސަލަ މަޖިލީހަށް