03 އޮކްޓޯބަރ 2024
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުޅުމާލޭގައި މިހާރު ހިންގަމުންދާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޖިނާއީ މައްސަލަތައް މިހާރު ބެލޭނެ ކަމާ މެދު ހައި ކޯޓުގައި މިއަދު ސުވާލު އުފައްދައިފި އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުޅުމާލޭގައި މިހާރު ހިންގަމުންދާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޖިނާއީ މައްސަލަތައް މިހާރު ބެލޭނެ ކަމާ މެދު ހައި ކޯޓުގައި މިއަދު ސުވާލު އުފައްދައިފި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނު އޮންނަ ގޮތުން މެޖިސްޓްރޭޓް ކޯޓެއް ހުރި ރަށެއްގައި ކްރިމިނަލް ކޯޓު ފަދަ ސުޕީރިއާ ކޯޓެއް ނުވަތަ އެފަދަ ކޯޓެއްގެ ޑިވިޝަނެއް ގާއިމްވެއްޖެ ނަމަ މެޖިސްޓްރޭޓް ކޯޓަށް އެ ބާވަތުގެ މައްސަލަތަކެއް ނުބެލޭނެ އެވެ. ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރި ނަމަވެސް ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހެދި ކްރިމިނަލް ކޯޓުގެ ބައެއް ސެކްޝަންތަކުގެ ޝަރީއަތްތައް މިހާރު ކުރިއަށް ގެންދަނީ ހުޅުމާލޭގަ އެވެ.
އެހެންވެ، ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަތައް ބެލޭނެ ކަމާ މެދު ސުވާލު އުފެއްދީ ހުޅުމާލޭގައި މިދިޔަ މަހު ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލާގައި، ކާރު ދުއްވި މީހާ ބަންދުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރު އެ މީހާގެ ފަރާތުން އިސްތިއުނާފްކުރި މައްސަލާގަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ކާރު ދުއްވި މުހައްމަދު ވިސާމް ސިދުގީގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ހުޅުމާލޭގައި ހުރީ ކްރިމިނަލް ކޯޓުގެ ޑިވިޝަނެއް ކަމަށް ވިޔަސް އަދި ނުވިޔަސް ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަތައް މިހާރު ނުބެލޭނެ ކަމަށެވެ. ކްރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެ ބަދަލާ އެކު، ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ގެއްލުނީ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެހެންވެ، ހުޅުމާލޭ ކޯޓުގައި ހުރި ހުރިހާ ޖިނާއީ މައްސަލަތަކެއް ދެން ބަލަން ޖެހޭނީ ކްރިމިނަލް ކޯޓުން ކަމަށް ވެސް ވަކީލް ނޫރުއްސަލާމް ވިދާޅުވި އެވެ.
އެކަމަކު، ދައުލަތުން ބުނީ ހުޅުމާލޭގައި ހުރީ ކްރިމިނަލް ކޯޓުގެ ޑިވިޝަނެއް ނޫން ކަމަށާއި އަދި ކްރިމިނަލް ކޯޓުގެ އެޑްރެސް ކަމުގައި މިހާރު ވެސް ރަސްމީކޮށް ބަލަނީ މާލޭގައި ހުރި ކްރިމިނަލް ކޯޓު ކަމަށެވެ. ކޯޓެއްގެ ޑިވިޝަނެއް އުފެއްދޭނީ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ވަކި އިޖުރައާތެއް ފުރިހަމަ ކުރުމަށް ފަހު، ނެރޭ ގަރާރެއްގެ ދަށުން ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ ކަންކަން ފުރިހަމަ ކޮށްފައި ނެތުމުން ހުޅުމާލޭގައި ހުރީ ކްރިމިނަލް ކޯޓުގެ ޑިވިޝަނެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. އެގޮތުން ކޯޓެއްގެ ޑިވިޝަނެއް އުފެއްދޭނީ ވަކި އިޖުރައާތެއްގެ ދަށުން ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި އޮންނަ ކަން ފާހަގަ ކުރައްވައި، އެކަމާ ބެހޭގޮތުން ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ވަކީލް ނޫރުއްސަލާމް ވިދާޅުވީ ޑިވިޝަނެއް އުފައްދަން ފުރިހަމަ ކުރަންޖެހޭ އިޖުރައާތު ފުރިހަމަވެފައި ނެތަސް، އޭގެ ސަބަބުން ނުކުންނަނީ އެއް ނަތީޖާއެއް ކަމަށެވެ. މުއްދަތެއް ނެތް ގޮތަށް އެހެން ރަށެއްގައި ޝަރީއަތް ހިންގާ ނަމަ އެއީ ޑިވިޝަނެއް ކަމަށް ބެލެވޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. ޑިވިޝަނެއް އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރައާތު ފުރިހަމަ ނޫން ކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ ދައުލަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ކަނޑައަޅާފައި އޮންނަ ގޮތުން ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ވާއިރު، މާލޭގައި ހުންނަަ ކްރިމިނަލް ކޯޓު، ހުޅުމާލޭގައި ހިންގުމަށް އޮތް ހުރަހަކީ ކޮބައިތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.
ނަމަވެސް ވަކީލް ނޫރުއްސަލާމް ވިދާޅުވީ، ކޯޓުތައް އުފެއްދުމުގެ ބޭނުމުގައި ހުޅުމާލެއަކީ މާލޭގެ ބައެއް ކަމުގައި މިހާތަނަށް ނުބަލާ ކަމަށެވެ. ހުޅުމާލޭގައި މިހާތަނަށް ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަތައް ބެލޭނެ ކަމާ މެދު ސުވާލު އުފެއްދިއިރު، އެ ކޯޓު އުވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން ނިންމި އެވެ. ނަމަވެސް މިހާތަނަށް އެކަން ކޮށްފައެއް ނުވެ އެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދައި، ހުށަހެޅި މައްސަލައަކާ ގުޅިގެން 2012 ވަނަ އަހަރު ސުޕްރީމް ކޯޓު ނިންމާފައިވަނީ އެއީ ސައްހަ ކޯޓެއް ކަމަށެވެ.
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން
"މަތީ ކޯޓުތަކަށް ތަބާނުވާ ފަނޑިޔާރުން ޒިންމާވާންޖެހޭ"
ސިއްހީ ސަބަބާ ހެދި ބަންދުން ދޫ ނުކުރެވޭނެ: ހައިިކޯޓް
އައްމަޓީ ދޫކޮށްލި މައްސަލާގެ ހުކުމް އާދިއްތަ ދުވަހު
މަރު މަތީގައި އޮންނަ މީހަކު ދޮގެއް ނަހަދާނެ!
"ވާނުވާ ރިވިއު ނުކުރިޔަސް، ބަންދުން ދުލެއް ނުވާނެ"
"ވާނުވާ" ރިވިއުގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
މަރުގެ މައްސަލައެއް ބޭރުކޮށްލީ ރަނގަޅަށް: ހައިކޯޓް
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި