24 ފެބުރުއަރީ 2021
ޖޫން، 2015 ގައި އައްޑޫ ސިޓީގެ ހިތަދޫގައި ގްރޫޕަކުން ތޫނު އެއްޗެހިން ދިން ހަމަލާއަށް ފަހު ހަސަން ޝިއާރު، އޭނާގެ އެންމެ ފަހު ވަގުތުކޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އޮވެގެން ބުނީ އޭނާއަށް ހަމަލާދިނީ ކޮން ބައެއް ކަމެވެ. ޖެހިގެން އައި ދުވަހު އޭނާ މަރުވީ އެވެ. ހާދިސާ ހިނގި ގޮތާއި ވަގުތުގެ ގޮތުން ހަމަލާދިން މަންޒަރު ފެނިފައި ނުވާތީ ޝިއާރުގެ މަރާ ގުޅިގެން ހަތަރު މީހަކަށް ޓެރަރިޒަމްގެ ދައުވާކުރީ އޭނާ މަރާ ހަނގުރާމަ ކުރަމުންދިޔަ ވަގުތުކޮޅު ހޮސްޕިޓަލްގައި އޮވެގެން އެ ބުނި ބުނުމުގެ މައްޗަށް ބިނާކޮށެވެ.
ޖޫން، 2015 ގައި އައްޑޫ ސިޓީގެ ހިތަދޫގައި ގްރޫޕަކުން ތޫނު އެއްޗެހިން ދިން ހަމަލާއަށް ފަހު ހަސަން ޝިއާރު، އޭނާގެ އެންމެ ފަހު ވަގުތުކޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އޮވެގެން ބުނީ އޭނާއަށް ހަމަލާދިނީ ކޮން ބައެއް ކަމެވެ. ޖެހިގެން އައި ދުވަހު އޭނާ މަރުވީ އެވެ. ހާދިސާ ހިނގި ގޮތާއި ވަގުތުގެ ގޮތުން ހަމަލާދިން މަންޒަރު ފެނިފައި ނުވާތީ ޝިއާރުގެ މަރާ ގުޅިގެން ހަތަރު މީހަކަށް ޓެރަރިޒަމްގެ ދައުވާކުރީ އޭނާ މަރާ ހަނގުރާމަ ކުރަމުންދިޔަ ވަގުތުކޮޅު ހޮސްޕިޓަލްގައި އޮވެގެން އެ ބުނި ބުނުމުގެ މައްޗަށް ބިނާކޮށެވެ.
އެކަމަކު އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، މިދިޔަ ހަފުތާގައި ސަލާމަތްވީ އެވެ. އެ މީހުން ސަލާމަތްވި ސަބަބަކީ ޝިއާރު ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ މަސްތުވެފައި ކަމަށް ޝައްކުވާ ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައި އޮތުމުން، އޭނާ މަރު މަތީގައި ބުނި ބުނުމަށް ބުރަދަން ދެވެން ނެތުމުންނެވެ. ޑޮކްޓަރުން އެގޮތަށް ބުންޏަސް، ޝިއާރުގެ ލޭ ޓެސްޓް ފުލުހުން ހެދިއިރު، އޭނާގެ ހަށިގަނޑުގައި މަސްތުވާއެއްޗެއްގެ އަސަރެއް ނެތެވެ. ނަމަވެސް ދައުލަތުން އެ ރިޕޯޓް ކޯޓަކަށް ހުށައެއް ނާޅަ އެވެ. ކޯޓަށް ހުށަނާޅާ ލިޔުމަކަށް ރިއާޔަތް ނުކުރެވޭނެތީ ކޯޓުން ނިންމީ ޝިއާރުގެ ސިކުނޑީގެ ހާލަތާ މެދު އުފެދުނު ޝައްކު ދެމި އޮތުމުން އޭނާ މަރު ތުންފަތް މަތީގައި އޮވެ ބުނި ބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ. އެހެންވެ، މަރު މަތީގައި ބުނާ ބަހުގެ އެއްވެސް އަގެއް ނެތީތޯ އެއް ބަޔަކު ސުވާލު އުފައްދަން ފެށި އެވެ.
"މަރުގެ ތުންފަތް މަތީގައި އޮންނަ މީހަކު ދޮގު ހެދުމަކީ މުސްތަހީލް ކަމެކެވެ،" މިހެން ބުނާ ގާނޫނީ ހަމައެއް އޮވެ އެވެ. އަނެއް ތަރުޖަމާ އަކީ "އިންސާނަކު ދޮގެއް ހިިފައިގެން، އޭނާ ހެއްދެވި ފަރާތާ ބައްދަލެއް ނުކުރާނެ" އެވެ. އެއީ މީހަކު މަރުވުމުގެ ކުރިން އޭނާ ބުނާ ބަހަކީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ތެދެއް ކަމަށް ގަބޫލުކޮށް، އެއަށް ބުރަދަން ދިނުމަށް ބޭނުންކުރާ ގާނޫނީ އުސޫލެވެ.
މަރާ ހަނގުރާމަ ކުރަމުންދާ މީހަކު، އޭނާ މަރުވުމުގެ އަސްލު ސަބަބާ ގުޅޭ ގޮތުން ކިޔައިދޭ ކިޔައި ދިނުމަކީ "ޑައިން ޑިކްލަރޭޝަން" އެވެ. މިސާލަކަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށްލާފައި އޮތް މީހަކު ތިމަންނައަށް ހަމަލާދިނީ މިވެނި މީހެއް ކަމަށް އެހެން މީހެއްގެ ގާތު ބުނާ ބުނުމެވެ. ޑައިން ޑިކްލަރޭޝަން އާންމުކޮށް ބޭނުން ކުރަނީ މީހުން މެރުމުގެ މައްސަލަތަކުގަ އެވެ.
ޑައިން ޑިކްލަރޭޝަނަކީ މަރުވި މީހާ ބުނާ ބުނުމެވެ. އެ ބުނުމުގެ މައްޗަށް ބިނާކޮށް ކޯޓުގައި ހެކިބަސް ދެނީ އެހެން ބުނި އަޑުއެހި މީހާ އެވެ. އެހެންވުމުން ޑައިން ޑިކްލަރޭޝަން އޭގެ ޒާތުގައި ހިިމެނެނީ އިވުނު އަޑުގެ ހެކިބަސް (ހިއަސޭ އެވިޑެންސް)ގެ ތެރޭގަ އެވެ. ބުނި ބުނުމެއްގެ މައްޗަށް ދޭ ހެކިބަސް ނުވަތަ ހިއަސޭ އެވިޑެންސް ގާނޫނީ ގޮތުން ހުއްދަ ކުރަނީ ޑައިން ޑިކްލަރޭޝަން ފަދަ އިސްތިސްނާ ހާލަތްތަކުގަ އެވެ. އެއީ އާންމު އުސޫލުން ހެކިބަސް ދެވޭނީ އެ މީހަކަށް ސީދާ ފެނުނު ނުވަތަ އިވުނު ކަންކަމާ ގުޅިގެން އެކަނި ކަމަށް ވާތީ އެވެ.
އަމިއްލައަށް ފެނުނު ކަމަކާ ބެހޭ ގޮތުން ހެކިބަސް ދޭ ނަމަ، އޭގެ ތެދު ދޮގު އިތުރަށް ކަށަވަރު ކުރަން އެ މީހަކާ ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު ހިއަސޭ އެވިޑެންސްގައި، އެ ވާހަކަ ފުރަތަމަ ބުނި މީހާގެ ބަހުގެ ތެދު ނުވަތަ ދޮގު ކަށަވަރެއް ނުވާނެ އެވެ. އަދިި ހިއަސޭ ހެކިބަސް ކޯޓުގައި ދޭ މީހާއަށް ވެސް އެކަން ކަށަވަރު ކޮށްދެވޭނެ ގޮތެއް ނޯންނާނެ އެވެ. ހިއަސޭ އެވިޑެންސް އާންމު އުސޫލުން ހުއްދަ ނުކުރަނީ މިފަދަ ސަބަބުތަކާ ހެދި އެވެ.
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
ބަައެއް ގައުމުތަކުގައި ޑައިން ޑިކްލަރޭޝަން ބަލައިގަތަސް، ރާއްޖެއަށް އަދި މިކަން ވަރަށް އަލެވެ. ރާއްޖޭގައި ޑައިން ޑިކްލަރޭޝަން ބޭނުންކުރި ފުރަތަމަ މައްސަލައަކީ 2011 ގައި މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ހަމަލާދީ މަރާލި މައްސަލަ އެވެ. އަހުސަނަށް ލިބުނު އަނިޔާތަކަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އާއި ހޮސްޕިޓަލްގައި އޮވެގެން ވެސް، ހަމަލާދިން ދެ މީހެއްގެ ނަން އޭނާ ބުނެފައިވެ އެވެ. އޭނާ އެހެން ބުނި ކަމަށް ކޯޓުގައި ދެ މީހަކު ހެކިބަސް ދިނެވެ. ކްރިމިނަލް ކޯޓުން 2014 ގައި އޭނާގެ ޑައިން ޑިކްލަރޭޝަނަށް ބުރަދަން ނުދީ، މައްސަލަ ނިންމީ ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އަހުސަންގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފްކޮށް، ހައި ކޯޓުގައި އެ މައްސަލަ އަދިވެސް ހިނގަމުން ދާއިރު، މުޅި އެ މައްސަލަ ބިނާވެފައި އޮތީ އޭނާއަށް ތޫނު އެއްޗެހިން ދިން ހަމަލާއާ ގުޅިގެން އޭނާ މަރުވުމުގެ ކުރިން ދީފައިވާ ޑައިން ޑިކްލަރޭޝަން ބަލައިގަންނާނެ ކަމާ މެދު އެވެ. ޝިއާރުގެ މަރުގެ މައްސަލާގެ ހުކުމް އައީ 10 އަހަރު ވީ މި ބަހުސާ މެދު ހައި ކޯޓުން ގޮތެއް ނުނިމި އޮއްވަ އެވެ.
އަހުސަންގެ މަރުގެ މައްސަލައަށް ފަހު، 2014 ގައި ބިރުދެއްކުމާއިި ނުރައްކާތެެރި ހަތިިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައިއިރު، ޑައިން ޑިކްލަރޭޝަން ބަލައިގަނެވޭ ގޮތަށް އެ ގާނޫނުގައި ހިމެނި އެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ވެސް އެފަދަ ހެކި ބަލައިގަނެވޭ ގޮތަށް 2015 ގައި ވުޖޫދަށް ގެނައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހިމެނި އެވެ. އެކަމަކު ޒަމާނީ ހެއްކާ ބެހޭ ގާނޫނެއް ނެތުމާއި އެހެން ގާނޫނުތަކުގައި ޑައިން ޑިކްލަރޭޝަންގެ ވާހަކަ ބަޔާން ކޮށްފައި ނެތުމުން ޑައިން ޑިކްލަރޭޝަން ބަލައިގަތުމުގެ އުސޫލުތައް އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.
ޓެރަރިޒަމްގެ ގާނޫނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި ޑައިން ޑިކްލަރޭޝަން ބަޔާން ކޮށްފައި އޮތަސް، އެކަމާ ބެހޭ ތަފްސީލެއް ނެތެވެ. މިސާލަކަށް، ޑައިން ޑިކްލަރޭޝަން ދިނުމުގައި، ހަމަލާދިން މީހާގެ ނަން އެކަނި ބުނެލުމުން ފުދޭނެތޯ އާއި ހަމަލާދިން ސަބަބާއި އެކަން ކުރި ގޮތުގެ ތަފްސީލު ކިޔައި ދީފައި އޮންނަން ޖެހޭ ކަން ނުވަތަ ނޫންކަން ގާނޫނަކު ނެތެވެ. އަދި އޭނާ ބުނި ބުނުމުގެ މައްޗަށް ބިނާކޮށް، ކޯޓުގަައި ހެކިބަސް ދޭ މީހާގެ ޝަރުތަކީ ކޮބައި ކަމެއް ވެސް ގާނޫނަކު ނެތެވެ. އަދި ތަހުގީގީ އިދާރާއަކަށް ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުވައްޒަފަކަށް ޑައިން ޑިކްލަރޭޝަނެއް ދިނުމުގައި އަމަލު ކުރާނެ ވަކި ގޮތެއް ވެސް ނޯވެ އެވެ.
ކޯޓުތަކުން މިހާތަނަށް ބަލަމުން އަންނަނީ ހެކިވެރިއެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ އަދުލުވެރިކަމުގެ ހުރިހާ ޝަރުތެއް މަރުވި މީހާ އާއި ހިއަސޭ އެވިޑެންސް ދޭ މީހާގެ ކިބައިގައި ވެސް ފުރިހަމަވާން ޖެހޭނެ ކަމަށެވެ. އަދުލުވެރިކަމުގެ ޝަރުތަކީ ޖިނާއީ ކުށެއް ސާބިތުވެފައި ނެތުމާއި އަދާވާތްތެރިކަން ނެތުން ފަދަ ކަންކަމެވެ. ޝިއާރުގެ މަރުގެ މައްސަލާގެ ހުކުމުގައި ކްރިމިނަލް ކޯޓުން އެކަން ފާހަގަކޮށްފައިވާއިރު، އަހުސަންގެ މަރުގެ މައްސަލާގައި ވެސް އެފަދަ ކަންތައްތަކެއް ހިމެނެ އެވެ. އެކަމަކު މީގެ ސަބަބުން ދެން ނުކުމެދާނެ މައްސަލަތަކެއް އެބަ ހުއްޓެވެ.
މިސާލަކަށް، ގޭންގް މާރާމާރީއެއްގައި މަރުވާ މީހާއަކީ ކޮންމެވެސް ބާވަތެއްގެ ކުށެއް ކުރިން ސާބިތުވެފައި އޮތް މީހަކަށް ވެދާނެ އެވެ. އެފަދަ މީހެއްގެ ޑައިން ޑިކްލަރޭޝަން ގަބޫލުނުކުރާ ނަމަ، ކުށުގެ ރެކޯޑް އޮންނަ މީހުން މެރުމަށް ފަހު ސަލާމަތް ވާން ދެވޭ ފުރުސަތަކަށް އެކަން ވެގެން ހިިނގައިދާނެ އެވެ. ހަމައެހެންމެ، މަރުވި މީހާގެ ކުށުގެ ރެކޯޑެއް ނެތަސް، އޭނާ ބުނި ބުނުމުގެ މައްޗަށް ބިނާކޮށް ހިއަސޭ ހެކިބަސް ދޭ މީހާގެ ކުށުގެ ރެކޯޑެއް އޮވެދާނެ އެވެ. ކުށުގެ އަމަލު ހިނގާ ވަގުތާއި ތަނުގެ ގޮތުން އެފަދަ މީހަކަށް އެ ވާހަކަ ކިޔައި ދިނުން ނޫން ގޮތެއް ނެތް ހާލަތެއް ވެސް ކުރިމަތިވެދާނެ އެވެ. މި ހާލަތުގައި ވެސް، ޑައިން ޑިކްލަރޭޝަން ގަބޫލު ނުކުރަންވީތޯ އެއީ އުފެދޭ ސުވާލެކެވެ. އަހުސަންގެ މަރުގެ މައްސަލާގައި ވެސް އެފަދަ ކަންތައްތަކެއް އެބަ ހުއްޓެވެ.
ބައެއް ގައުމުތަކުގައި ހަމައެކަނި ޑައިން ޑިކްލަރޭޝަނަށް ބިނާކޮށް ކުށް ސާބިތު ނުކުރުމާއި އިތުރު ގަރީނާ ހުންނަން ޖެހޭ ގޮތަށް ކޯޓުތަކުން ނިންމާފައި އެބަ ހުއްޓެވެ. އަދި ޑައިން ޑިކްލަރޭޝަން ދިނީ ބުއްދި ސަލާމަތުން ހުރެތޯ އާއި މަޖުބޫރު ކުރުވީތޯ ވެސް ބަލަން ބައެއް ގައުމުތަކުގައި ލާޒިމެވެ. އަނެއް ބައި ގައުމުތަކުގައި އެހާ ހަރުކަށި އުސޫލުތަކެއް ނެތި، މަރުވި މީހާގެ ޑައިން ޑިކްލަރޭޝަނަށް އެކަނި ބިނާކޮށްގެން ވެސް މީހުން މެރުމުގެ ކުށް ސާބިތު ކޮށްފައި އެބަ ހުއްޓެވެ. ޕާކިސްތާނު ފަދަ އިސްލާމީ ގައުމުތަކުގައި ވެސް ޑައިން ޑިކްލަރޭޝަން ގަބޫލުކުރެ އެވެ.
މީހުން މެރުމާއި ނުރައްކާތެރި ކުށްތައް ހިންގާ މީހުން ކޮންމެ ފަހަރަކު އެކަން ކުރާނީ މީހުންނަށް ފެންނަ ގޮތަށް، އާންމު ތަންތަނުގައި ކަމަށް ދެކިގެން ތިބެވޭކަށް ނެތެވެ. ކުށްކުރާ މީހުން ސަލާމަތްވާން އާ އުކުޅުތައް ބޭނުން ކުރާއިރު، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރަން ޖެހޭ މަސައްކަތް ވެސް އެހާމެ ބޮޑެވެ. ދެން އޮތީ، ބަހުސް ބޮޑުވެފައިވާ ޑައިން ޑިކްލަރޭޝަންގެ މައްސަލާގައި ހައި ކޯޓުގެ ނިންމުމަށް އިންތިޒާރު ކުރުމެވެ.
މަރުމަތީގައި ބުނާ ބަސް ކޯޓުގައި ވަރުގަދަ ހެއްކަކަށް!
މަރުގެ މައްސަލައެއް ބޭރުކޮށްލީ ރަނގަޅަށް: ހައިކޯޓް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަ ބެލޭނެކަމާ މެދު ސުވާލު
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި
ޔާމީންގެ މަރު:ސިއްރު ހެއްކަކީ ތުހުމަތުވި މީހެއް!
ޒިޔަދަމްގެ މަރު: ސިފާމް އުމުރަށް ޖަލަށްލީ ރަނގަޅަށް
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި