03 އޮކްޓޯބަރ 2024
މޯލްޑިވް ގޭހުގެ ވެބްސައިޓު އަޕްގްރޭޑްކޮށް ލޯންޗުކޮށްފި އެވެ.
މޯލްޑިވް ގޭހުގެ ވެބްސައިޓު އަޕްގްރޭޑްކޮށް ލޯންޗުކޮށްފި އެވެ.
މޯލްޑިވް ގޭހަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ވެބްސައިޓް ލޯންޗްކޮށް ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.
މޯލްޑިވް ގޭހުގެ ވެބްސައިޓު ލޯންޗުކޮށްފައި ވަނީ އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތައް އެއް ތަނަކުން ފަސޭހައިން ބްރައުސްކޮށްލެވޭނެ ހާއްސަ އީކޮމާސް ފީޗާއަކާ އެކު އެވެ. އެ ކުންފުނިން ވިއްކާ ކައްކާ ގޭހުގެ އިތުރުން އިންޑަސްޓްރިއަލް އަދި މެޑިކަލް އޮކްސިޖަން އާއި ނައިޓްރަސް އޮކްސައިޑް އާގަން އަދި ކާބަންޑައޮކްސައިޑް ފަދަ ގޭހުގެ އެކި ޕްރޮޑަކްޓްތައް އެ ކުންފުނީގެ ވެބްސައިޓުން މިހާރު ގަނެވޭނެ އެވެ.
މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވާހަކަ ދައްކަވަނީ --- ފޮޓޯ/މޯލްޑިވް ގޭސް
މޯލްޑިވް ގޭހުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ރާވާފައި ހުރިކަން އިއުލާންކުރި އެވެ. އޭގެ ތެރޭގައި އޮފީސް އިމާރާތެއް އެޅުމާއި ގޭހާއި ގުޅުން ހުރި އެކި ވަސީލަތްތައް ވިއްކާނެ ފިހާރައެއް ހުޅުވުމާއި ކައްކާ ގޭހުގެ ސްޓޯރޭޖް އިތުރު ކުރުމާއި އޭސީއަށް ބޭނުންކުރާ ގޭހުގެ ބާވަތް ބަލްކުކޮށް ރާއްޖެ އެތެރެ ކުރުން ހިމެނެ އެވެ.
މޯލްޑިވްސް ގޭހަށް 25 އަހަރު ފުރުން ފާހަގަކުރަން ކޭކެއް ފަޅަނީ --- ފޮޓޯ/މޯލްޑިވް ގޭސް
މި ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަހަރީ ދުވަހުގެ ކޭކެއް ވެސް މިއަދު ފެޅި އެވެ.
މޯލްޑިވް ގޭހަކީ 1999 ވަނަ އަހަރު ކައްކާ ގޭހުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ދަނީ މެޑިކަލް އަދި އިންޑަސްޓްރިއަލް ގްރޭޑުގެ ގޭހުގެ ޕްރޮޑަކްޓްތައް ވެސް ވިއްކަމުންނެވެ.
ޝޯޓޭޖު އުޅެނީ 45 ކިލޯގެ ގޭސްފުޅީގައި، މާދަމާ ލިބޭނެ
ހައްޖު ކޯޕަރޭޝަނުން ހައުސިން މަޝްރޫއެއް ހިންގަނީ
މާނު ރާއްޖެއިން ފުރުން މަނާކޮށް މައްސަލަ ތަހުގީގުކުރަނީ
ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު ސޮއިކޮށްފި
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީއަށް ދައުވާކުރަން އެދެފި
ބްލޮކް ކުރި ދެ ވެބްސައިޓް ދޫކޮށްލައިފި
ވެބްސައިޓް ބްލޮކް ކުރުމުން ޑިމޮކްރެޓްސްގެ ކަންބޮޑުވުން
ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކޮށްފި
ވަންގަވް: ހިދުމަތްތައް ވަރަށް ބޮޑަށް ފަސޭހަކޮށްލައިފި