Roadha Mihaaru
ބްލޮކް ކުރި ދެ ވެބްސައިޓް ދޫކޮށްލައިފި

ޕްރެޝަރު ބޮޑުވެ، ސަރުކާރުން ބްލޮކް ކުރި ދެ ވެބްސައިޓް ދޫކޮށްލައިފި

28 ޑިސެމްބަރ 2023

ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓު ބްލޮކް ކުރުމުން ޕްރެޝަރު ބޮޑުވެ ސަރުކާރުން މިއަދު ދެ ވެބްސައިޓް ދޫކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓު ބްލޮކް ކުރުމުން ޕްރެޝަރު ބޮޑުވެ ސަރުކާރުން މިއަދު ދެ ވެބްސައިޓް ދޫކޮށްލައިފި އެވެ.

ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. ނަމަވެސް މިހާރު އެ ދެ ވެބްސައިޓަށް ވަދެވެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މައްސަލާގައި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ މިހާރު އެއްވެސް ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ.

ޝަހީބު މިއަދު ވިދާޅުވީ ރައީސް ޑރ. މުހަންމަދު މުއިއްޒު ނުވަތަ ރައީސް އޮފީސް އަންގަވައިގެން އެއްވެސް ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ.

އެ މައްސަލާގައި ފާޑު ކިޔުން އަމާޒުވުމުން ސަރުކާރުން ކުރިން ބުނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް ރަޖިސްޓާ ނުކުރާ މީޑިއާ ހިންގުމަކީ ވެސް ގާނޫނުން ހުއްދަ ކަމެކެވެ.

އެފަދަ އެއްވެސް ވެބްސައިޓަކަށް ފިޔަވަޅު އަޅަން ޖެހޭނީ އެކަމަށްޓަކައި ހާއްސަ އުސޫލެއް އޮވެގެން ކަމަށާއި އެ ނޫން ގޮތަށް ވެބްސައިޓުތައް ކުއްލިއަކަށް ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި އެޑިޓާސް ގިލްޑުން ވެސް ވަނީ ބުނެފަ އެވެ.

އެ ދެ ވެބްސައިޓް ބްލޮކް ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.