Roadha Mihaaru
ޝޯޓޭޖު އުޅެނީ 45 ކިލޯގެ ގޭސްފުޅީގައި، މާދަމާ ލިބޭނެ

ޝޯޓޭޖު އުޅެނީ 45 ކިލޯގެ ގޭސްފުޅީގެ އެކަނި، މާދަމާ ލިބެން ފަށާނެ: މޯލްޑިވް ގޭސް

23 އޮކްޓޯބަރ 2024

ގޭގޭގައި ކަންކަން ބޭނުންކުރާ ގޭހުގެ ބޮޑު ޝޯޓޭޖެއް ނެތް ކަމަށާއި ބޯޓުގެ ޑިލޭއަކާ ގުޅިގެން ނުލިބިގެން އުޅެނީ 45 ކިލޯގެ ފުޅި އެކަނި ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފި އެވެ.

ގޭގޭގައި ކަންކަން ބޭނުންކުރާ ގޭހުގެ ބޮޑު ޝޯޓޭޖެއް ނެތް ކަމަށާއި ބޯޓުގެ ޑިލޭއަކާ ގުޅިގެން ނުލިބިގެން އުޅެނީ 45 ކިލޯގެ ފުޅި އެކަނި ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު "މިހާރު" އަށް ވިދާޅުވީ، ގޭގޭގައި އާންމުކޮށް ބޭނުންކޮށް ބޭނުންކުރާ ދެ ކިލޯ އާއި ފަސް ކިލޯ އަދި 10 ކިލޯގެ ފުޅި މިހާރު ވެސް ބަރާބަރަށް ފޯރުކޮށްދޭ ކަމަށެވެ.

"އިއްޔެ އާއި މިއަދު 45 ކިލޯގެ ފުޅި ޑެލިވަރީ ކޮށްނުދެވޭ. އެއީ ނެތީމާ. އެކަމަކު މިއަދު ބޯޓު ވަދެ، މާދަމާ އިން ފެށިގެން 45 ކިލޯގެ ފުޅި ވެސް ބަރާބަރަށް ދޫކުރަމުން ދާނެ. މާނައަކީ ކުރިމަތިވެފައިވާ މައްސަލަ މާދަމާ ހައްލު ވާނެއޭ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ މޯލްޑިވް ގޭހުގެ މާލީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ކަމަށެވެ.

"ޑޮލަރު ލިބުން އުނދަގޫވެ އެ ކަހަލަ އެއްވެސް ކަމެއް ދިމާވެގެނެއް ނޫން 45 ކިލޯގެ ފުޅި ދޫނުކުރެވުމުގެ މައްސަލަ މި އުޅެނީ. ހަމައެކަނި އޮތީ ބޯޓުގެ ޑިލޭވުމެއް. އެއީ ދޭތެރެއަކުން ކުރިމަތިވާ ކަމެއް،" އަބްދުﷲ ވިދާޅުވި އެވެ.