21 ޖޫން 2022
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ އެއްވެސް ޓަވަރެއްގައި ގޭސް ގުދަން ކުރުމަށް ނޫޅޭ ކަމަށާއި އަދި އެކަން ކުރަން ނުވެސް ވިސްނާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ އެއްވެސް ޓަވަރެއްގައި ގޭސް ގުދަން ކުރުމަށް ނޫޅޭ ކަމަށާއި އަދި އެކަން ކުރަން ނުވެސް ވިސްނާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
މޯލްޑިވް ގޭހުން އެގޮތަށް ބުނެފައި ވަނީ ހިޔާގެ ކޮމާޝަލް ޔުނިޓްތަކެއްގައި އެއީ މޯލްޑިވް ގޭހަށް ގޭސް ސްޓޯރޭޖްކުރުމަށް ދޫކޮށްފައިވާ ތަނެއް ކަމަށް ބުނެ އެޗްޑީސީން ލިޔުމެއް ހަރުކުރި މައްސަލައާ ގުޅިގެން އެތަނުގައި އުޅޭ މީހުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެވެ.
ފްލެޓުގައި އުޅޭ މީހުން ދަނީ މީހުން ދިރިއުޅޭ ތަނެއްގައި ގޭސް ރައްކާކުރުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށާއި އެކަން ނުކުރުމަށް ގޮވާލަމުންނެވެ.
ޓަވަރުތައް ތިރީގައި ގޭސް ގުދަން ކުރާތީ ފްލެޓުވެރިން އެކަމާއި ދެކޮޅަށް ހިޔާލާއި ނުރުހުން ފާޅުކުރަމުން އެބަދެއެވެ.
— Commoners Friendship Association ( ކޮތަރު ކޮށި ) (@AEG_Mv) June 18, 2022
މިކަމާއި ގުޅިގެން މޯލްޑިވްސް ގޭސް އަދި HDC އިން މިހާތަނަށް ބަހެއް ބުނެފައި ނުވެއެވެ. pic.twitter.com/orv1axifxj
މޯލްޑިވް ގޭހުގެ ބިޒްނަސް އެންޑް ޕްރޮޖެކްޓްސް ހެޑް މުހައްމަދު ފައުޒީ، "މިހާރު" އަށް ވިދާޅުވީ މި ވަގުތު ހިޔާގެ ހުރިހާ އެޕާޓްމަންޓެއްގައި ވެސް ބޭނުންކުރަމުންދަނީ ގޭސް ފުޅި ކަމަށާއި އޭގެ ބަދަލުގައި އެޗްޑީސީން ބޭނުންވަނީ ހޮޅި އަޅައިގެން ގޭސް ފޯރުކޮށްދޭން ކަމަށެވެ.
"ގޭސް ޕައިޕްލައިން އެޅީމަ ދެން ވަކި ވަކި އެޕާޓްމަންޓްތަކުގައި ގޭސް ފުޅިއެއް ބޭނުމެއް ނުކުރާނެ. އޭރުން އެ ޕައިޕްލައިނުން އަޅުގަނޑުމެން ހުރިހާ ތަނަކަށް ވެސް ގޭސް ފޯރުކޮށްދޭނީ،" ފައުޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޭސް ޕައިޕްލައިން އެޅިޔަސް ގޭސް ފުޅިތައް ބަހައްޓާނެ ސަރަހައްދެއް ވެސް އެކުންފުނިން ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޕްލޭންކޮށްފައި އޮތީ ހިޔާ ޓަވަރުތަކާ 20 އަކަށް މީޓަރު ދުރުން ތަނެއް ހަަދައި ގޭސް ބެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިޔާ ފްލެޓްތަކުގެ ކުރިމައްޗަށް އޮންނަ މަގުން ގާތްގަނޑަކަށް 50 ފޫޓުގެ ޖާގައެއްގައި އެކަން ކުރުމަށް ޕްލޭންކޮށްފައި އޮތީ. އެޗްޑީސީން އެކަން ހަމަޖައްސައިދިނީމަ އެ މަސައްކަތްކުރެވޭނެ،" ފައުޒީ ވިދާޅުވި އެވެ.
"ފްލެޓްގައި ގުދަން ކުރަން އުޅެނީއޭ ބައެއް މީހުން އެބުނަނީ އެމީހުންގެ ކަންބޮޑުވުން އޮތީމަ. އެއީ ހަމަ ރަނގަޅު ކަންބޮޑުވުމެއް. އެތަނެއްގައި އުޅޭ ބަޔަކުތާ އެކަމާ ވިސްނާނީ ވެސް. އެކަމަކު އެތަނުގައި ގޭހެއް ނުބައްޓާނަން. އަދި މިހާރު ވެސް ބަހައްޓާފައި ނުހުންނާނެ."
25 ބުރިއަަށް އިމާރާތްކޮށްފައިވާ ހިޔާގެ ގްރައުންޑް ފްލޯގައި ގޭސް ރައްކާކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ފަޔާ ސޭފްޓީ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހާ އުސް އިމާރާތްތަކެއްގައި އެކަހަލަ ކަމެއް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް އެމީހުން ބުނެ އެވެ.
This is valid public concern. LPG should not be stored within purpose built highrise residential buildings. The absence of any meaningful fire safety regulation on LPG makes it difficult to hold suppliers accountable for adequate levels of safety even in industrial settings. https://t.co/dOfHj6vnX6
— Kashif Naseer ?? (@Kashif_Nasyr) June 20, 2022
މިދިޔަ ނޮވެމްބަރު މަހުގައި ގޭސް ހޮޅި އެޅުމަށް މޯލްޑިވް ގޭހާ ހަވާލުކުރީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ނިންމަން ޖެހޭ ގޮތަށެވެ. މި ހިދުމަތް ދިނުމަށް މޯލްޑިވް ގޭސްއާ ހަވާލުކުރީ 20 އަހަރުގެ މުއްދަތަށެވެ.
މިއީ ފްލެޓުތަކަށް ގޭސްފުޅި އަރުވައި ބޭލުމަކީ ރައްކާތެރިކަމަކަށް ނުވާތީ، އަޅާ ހޮޅިތަކެއް ކަމަށާއި މި މަސައްކަތް މޯލްޑިވް ގޭސް އިން ކުރާނީ އެމްއެންޑީއެފްގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުނެ އެވެ.
ސޮއިކުރެވުނުހާ އަވަހަކަށް ގޭސްހޮޅި އަޅަން ފަށާނެ
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ހައްޖު ކޯޕަރޭޝަނުން ހައުސިން މަޝްރޫއެއް ހިންގަނީ
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
އެޕާޓްމަންޓުން ފޭރޭ ގްރޫޕްގެ ވަނަވަރު އާއްމުކޮށްފި
ހިޔާގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތް ހަދައިފި
ފްލެޓެއްގައި ރޯވެ، 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަން