06 ސެޕްޓެމްބަރ 2022
ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ އެކު މޯލްޑިވް ގޭހުން އިސްތިއުފާ ދެއްވި އިކްރާމް އަލީ، ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފި އެވެ.
ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ އެކު މޯލްޑިވް ގޭހުން އިސްތިއުފާ ދެއްވި އިކްރާމް އަލީ، ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފި އެވެ.
އިކްރާމް އެ މަގާމަށް ހަމަޖެއްސެވުމާ އެކު މިދިޔަ އާދިއްތަ އިން ފެށިގެން ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި ކަމަށް، އެ ކުންފުނީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހުމަދު އާޒިމް ޔަގީންކޮށްދެއްވި އެވެ.
އިކްރާމް، މާޗު، 2021 ގައި ސަރުކާރުގެ ގޭސް ކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ޚިޔާނާތް ހިންގި ކަމުގެ ތުހުމަތު އެޅިފައިވަނިކޮށެވެ.
އޭނާ އިސްތިއުފާ ދެއްވިއިރު ހުންނެވީ ފުރައްސާރައިގެ މައްސަލައިގަ ސަސްޕެންޝަނުގަ އެވެ. އެކަމަކު އެ މައްސަލަ ތަހުގީގުކޮށް އިކްރަމްގެ މައްޗަށް އެ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ފުލުހުން ވަނީ މިދިޔަ އަހަރު އެ މައްސަލަ ފައިލްކޮށްފަ އެވެ.
ނަމަވެސް، އޭރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިޔައީ ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުންނެވެ.
ކޮވިޑާ ގުޅިގެން މޯލްޑިވް ގޭހުން 4،128 ސިލިންޑަރު ގެނައީ 40 މިލިއަން ރުފިޔާ އަށެވެ. ދެ ކުންފުންޏަކާ ހަވާލުކޮށްގެން މެއި، 2020 ގައި އެ ސިލިންޑަރުތައް ގެނެސްފައިވާއިރު އޭގެ ތެރޭގައި ވަރަށް ބާ ސިލިންޑަރުތަކެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭރު ފޮޓޯތަކެއް ދައުރުވި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޮކްސިޖަން ސިލިންޑަރު މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ވެމްކޯގެ މަގާމަށް އިކްރާމް ހަމަޖެއްސެވީ، އެ ކުންފުނީގެ ޑީއެމްޑީއަކަށް ހުންނެވި ޔޫސުފް ސިރާޖު މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރުމުންނެވެ.
މާނު ރާއްޖެއިން ފުރުން މަނާކޮށް މައްސަލަ ތަހުގީގުކުރަނީ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީއަށް ދައުވާކުރަން އެދެފި
ހަތަރު ޔޫޓިލިޓީ ކުންފުނީގެ ދަރަނި 9 ބިލިއަނަށް އަރާ
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ސިރާޖް ސަސްޕެންޑްކޮށްފި
ވެމްކޯގެ ކުރީގެ އެމްޑީގެ ދައުވާ ބޭރުކޮށްލީ ރަނގަޅަށް
ވެމްކޯގެ އެމްޑީއަކަށް ސިރާޖު އައްޔަންކޮށްފި
ޕޯސްޓް ލިމިޓެޑްގެ އެމްޑީއަކަށް އާދަމް މުހައްމަދު
ވެމްކޯގެ ކުރީގެ އެމްޑީއަށް ދައުވާކުރަން ފޮނުވައިފި
ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީއަކަށް