01 އޮކްޓޯބަރ 2024
ވައިގެ މަގުން ލުބްނާނުގެ ވެރިރަށް ބޭރޫތަށް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދިނުމަށް ފަހު، ލުބްނާނުގެ ދެކުނުން އިޒްރޭލު ސިފައިން ވަދެގެންފި އެވެ.
ވައިގެ މަގުން ލުބްނާނުގެ ވެރިރަށް ބޭރޫތަށް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދިނުމަށް ފަހު، ލުބްނާނުގެ ދެކުނުން އިޒްރޭލު ސިފައިން ވަދެގެންފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، ލުބްނާނުގެ ދެކުނުގެ އަވަށްތަކުގައި ފިލާ ތިބި ހިޒްބުﷲ ޖަމާއަތުގެ މީހުންނަށް އަމާޒުކޮށް، އެއްގަމުން އޮޕަރޭޝަނެއް މީގެ ކުޑައިރުކޮޅެއް ކުރިން ފަށާފައިވާ ކަމަށެވެ.
ބޭރޫތުގެ އިތުރުން ދެކުނުގެ އެ އަވަށްތަކަށް ވެސް އިޒްރޭލު ސިފައިން ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.
އެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 130 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
އިޒްރޭލު ސިފައިން އެއްގަމުން ލުބްނާނަށް ވަދެގެންފައި ވަނީ އެފަދަ އޮޕަރޭޝަނެއް ހިންގައި، މަސްރަހު އިތުރަށް ގޯސް ނުކުރަން އދ. އާ އެކު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގޮވާލަމުން އަންނަކޮށެވެ.
އިޒްރޭލުން އެއްގަމުން ލުބްނާނަށް އެރުމަށް ތާއީދު ނުކުރާކަމަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިދޭ އެމެރިކާ އިން ވެސް ވަނީ ބުނެފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާއިރު، އިޒްރޭލު ސިފައިން ހިންގާ އެއްގަމު އޮޕަރޭޝަނަކަށް ވަރުގަދަ އަށް ދިފާއުވާނެ ކަމަށް އެ ޖަމާއަތުގެ ނައިބު ލީޑަރު ނާއިމު ގަސަމް ވަނީ ބުނެފަ އެވެ.
ލުބްނާންގެ އިތުރުން، ހޫތީންނަށް އަމާޒުކޮށް ޔަމަނަށް ވެސް އިޒްރޭލުން ދަނީ ޑްރޯން ހަމަލާތައް ދެމުންނެވެ.
މެދުއިރުމަތީގެ ހުރިހާ ސަރަހައްދަކަށް އިޒްރޭލުގެ އަސްކަރިއްޔާގެ ބާރު ފޯރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ވަނީ ބުނެފަ އެވެ.
މިއީ ހަމާސް އާއި ހިޒްބުﷲ އަށް ވާގިދޭ އިރާނަށް ދިން ނުސީދާ އިންޒާރެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.
ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަ ކޮށްލައިފަ އެވެ.
އެ މަރުތަކުގެ ބަދަލު ހިފާނެ ކަމަށް އިރާނުން ބުންޏަސް، އިޒްރޭލާ ދެކޮޅަށް އަސްކަރީ ގޮތުން އެއްވެސް ރައްދެއް އިރާނުން އަދި މިހާތަނަށް ދީފައެއް ނުވެ އެވެ.
އިރާނުން އިޒްރޭލަށް 180 މިސައިލް ހަމަލާ ދިން
ލުބްނާނު ވެސް ސުންނާފަތި ކޮށްލާނެކަމުގެ އިންޒާރު ދީފި
ބޭރޫތަށް އިޒްރޭލުން ހުއްޓުމެއްނެތި ހަމަލާދެނީ
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
"ލުބްނާނުގެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެ"
ނަސްރުﷲ އަވަހާރަކޮށްލުމަކީ ބައިޑެން އަށް "އިންސާފު"
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ މިހާރު ނިމެނީ: އެމެރިކާ
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ދިނީ މުހުލަތު