29 ސެޕްޓެމްބަރ 2024
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ އަށް އަމާޒުކޮށް އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އެމެރިކާ އިން ދިފާއުކޮށްފި އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ އަށް އަމާޒުކޮށް އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އެމެރިކާ އިން ދިފާއުކޮށްފި އެވެ.
އެ ހަމަލާތަކުގައި ރޭގެ ވަގުތެއްގައި ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޝަހީދުވެފައިވާ އިރު، އެއީ އޭނާގެ "ޝިކާރައަކަށް" ވެފައިވާ އެމެރިކާ އާއި އިޒްރޭލު އަދި ލުބުނާނުގެ އެތައް ހާސް ރައްޔިތުންނަށް ލިބުނު "ކޮންމެވެސް ވަރެއްގެ އިންސާފެއް" ގެ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސިފަކުރައްވައިފަ އެވެ.
ނަސްރުﷲ އަވަހާރަކޮށްލީ ހިޒްބުﷲގެ މަރުކަޒަކަށް އަމާޒުކޮށް އިޒްރޭލުން އިއްޔެ ރޭ ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ.
އެއާ ގުޅިގެން ބައިޑެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހިޒްބުﷲ އާއި ހަމާސް އާއި ހޫތީން އަދި އިރާނުން ވާގިދޭ އެ ނޫން ވެސް ޓެރަރިސްޓު ޖަމާއަތްތަކުގެ ހަމަލާތަކުން ދިފާއުވުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް ލިބޭ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް އަދި އަންނަ މަހު ރައީސްކަމަށް ވާދަކުރައްވާ ކަމަލާ ހެރިސް ވެސް ވަނީ ނަސްރުﷲ އަކީ ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އެމެރިކާ އިން އިޒްރޭލުގެ ދިފާއުގައި ނުކުތީ، ރަޝިއާއާ އެކު، ޔޫރަޕްގެ ބޮޑެތި ގައުމުތައް ވެސް ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރި ކޮށްފައި ވަނިކޮށެވެ.
ނަސްރުﷲ އަވަހާރަކޮށްލުމުގެ ފުރިހަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ އެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެ، ސަރަހައްދީ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވުުމުގެ ބިރު ބޮޑުކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ވިދާޅުވެފަ އެވެ.
ހިޒްބުﷲ އިން ބުނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް އިޒްރޭލުން ރަސްމީކޮށް މިހާތަނަށް އެއްބަހެއް ނުވެ އެވެ.
އިރާނުން އިޒްރޭލަށް 180 މިސައިލް ހަމަލާ ދިން
ލުބްނާނު ވެސް ސުންނާފަތި ކޮށްލާނެކަމުގެ އިންޒާރު ދީފި
ބޭރޫތަށް އިޒްރޭލުން ހުއްޓުމެއްނެތި ހަމަލާދެނީ
ލުބްނާނުގެ ދެކުނުން އިޒްރޭލު ސިފައިން ވަދެގެންފި
"ލުބްނާނުގެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެ"
ޣައްޒާގެ ސުލްހައިގެ އާ ޕްލޭނެއް ހުށަހަޅައިފި
ރަހީނުން މިނިވަންކުރުމުން ޣައްޒާގެ ހަމަލާތައް ހުއްޓޭނެ
އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ މިހާރު ނިމެނީ: އެމެރިކާ