02 މާޗް 2017
ކުންފުނިތައް މެދުވެރިކޮށް ސަރުކާރާއި އެފްއޭއެމުން ފުޓްބޯޅަ ކްލަބްތަކަށް މާލީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭތީ ކްލަބްތަކުން އެކަމަށް މަރުހަބާ ކިޔައި އަދި މީގެ ސަބަބުން ފުޓްބޯޅައަށް ހުރިހާ ގޮތަކުން ވެސް ފައިދާކުރާނެ ކަމަށް ބުނެފި އެވެ.
ކުންފުނިތައް މެދުވެރިކޮށް ސަރުކާރާއި އެފްއޭއެމުން ފުޓްބޯޅަ ކްލަބްތަކަށް މާލީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭތީ ކްލަބްތަކުން އެކަމަށް މަރުހަބާ ކިޔައި އަދި މީގެ ސަބަބުން ފުޓްބޯޅައަށް ހުރިހާ ގޮތަކުން ވެސް ފައިދާކުރާނެ ކަމަށް ބުނެފި އެވެ.
މިއަދު ބޭއްވި ގުރުނެގުމުގެ ރަސްމިއްތާކަށް ފަހު ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބަށް ފައިސާ ދޭނެ ކުންފުނިތައް ކަނޑައަޅާފައިވާއިރު ކޮންމެ ކުންފުންޏަކުން ކަނޑައެޅުނު ކްލަބަށް ދެ މިލިއަން ރުފިޔާ ދޭނެ އެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް ހޮވިއްޖެ ނަމަ އިތުރު އެއް މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ނިއު ރޭޑިއަންޓުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ މިއީ ސަރުކާރުން ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީން ކުޅިވަރަށާއި ދިވެހި ފުޓްބޯޅައަށް ދެއްވާ އަހަމިއްޔަތުކަން ދައްކުވައިދިން ކަމެއް ކަމަށާއި މިކަމަށްޓަކައި ސަރުކާރާއި ރައީސަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެފްއޭއެމާއި ކުންފުނިތަކުން ޝަރުތުތުކުރާ ކަންކަން އަޅުގަނޑުމެން ފުރިހަމައަށް ކުރާނަން،" ޓެޑް ވިދާޅުވި އެވެ.
މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) ވިދާޅުވީ މީގެ ސަބަބުން ކްލަބްތަކަށް 100 ޕަސެންޓުގެ ފަސޭހައެއް ވެގެންދާނެ ކަމަށާއި މީގެ ކުރިން ސްޕޮންސާ ހޯދަން އެކި ދިމަދިމާލަށް ޖެހެނީ ދުވަން ކަމަށެވެ.
"މިކަންކަން މިހާ ފަސޭހަ އިންތިޒާމަކުން އެފްއޭއެމާއި އަދުގެ ސަރުކާރުން ހަމަޖައްސައިދިނީތީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. މިއީ ދިވެހި ފުޓްބޯޅައަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. ރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 50 އަހަރަށް ވުރެ ގިނަ ދުވަސްވެގެންދިޔައިރު، ދިވެހި ފުޓްބޯޅަ އާއިލާ އާއި ކުޅުންތެރިންނާއި ކްލަބްތަކުގެ އިހުސާސްތައް ދަންނަ ރައީސަކު އަދި ކިރިޔާ ލިބިގެން މިދިޔައީ،" ވައްކޭ ވިދާޅުވި އެވެ.
ވައްކޭ ވިދާޅުވީ މިއީ ސަރުކާރުގެ ތެރެއިން އަންނަ ފައިސާއަކަށްވާތީ ވަރަށް ރަނގަޅަށް އެކައުންޓްތައް ބަލަހައްޓައި ވަރަށް ރަނގަޅު އިންތިޒާމަކުން ކްލަބްތައް ހިންގަން ޖެހޭ ކަމަށެވެ. އަދި މިހާރު ވެސް ރާއްޖޭގެ ކްލަބްތަކުގެ ހިންގުން ޕްރޮފެޝަނަލް ކަމަށާއި މި ފުރުސަތާ އެކު އެކަން އިތުރަށް ހަރުދަނާކުރަން ހިތްވަރު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވީ މި އެހީތެރިކަމާ އެކު ކްލަބްތައް ހިންގުމަށް ކުރިއެރުން ލިބި އަދި މާލީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"ރައީސް ޔާމީނާއި ސަރުކާރުގެ ވިސްނުމަށް އަދި ވިޝަނަށް ކްލަބްތަކުން ތާއީދުކުރޭ އަދި ޝުކުރުވެރިވޭ. ކްލަބްތައް ހަރުދަނާކުރަން އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން. މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ މީގެ ސަބަބުން. އަދި ކުންފުނިތަކުގެ އެހީއާ އެކު ކްލަބްތައް ހިންގާނެ ރަނގަޅު އުސޫލުތަކެއް ވެސް އަޅުގަނޑުމެންނަށް އެނގިގެންދާނެ. މިއީ މުސްތަގުބަލަށް ފައިދާކުރާނެ މުހިއްމު ކަމެއް،" ފަޔާ ވިދާޅުވި އެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް
ވިކްޓަރީގެ ސަސްޕެންޝަން އުވާލައިފި
ރުއިޒް: ދިވެހި ކްލަބްތަކަށް ފަރިތަ ސްޕެއިނުގެ އޭޖެންޓް
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި