Roadha Mihaaru
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި

ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި

26 ސެޕްޓެމްބަރ 2024

ކޯމޯ (ސެޕްޓެމްބަރު 26) - ފްރާންސް އާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޑިފެންޑަރު ރަފައެލް ވަރާން، އުމުރުން 31 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ކޯމޯ (ސެޕްޓެމްބަރު 26) - ފްރާންސް އާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޑިފެންޑަރު ރަފައެލް ވަރާން، އުމުރުން 31 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

މިދިޔަ ސީޒަންގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑާ އެކު އޮތް ކޮންޓްރެކްޓް ހަމަވެގެން ކްލަބުން ދޫކޮށްލި ޑިފެންޑަރު ވަނީ، ސެސް ފެބްރިގާސް ކޯޗު ކޮށްދޭ އިޓަލީގެ ކޯމޯއާ ގުޅިފަ އެވެ.

ނަމަވެސް އޭނާ އަށް ކްލަބާ އެކު ކުޅެވުނީ އެންމެ 23 މިނިޓެވެ. ކޮޕާ އިޓާލިއާގައި ސަމްޑޯރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވަރާންގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، މިދިޔަ މަހު ވަނީ ކްލަބްގެ ލީގު ސްކޮޑުން ވެސް އުނިކޮށްފަ އެވެ.

ވަރާން ކުޅުން ހުއްޓާލިކަން ސޯޝަލް މީޑީއާ މެދުވެރިކޮށް އިއުލާން ކުރި އިރު، ކުޅުން ހުއްޓާލުމަށް ފަހު ވެސް އޭނާ ކޯމޯގައި ދެމި ހުންނާނޭކަން އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި ވަރަށް އަވަހަށް އިތުރު ކަންކަން ހާމަ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ފްރާންސްގެ ލެންސްގެ އެކަޑަމީން ތަމްރީނު ވެގެން ސީނިއާ ކެރިއަރު ފެށި ވަރާން ވަނީ 2011 ވަނަ އަހަރު، އުމުރުން 18 އަހަރުގެއި ރެއާލް މެޑްރިޑަށް ސޮއިކޮށްފަ އެވެ. ރެއާލް އާއެކު ވަރާން ވަނީ ތިން ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށް، ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

މީގެ ތިން އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، ވަރާން ވަނީ ޔުނައިޓެޑާ އެކު އެފްއޭ ކަޕާއި ލީގް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ގައުމީ ޓީމަށް 93 މެޗު ކުޅެދީ، ފަސް ގޯލު ޖަހައިދިން ކުޅުންތެރިޔާ ވަނީ، ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން، 2021 ވަނަ އަހަރު ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.