24 ސެޕްޓެމްބަރ 2024
ކޮލަމްބޯ (ސެޕްޓެމްބަރު 24) – ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށް ޖާދޫގެ ހައްލެއް ނުހޯދޭނެ ކަމަށް އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ސެޕްޓެމްބަރު 24) – ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށް ޖާދޫގެ ހައްލެއް ނުހޯދޭނެ ކަމަށް އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވެއްޖެ އެވެ.
އިއްޔެ ހުވާ ކުރެއްވި، އުމުރުން 55 އަހަރުގެ އަނޫރާއަކީ، ލަންކާގެ ރައީސްކަމަށް ވަޑައިގެންނެވި ވާތުފިޔައިގެ ފުރަތަމަ ސިޔާސީ ލީޑަރެވެ. ސިޔާސީ ކަންކަމަށް އާންމުންގެ އިތުބާރު އަލުން ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން އަނޫރާ ވިދާޅުވި އިގްތިސާދީ ގޮންޖެހުންތަކަށް އެއްފަހަރުން ހައްލެއް ނުހޯދޭނެ ކަމަށެވެ.
"އަޅުގަނޑަކީ ޖާދޫގަރެއް ނޫން، އަޅުގަނޑަކީ ހަމަ އާންމު ރައްޔިތެއް،" ހުވާ ކުރެއްވުމަށް ފަހު އަނޫރާ ވިދާޅުވި އެވެ.
އަނޫރާ ލަންކާގެ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އިގްރާރުގައި ސޮއި ކުރައްވަނީ --- ފޮޓޯ: އޭއެފްޕީ
"އަޅުގަނޑުގެގާބިލުކަން އެބަހުރި. އެކަމަކު އެ ގާބިލުކަމުގައި ވެސް ވަކި މިންވަރެއް އޮންނާނެ. އަޅުގަނޑަށް އެނގޭ އަދި ނޭނގޭ ކަންކަން ވެސް ހުންނާނެ. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ، މި ކާރިސާ ނިމުމަކަށް ގެނައުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގައި ބައިވެރިވުން."
އެހެން ގައުމުތަކުގެ މަންދޫބުން ވެސް ހާޒިރުވެ ވަޑައިގެންނެވި ހަފުލާގައި އަނޫރާ ވިދާޅުވީ ބާރުގަދަ ގައުމާއި ކުޑަ ގައުމަކަށް ނުބަލައި ހުރިހާ ގައުމުތަކާ އެކު ވެސް ބަދަހި ގުޅުމެއް ބާއްވަން އޭނާ ބޭނުންވާ ކަމަށެވެ. އަދި އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެ ގައުމުތަކުގެ އެހީތެރިކަން ލަންކާ އަށް ބޭނުންވާކަމަށް ވިދާޅުވި އެވެ.
ލަންކާގެ އެންމެ ގާތް އަވަށްޓެރިއަކީ އިންޑިއާ އެވެ. ނަމަވެސް ސްޓްރެޓެޖިކް ގޮތުން ޗައިނާ އަށް ވެސް މުހިންމު ބައިވެރިޔަކަށް ލަންކާ ވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދެ ގައުމުގެ ރައްޔިތުންނާއި ސަރަހައްދުގެ ލާބަ އާއި މަންފާއަށްޓަކައި އަނޫރާއާ އެކު ލަންކާ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އަނޫރާ ސްރީ ލަންކާގެ ރައީސްކަމުގެ ހުވާކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ޗައިނާ އާއި ލަންކާ އާ ދެމެދު އޮތް "އާދަޔާހިލާފު" އެކުވެރިކަން އިތުރަށް ބަދަހިކޮށް އަދި ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ އިތުބާރު އިތުރު ކުރަން އަނޫރާއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
އަނޫރާ ނިސްބަތްވާ، ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ގެ މެންބަރުންގެ ގޮތުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވީ ތިން މެންބަރުންނެވެ. މާކްސިސްޓް ހިޔާލުގެ އެ ޕާޓީން ބުނީ މަޖިލީހުގެ އާ އިންތިހާބު އަންނަންދެން އަނޫރާ ހިންގަވާނީ ވަގުތީ ސަރުކާރެއް ކަމަށެވެ.
އަނޫރާ، ހުވާ ކުރެއްވުމުގެ ހަފުލާ ބާއްވަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ އިސްތިއުފާ ދެއްވި އެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަނޫރާގެ އަމިއްލަ ކެބިނެޓެއް އައްޔަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ ރައީސް، ޑިފެންސާއި ފިނޭންސް ދުލެއް ނުކުރި
ލަންކާގެ ރައީސް މަޖިލީހުގެ ފުރިހަމަ ބާރު ވެސް ހޯދައިފި
އާ ރައީސް ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
ތިން ޕަސެންޓުން ފުލަށް ދިޔަ އަނޫރާ ލަންކާގެ ވެރިކަމަށް
ގައުމުގެ ތާރީހު އަލުން ލިޔާނަން: ލަންކާގެ އާ ރައީސް
ލަންކާގެ ސިޔާސީ ބޮޑުން ބަލިކޮށް އަނޫރާ ރައީސްކަމަށް
މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު