މާލީ ހީލަތާއި މަކަރު ހެދުމުގެ ކުށުގައި ޖަލަށް ލާފައި ހުރި މީހަކު ގާނުނާ ހިލާފަށް ޖަލުން ދޫކޮށްލި މައްސަލައެއްގައި ސްރީ ލަންކާގެ ޖަލުގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.
މާލީ ހީލަތާއި މަކަރު ހެދުމުގެ ކުށުގައި ޖަލަށް ލާފައި ހުރި މީހަކު ގާނުނާ ހިލާފަށް ޖަލުން ދޫކޮށްލި މައްސަލައެއްގައި ސްރީ ލަންކާގެ ޖަލުގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝާރާ އުޕުލްދޭނިއާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ހައްޔަރުކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށްސާބިތުވެފައިވާ އަތޫލާ ތިލަކަރަތުނޭ ދޫކޮށްލުމުންނެވެ.
މިދިޔަ މަހު ރިޔާސީ މާފު ލިބުނު، ކުދި ކުށްތަކުގައި ޖަލަށް ލާފައިވާ ގާތްގަނޑަކަށް 400 އެއްހާ މީހުންގެ ލިސްޓުގައި ތިލަކަރަތުނޭގެ ނަން ސިއްރުން ހިމަނައި އޭނާ ދޫކޮށްލި ކަމުގެ ތުހުމަތާ އެކު އެންމެ ފުރަތަމަ އުޕުލްދޭނިއާ ސަސްޕެންޑުކުރީ އެވެ.
ކޮލަމްބޯގެ އެޑިޝަނަލް މެޖިސްޓްރޭޓް މަންޖުލާ ރަތުނަޔަކަ ވަނީ ޖިނާއީ ތަހުގީގު ކުރިއަށް ދާތީ ބުދަ ދުވަހާ ހަމައަށް އުޕުލްދޭނިއާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މައްސަލަ ތަހުގީގުކުރަން ފެށީ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އޮފީހުން ފުލުހުންނަށް މިދިޔަ ހަފުތާގައި ކުރި އަމުރަކާ އެކުގަ އެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ތިލަކަރަތުނޭގެ ނަން މާފު ލިބޭ މީހުންގެ ލިސްޓަކު ނޯންނާނެ އެވެ.
ދޫކޮށްލި ކުށްވެރިޔާ އަކީ މާލީ ހިޔާނާތުގެ ކުށް ސާބިތުވެ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ މައްޗަށް މަކަރާއި ހީލަތުގެ އިތުރު 30 މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.
ގާނޫނާ ހިލާފަށް ޖަލުން ދޫކޮށްލި ކަމުގެ ހަބަރު ލަންކާގެ މީޑިއާތަކުގައި ފެތުރުމާ އެކު ތިލަކަރަތުނޭ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ލަންކާގައި 388 ގައިދީއަކަށް ރިޔާސީ މާފު ދިނީ ބުޑިސްޓުންގެ އެންމެ މުހިންމު ފެސްޓިވަލް ކަމަށްވާ ވެސަކް ފާހަގަކުރުމުގެ ގޮތުން މިދިޔަ މަހު އެވެ. -- އޭއެފްޕީ
ލަންކާގެ ބައެއް ކޮލެޖުގައި ކިޔެވުން ނުފަށަން އެދިއްޖެ
ލަންކާގައި ކަރަންޓުގެ އަގު 15 ޕަސެންޓް ބޮޑުކޮށްފި
ހައިވަކަރު ގަސްތައް، ގަސް ޕްރޮގްރާމްގެ ލޭންޑްމާކަކަށް
ލަންކާ އެއާޕޯޓުން ރެކޯޑް އަދަދެއްގެ ކޮކެއިން
ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކަށް ބޮޑު ހުކުމެއް
ލަންކާ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރަނީ
ސިންތެޓިކް ކެނަބިސް ލަންކާއަށް އެތެރެކުރުން ގިނަވަނީ
ލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަނީ
ލަންކާގައި އުސް ތަނަކުން ބަހެއް ވެއްޓި 21 މަރު
ލަންކާއަށް ވޯލްޑް ބޭންކުން 1 ބިލިއަން ޑޮލަރުގެ ލޯނެއް