ސްރީ ލަންކާގެ މައި އެއާޕޯޓުން މިހާތަނަށް އަތުލައިގަތް އެންމެ ގިނަ ކޮކެއިންއާ އެކު ހުކުރު ދުވަހު ތައިލެންޑު އަންހެނަކު ހައްޔަރުކޮށްފި އެވެ.
ސްރީ ލަންކާގެ މައި އެއާޕޯޓުން މިހާތަނަށް އަތުލައިގަތް އެންމެ ގިނަ ކޮކެއިންއާ އެކު ހުކުރު ދުވަހު ތައިލެންޑު އަންހެނަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސްގެ އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް ސީވަލީ އަރުކްގޯޑާ ވިދާޅުވީ އުމުރުން 38 އަހަރުގެ މި މީހާ އަތުލައިގަތީ ތިން ސޮފްޓް ޓޯއީއެއްގެ ތެރޭގައި ގާތްގަނޑަކަށް 10 ކިލޯގެ ކޮކެއިން ފޮރުވައިގެން ލަންކާއަށް އެތެރެވާން އުޅެނިކޮށް ކަމަށެވެ.
"މިއީ ލަންކާއަށް ކޮކެއިން އެތެރެކުރަން އުޅެނިކޮށް އެއާޕޯޓުގައި ކަސްޓަމްސް އިން މިހާތަނަށް ހުއްޓުވި އެންމެ ބޮޑު އަދަދު،" އަރުކްގޯޑާ ވިދާޅުވި އެވެ.
ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސްގެ އޮފިޝަލުން ވަނީ، 500 އަށް ވުރެ ގިނަ ޕްލާސްޓިކް ކެޕްސޫލްގައި ޕެކްކޮށްފައި ހުރި މި ކޮކެއިންއާ ނަގާފައިވާ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. މީގެ މަގުމަތީ އަގު 1.72 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ސްރީ ލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ތައިލެންޑު އަންހެނެއްގެ އަތުން މަސްތުވާތަކެތި ފެނުނު ސޮފްޓް ޓޯއީސްތަކާއި އޭގައި ހުރި މަސްތުވާތަކެތި.
މި މަހު ތިން ފަހަރެއްގެ މަތިން ވަނީ ގާތްގަނޑަކަށް 60 ކިލޯގެ ސިންތެޓިކް ކެނަބިސް ވެސް އެއާޕޯޓުން އަތުލައިގެންފަ އެވެ. މި ތިން މައްސަލައިގައި އިނގިރޭސި ވިލާތުގެ މީހަކާއި ތައިލެންޑު މީހަކާއި އިންޑިއާ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ސްރީ ލަންކާއަށް 111 ކިލޯއަށް ވުރެ ގިނަ ހެރޮއިން އެތެރެކުރި ކަމަށް އިއުތިރާފުވި އީރާނުގެ 10 ފިރިހެނަކު އުމުރަށް ޖަލަށް ލުމަށް ލަންކާގެ ކޯޓަކުން މިދިޔަ އޮކްޓޫބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އީރާނުގެ މަސްބޯޓެއްގައި މަސްތުވާތަކެތި ހިފައިގެން ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހައްޔަރުކުރި 17 މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.
މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 2023 ވަނަ އަހަރު އީރާނުގެ ނުވަ މީހަކު އުމުރަށް ޖަލަށްލުމަށް ލަންކާގައި ހުކުމްކޮށްފައިވެ އެވެ. -- އޭއެފްޕީ
ސިންތެޓިކް ކެނަބިސް ލަންކާއަށް އެތެރެކުރުން ގިނަވަނީ
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ޔޫރަޕުން ލަންކާއަށް ޑްރަގް ފޮނުވާ ފަސް މީހަކު އެބަތިބި
ލަންކާގެ ޑްރަގް އޮޕަރޭޝަން ދެ ގުނަ ފުޅާކުރަނީ
ލަންކާގެ މަސްބޯޓަކުން 245 ކިލޯ ޑްރަގް އަތުލައިގެންފި
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި އިއްޔެ 822 ހައްޔަރު
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ