Roadha Mihaaru
ލަންކާގެ ސިޔާސީ ބޮޑުން ބަލިކޮށް އަނޫރާ ރައީސްކަމަށް

ލަންކާގެ ސިޔާސީ ބޮޑުން ބަލިކޮށް ކުޑަކުޑަ ޕާޓީއެއްގެ ލީޑަރު ވެރިކަމަށް

22 ސެޕްޓެމްބަރ 2024

ސްރީ ލަންކާގައި ސިޔާސީ ގޮތުން ކުއްލި މަގުބޫލުކަމެއް ލިބިވަޑައިގަތް އަނޫރާ ކުމާރަ ޑިސެނަޔަކަ އެ ގައުމުގެ ސިޔާސީ ބޮޑުންނާ ވާދަކުރައްވައި ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވައިފި އެވެ.

ސްރީ ލަންކާގައި ސިޔާސީ ގޮތުން ކުއްލި މަގުބޫލުކަމެއް ލިބިވަޑައިގަތް އަނޫރާ ކުމާރަ ޑިސެނަޔަކަ އެ ގައުމުގެ ސިޔާސީ ބޮޑުންނާ ވާދަކުރައްވައި ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވައިފި އެވެ.

އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި މިހާތަނަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވާ އަނޫރާގެ ޖަނަތަ ވިމުކްތީ ޕެރެމޫނާ (ޖޭވީޕީ) އަކީ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ތިން ގޮނޑި ތަމްސީލްކުރާ ޕާޓީއެކެވެ. އެއީ އޭނާ ވެސް ހިމަނައިގެންނެވެ.

ވޯޓު ލުމުގެ ހައްގު ލިބިގެންވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓް މީހުން ވޯޓު ލާފައި ވާއިރު މިހާތަނަށް ގުނި ޕޯސްޓަލް ވޯޓުގެ 58 ޕަސެންޓް އަނުރާ އަށް ވަނީ ލިބިވަޑައިގެންފަ އެވެ. މިއީ ލަންކާގައި އިންތިހާބުގެ ނަތީޖާ އެންމެ ޔަގީންކަން ބޮޑުކޮށް ލަފާކުރެވޭ ވޯޓެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ޕޯސްޓަލް ވޯޓުގެ 50 ޕަސެންޓް ލިބުނު ކެންޑިޑޭޓުން ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.

މިހާތަނަށް ސާފުކުރި ހުރިހާ ވޯޓެއްގެ ޖުމްލައަށް ބަލާއިރު، އޭކޭޑީގެ ގޮތުގައި މަޝްހޫރު އަނޫރާ އޮތީ 53 ޕަސެންޓަށްވުރެ މަތީގަ އެވެ. ދެ ވަނަ އަށް އޮތް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށް ލިބިވަޑައިގަތީ 20 ޕަސެންޓެވެ. ރައީސް ރަނިލް ވިކްރެމަސިންހަ އޮތީ ތިންވަނައިގައި 18 ޕަސެންޓް ވޯޓާ އެކުގަ އެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ އާއިލާތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ކަމަށް ވިޔަސް އަނޫރާއާ އެކަހަލަ ގުޅުމެއް އޮތް މީހަކު ނެތެވެ. ނަމަވެސް، އުމުރުން 55 އަހަރުގެ އަނޫރާއަށް މި އިންތިހާބުގައި ކުއްލި މަގުބޫލުކަމެއް ލިބިވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާ އެކުގަ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވާފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަ: އޭނާ ވަނީ މިހާތަނަށް ސާފުކުރި ނަތީޖާއިން ތަފާތު ބޮޑުކޮށް ކުރީގައި. -- ފޮޓޯ: އޭއެފްޕީ

ލަންކާގެ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވާފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަ: އޭނާ ވަނީ މިހާތަނަށް ސާފުކުރި ނަތީޖާއިން ތަފާތު ބޮޑުކޮށް ކުރީގައި. -- ފޮޓޯ: އޭއެފްޕީ

ޕްރެމަދާސަ އަކީ ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފެއްދުމަށް އެތައް ޒަމާނެއް ވަންދެން ހަނގުރާމަކުރި ޓެމިލް ޓައިގާސްގެ ހަމަލާއެއްގައި އަވަހަރާކޮށްލި ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސަގެ ދަރިކަލުންނެވެ. ރަނިލްގެ ބޮޑުބޭބޭފުޅު ޖޭ އާރް ޖަޔަވަރްދަނާ އަކީ ކުރިން ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ދެން އެންމެ ވާދަވެރި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ނަމާލް އަކީ ދެ ފަހަރު ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ ދަރިލުންނެވެ.

ނަމާލްގެ ކެމްޕެއިނުން ވަނީ އަނޫރާ އިންތިހާބު ކާމިޔާބުކުރައްވައިފި ކަމަށް ބުނެ ބަލި ގަބޫލުކޮށްފަ އެވެ. ނަމާލް އަށް އަދި މިހާތަނަށް ސާފުކުރި ނަތީޖާއިން ލިބިވަޑައިގަތީ އެއް ޕަސެންޓެވެ. މިފަހަރު ވާދަކުރެއްވި އެންމެ ޒުވާން ކެންޑިޑޭޓް ކަމަށްވާ ނަމާލް އޮތީ ފަސް ވަނަޔަށެވެ.

ސްރީ ލަންކާގައި ރައީސަކު ހޮވަން އިއްޔެ ވޯޓުލާން މީހުން ކިއޫގައި. -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގައި ރައީސަކު ހޮވަން އިއްޔެ ވޯޓުލާން މީހުން ކިއޫގައި. -- ފޮޓޯ: އޭއެފްޕީ

ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ ވަނީ ބާޒާރުގެ އަގުތައް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

އޭނާ ވަނީ 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ ރައީސްކަމުން ގޮޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން މަޖުބޫރުވި ފަދަ މުޒާހަރާތައް މަދުކޮށް އިގްތިސާދީ ކަންކަމުގައި ގުޅިގެން މަސައްކަތްުރުމަށް ވެސް ގޮވާލައިފަ އެވެ.

މި އިންތިހާބުގައި 38 ކެންޑިޑޭޓުން ވާދަކުރި އެވެ. ސްރީ ލަންކާގެ ވޯޓު ލުމުގެ ނިޒާމު އޮންނަ ގޮތުން އެ މީހަކަށް އެންމެ ރަނގަޅު ތިން ކެންޑިޑޭޓެއްގެ ނަމުގައި ފާހަގަޖެހޭނެ އެވެ. މީގެ ތެރެއިން އިންތިހާބު ކާމިޔާބުވި ކަމަށް ބަލާނީ 50 ޕަސެންޓް ނުވަތަ އެއަށްވުރެ ގިނަ ވޯޓު ލިބުމުންނެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެ ނަމަ، ދެން އޮންނާނީ އެންމެ ތާއީދު ބޮޑު ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓު ލާށެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މިއީ އެ ގައުމުގެ ތާރީހުގައި ބޭއްވި އެންމެ ސުލްހަވެރި އިންތިހާބެވެ. -- އޭއެފްޕީ