Roadha Mihaaru
"ސައުދީއާ ގުޅުން ގާތްވީ ރައީސްގެ މަސައްކަތުން"

ސައުދީއާ އެކު ގުޅުން އިތުރަށް ބަދަހިވީ ރައީސްގެ މަސައްކަތުން: ނައިބު ރައީސް

23 ސެޕްޓެމްބަރ 2024

ސައުދީ ސަރުކާރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސައުދީ ސަރުކާރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ވިލާ ނޯޓިކާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް ރައްދުކުރައްވައިފަ އެވެ.

ނައިބް ރައީސް ވިދާޅުވީ އާންމު އިސްލާމީ އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިވީ ރައީސްގެ މަސައްކަތްޕުޅުން ކަމަށެވެ. މިދިޔަ ހައްޖު މޫސުމުގައި ވެސް ދިވެހި ހައްޖާޖީންނަށް ސައުދީން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހެމާންދާރީއަށް ނައިބް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓު މެދުވެރިކޮށް ރާއްޖެއަށް ދެމުން އަންނަ އެހީތައް ވެސް ނައިބު ރައީސް ރައީސް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ނައިބް ރައީސް ވަނީ އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި ދޭދޭ ގުޅުންތައް ބަދަހިކުރަން ސަފީރު މަތުރިކް އަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރާ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.