16 މެއި 2024
ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިއަދު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިއަދު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
މިއަދު މެންދުރު ފަހު އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ސައުދީ ފަންޑުގެ ސީއީއޯ އާއި އެހެން އިސްވެރިން ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި މިއަދު ހަވީރު ފިނޭންސް މިނިސްޓްރީގައި ވެސް "ހައި-ލެވެލް" ރަސްމިއްޔާތެއް ބާއްވަން ވަނީ ހަމަޖައްސަވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ސައޫދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތައް މިއަދު ހަވީރު އިފުތިތާހު ކުރުން ވަނީ ތާވަލްކޮށްފަ އެވެ.
ރައީސް މުއިއްޒު، ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދަަށް ރާއްޖޭގެ އިގުތިސާދީ ހާލަތު މިއަދު ވިދާޅުވެ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސައޫދީ އަށް ކުރެއްވި ދަތުރުގައި ވެސް ސައޫދީ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވި އެވެ. ސައޫދީ ފަންޑުގެ އިސްވެރިޔާ އާއި އެހެން ބައެއް ބޭފުޅުން ރާއްޖެ މި ވަޑައިގަތީ އެ މަޝްވަރާތަކުގެ އަލީގައި ކަމަށް ސަރުކާރުގެ އިސްވެރިއަކު ވިދާޅުވި އެވެ.
ސައުދީ ފަންޑުގެ އެހީގައި މިހާރު ވެސް ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގަ އެވެ. އަދި މިހާރު ހިންގަމުން އަންނަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތަށް ވެސް ސައުދީ ފަންޑުން ވަނީ އެހީ ހަމަޖައްސައި ދީފަ އެވެ. އެ މަޝްރޫއު އަވަސްކުރަން ވެސް މި ސަރުކާރުން އައި ފަހުން ވަނީ ސައުދީ ފަންޑުން އިތުރު އެހީ ހަމަޖައްސައި ދީފަ އެވެ.
ސައުދީ ފަންޑުން ދެ ލޯނަކަށް 150 މިލިއަން ދީފި
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ
އެއާޕޯޓް ނިންމަން ސައުދީން އިތުރު 100 މިލިއަން
ސައުދީން ރާއްޖެ އަށް އާ ސަފީރެއް
ކިންގްސަލްމާން މިސްކިތް ރޯދައިގެ ކުރިން ހުޅުވޭތޯ ބަލަނީ
އޯއައިސީ ސަމިޓަށް ރައީސް މާދަމާ ފުރާވަޑައިގަންނަވަނީ
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން
އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި
ސައުދީ ފަންޑުގެ އިސްވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި