ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމުމުގެ މަސައްކަތަށް ސައޫދީ ފަންޑުން ދޫކުރާ ލޯނުގެ އެއްބަސްވުމާއި ހެޔޮ އަގުގައި ދޫކުރުމަށް އެ ފަންޑުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓުގެ ބިން ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ސަރުކާރުން ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމުމުގެ މަސައްކަތަށް ސައޫދީ ފަންޑުން ދޫކުރާ ލޯނުގެ އެއްބަސްވުމާއި ހެޔޮ އަގުގައި ދޫކުރުމަށް އެ ފަންޑުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓުގެ ބިން ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ސަރުކާރުން ނިންމައިފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރައްވާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ.
ވީއައިއޭގެ އާ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއަށް މިއީ ސައޫދީ ފަންޑުން ދޭ ދެ ލޯނެވެ.
މިދިޔަ އަހަރުގެ މޭ މަހު އެ ފަންޑުގެ އިސްވެރިޔާ މަރުޝަދު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވަނީ އާ ޓާމިނަލް ނިންމަން އޭރު އިތުރަށް ބޭނުންވި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއްގައި ސޮއިކުރައްވައިފަ އެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
ސައޫދީ ފަންޑުގެ ލޯނުގެ އެހީގައި އިމާރާތްކުރާ އެފޯޑަބަލް 400 ހައުސިން ޔުނިޓު އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ. އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ފަރާތުން ބިން ހަވާލުކުރުން މާދަމާ އޮންނާނެ އެވެ.
ސައޫދީ ފަންޑުގެ އިސްވެރިޔާ ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ސޮއިކުރައްވާ ލޯނު އެއްބަސްވުމުގައި ހިމެނޭ އަދަދުތަކާ ގުޅޭ ތަފުސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި އަހަރު ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވާއިރު، އެ ތަން ނިންމުމާ އެކު އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި، އާ ޓާމިނަލް ނިންމަން އެ ވަގުތަށް ބޭނުންވި ލޯނުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ފިނޭންސް މިނިސްޓަރު ޝަފީގާ އެކު.---ފޮޓޯ: ރައީސް އޮފީސް
ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވިދާޅުވީ، ވީއައިއޭ އާއި ސިއްހީ ދާއިރާ އާއި ހައުސިން އަދި އުމްރާނީ އެހެން މަޝްރޫއުތަކުގައި ވެސް ސައުދީން އެހީވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ، މީގެ ކުރިން ވެސް ވީއައިއޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީ ތެރިކަން ފޯރުކޮށްދީފައިވާކަން އޭނާ މިދިޔަ އަހަރުގެ ދަތުރުގައި ފާހަގަކުރެއްވި އެވެ.
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި
ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
ސައުދީ ފަންޑުން ދެ ލޯނަކަށް 150 މިލިއަން ދީފި
އެއާޕޯޓް ނިންމަން ސައުދީން އިތުރު 100 މިލިއަން
ސައުދީން ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަނީ
އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި
ބޯހިޔާވަހިކަން ފޯރުކޮށްދޭން ސައުދީން އެހީވާން ނިންމައިފި
ސައުދީ ފަންޑުގެ ސީއީއޯއަށް ޝަރަފުގެ އިއްޒަތް
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ