09 ޖުލައި 2018
ރާއްޖޭގައި ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާ އިން އެހީވުމަށް އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގައި ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާ އިން އެހީވުމަށް އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި، ދެ ގައުމުގެ ކަމާ ގުޅޭ އިސް ބޭފުޅުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ރާއްޖެ ވަޑައިގެންނެވި، ސައޫދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް، ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ދިވެހި ސަރުކާރާއި ސައޫދީ ސަރުކާރާ ދެމެދު އެއްބަސްވެފައި ވަނީ ރާއްޖޭގައި ހެޔޮއަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަން ކުރިއެރުވުމަށް ސައުދީ ފަންޑުން އެހީތެރިވުމަށެވެ. މި އެހީއާ ގުޅޭ އެއްވެސް ތަފްސީލެއް ދެ ސަރުކާރަކުން ވެސް އަދިއެއް ހާމައެއް ނުކުރެ އެވެ.
ސައުދީން ރާއްޖެއަށް އެހީވުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އަގު ހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ބޯޑުގެ ޗެއާމަން އަހުމަދު ބިން އަގީލް އަލް ޙަތީބެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ރައީސް ޔާމީނާއި ސައޫދީގެ މިނިސްޓަރު ވަނީ ދެ ގައުމުގެ ވާހަކަތައް ބާއްވަވައިފަ އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ. ޝާހީ އާއިލާގެ މެމްބަރުންނާއެކު ކުރެއްވި އެދަތުރުގައި ރާއްޖޭގެ ރިސޯޓެއްގައި ވަނީ ޗުއްޓީ ހޭދަ ކުރައްވައިފަ އެވެ.
ސައުދީ ފަންޑުން ދެ ލޯނަކަށް 150 މިލިއަން ދީފި
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ
އެއާޕޯޓް ނިންމަން ސައުދީން އިތުރު 100 މިލިއަން
ބޯހިޔާވަހިކަމާއި މަސްވެރިކަމަށް ސައޫދީން 771 މިލިއަން
އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި
އާ ޓާމިނަލަށް ސައުދީން ދޭ ލޯނުގައި މި މަހު ސޮއިކުރަނީ
ފޮރިން މިނިސްޓަރު ޒަމީރާއި ގަވަރުނަރު ސައުދީއަށް
ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާ ރާއްޖޭގައި
ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް