23 ސެޕްޓެމްބަރ 2024
ރާއްޖޭގައި ފުޅާ ދާއިރާގައި ފޯނު ވިއްކާ އެލް މޮބައިލުން ވެސް އެންމެ ފަހުގެ އެޕަލް 16 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާގައި ފޯނު ވިއްކާ އެލް މޮބައިލުން ވެސް އެންމެ ފަހުގެ އެޕަލް 16 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
އެ ފިހާރައިން އައިފޯނަށް ޕްރީއޯޑަރު ކުރުމަށް ހުޅުވާލާފައި ވަނީ ހާއްސަ ލަކީޑްރޯއަކާ އެކު އެވެ. އެލް މޮބައިލްއިން ބުނިގޮތުގައި ފޯނަށް ޕްރީއޯޑަރު ދޭ ފަރާތްތަކުގެ މެދުގައި ނަގާ މި ލަކީޑްރޯއިން ގުރުއަތުން ހޮވޭ އެއް ނަސީބުވެރިޔަކަށް އައިފޯން 16އެއް ލިބޭނެ އެވެ.
އެލް މޮބައިލްއިން ބުނީ މިހާރު ޕްރީއޯޑަރު ދޭ ކަސްޓަމަރުންނަށް ހުކުރު ދުވަހު ފޯނު ލިބޭނެ ކަމަށެވެ. އަދި އެ ފިހާރައަށް ވަރަށް އަވަހަށް އައިފޯނު 16 ސީރީޒްގެ ފޯނުތައް ގެންނާނެ ކަމަަށް ވެސް ބުންޏެވެ.
އެޕަލްއިން މި މަހު ލޯންޗުކުރި އައިފޯން 16 ސީރީޒްގެ ފޯނުތައް މާކެޓުގައި ވިއްކަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އައިފޯން 16 އަކީ އޭ18 ޗިޕް ހިމެނޭ ފޯނެކެވެ. މި ފަހަރު އެންމެ ބޮޑު އެއް އަޕްގްރޭޑްގެ ގޮތުގައި އެޕަލްއިން ފާހަގަ ކުރަނީ ކެމެރާ ކޮންޓްރޯލްގެ އާ ފީޗާއެއްގެ ގޮތުގައި ތައާރަފް ކޮށްފައިވާ އެކްޝަން ބަޓަނެވެ. އަދި މި މޮޑެލްތަކަކީ ބެޓެރި ލައިފް ކުރީގެ މޮޑެލްތަކަށް ވުރެ ރަނގަޅު ފޯނުތަކެއްގެ ގޮތުގައި ވެސް އެޕަލްއިން ފާހަގަކުރެ އެވެ.
މި ފަހަރު އައިފޯން 16 އާއި އައިފޯން 16 ޕްލަސްގެ މޮޑެލްތައް ނެރެފައިވަނީ ކަަޅާއި ހުދާއި ފިޔާތޮށި އަދި ޓީލްގެ އިތުރުން އަލްޓްރާމެރިން ކުލައިންނެވެ. އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސް ފޯނު ނެރެފައިވަނީ ކަޅާއި ޓައިޓޭނިއަމާއި ވައިޓް ޓައިޓޭނިއަމްގެ އިތުރުން ނެޗުރަލް ޓައިޓޭނިއަމް އަދި ޑެޒާޓް ޓައިޓޭނިއަމް ކުލައިންނެވެ.
ބްރެޒިލްގައި ވެސް ޔޫއެސްބީ-ސީ ޗާޖަރު މަޖުބޫރުކުރަނީ
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އައިފޯން 13 ލިބުން ދަތިވެދާނެ
ޔޫއެސްބީ-ސީ ޕޯޓް ހިމެނަން ބުނާތީ އެޕަލް ނުރުހިއްޖެ
ސައިކަލު ވައިބްރޭޝަނުން އައިފޯނުގެ ކެމެރާ ހަލާކުވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟