21 ސެޕްޓެމްބަރ 2024
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ އެންމެ ވަރުގަދަ ފައުޖުތަކުގެ ދެ ކޮމާންޑަރަކު އިޒްރޭލުގެ ހަމަލާތަކެއްގައި އަވަހާރަކޮށްލައިފި އެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ އެންމެ ވަރުގަދަ ފައުޖުތަކުގެ ދެ ކޮމާންޑަރަކު އިޒްރޭލުގެ ހަމަލާތަކެއްގައި އަވަހާރަކޮށްލައިފި އެވެ.
ލުބްނާންގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައި ވާއިރު 31 މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން އެއް ހަމަލާ ދީފައިވަނީ ވެރިރަށް ބައިރޫތުގެ ބިންގަރާސް ކޮޓަރިއެއްގައި ހިޒްބުﷲ ގެ ކޮމާންޑަރުންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އެތަނަށެވެ.
ލުބުނާނުގެ ހެލްތު މިނިސްޓަރު ފިރާސް އަބިއާދު ވިދާޅުވީ ހުކުރު ދުވަހު ބިމު އަޑީގެ މީޓިން ރޫމަކަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ތިން ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އޭއެފްޕީގެ ނޫސްވެރިޔަކު ބުނި ގޮތުގައި އެ ހަމަލާ ދިން ތަނުގައި ވަނީ ވަރަށް ބޮޑު ވަޅުގަނޑެއް ހެދިފަ އެވެ.
އިޒްރޭލުން ބުނީ އެ ހަމަލާގައި ހިޒްބުﷲގެ އެލީޓް ރަދުވާން ފޯސްގެ ވެރިޔާ އިބްރާހިމް އާގިލްގެ އިތުރުން އެހެން ބައެއް ކޮމާންޑަރުން ވެސް ނައްތާލާފައިވާ ކަމަށެވެ. އަގީލް އަކީ ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް 1983 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެމެރިކާއިން ހޯދަން ބޭނުންވާ މީހެކެވެ. އަދި އޭނާ ހައްޔަރުކުރެވޭނެ މައުލޫމާތެއް ދިން މީހަކަށް ހަތް މިލިއަން ޑޮލަރު ވެސް އޮތީ ހުށަހަޅައިފަ އެވެ.
ލުބްނާންގެ ބައިރޫތުގައި ހިޒްބުﷲ ޖަމާއަތުގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް އިޒްރޭލުން ދިން ހަމަލާއަށް ފަހު އިމާރާތް ބިމާ ހަމަވެފައި ވާއިރު ތަން ސާފުކޮށް މީހުން ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
އަބީއާދު ވިދާޅުވީ މަރުވެފައިވާ މީހުންނާއި ޒަހަމްވި މީހުން ހޯދުމުގެ މަސައްކަތް އިމަޖެންސީ ސާވިސްއިން ރޭގަނޑު ވެސް ކުރި ކަމަށާއި މީހުން ދިރިއުޅޭ އިމާރާތެއް ވެސް ހަމަލާ ދިން ތަނުގެ މައްޗަށް ވެއްޓި މީހުން އިތުރަށް ތާށިވެފައިވާ ކަމަށެވެ.
ރަދުވާން ފޯސް އަކީ ހިޒްބުﷲގެ ގްރައުންޑް އޮޕަރޭޝަންތަކުގައި އެންމެ އިސް ފައުޖެވެ. އެ ފައުޖު ބޯޑަރު ކައިރިން ފަހަތަށް ޖެއްސުމަށް އިޒްރޭލުން ބައިނަލްއަގުވާމީ މީޑިއޭޓަރުން މެދުވެރިކޮށް އެތައް ފަހަރަކު ޕްރެޝަރުކޮށްފައިވެ އެވެ.
މި ހަމަލާ ދީފައިވަނީ ހިޒްބުﷲގެ މެންބަރުން ގެންގުޅުނު މުއާސަލާތީ ޑިވައިސްތައް ގޮވައި 37 މީހުން މަރުވެ އަދި އެއީ އިޒްރޭލުން ދިން ހަމަލާތަކެއްގެ ގޮތުގައި ތުހުމަތުކުރެވިފައި ވަނިކޮށެވެ. އެހެންވެ ހަމަލާތަކާ އެކު މިހާރު ވަނީ ހިޒްބުﷲގެ ސަލާމަތީ ކަންކަމުގެ އިންތިޒާމްތަކާ އެކު ވަރަށް ބޮޑަށް ސުވާލާއި ޝައްކުތައް އުފެދިފަ އެވެ.
ހިޒްބުﷲ އިން ބުނީ މިދިޔަ އޮކްޓޯބަރު މަހު ޣައްޒާއަށް އިޒްރޭލުން ހަމަލާދޭން ފެށުނީއްސުރެ މި އަހަރުގެ ފެށުމާ ހަމައަށް އިޒްރޭލާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގެ އިސްވެރިޔާ އަހުމަދު މަހްމޫދު ވަހްބީ ކަމަށެވެ.
އިޒްރޭލުން ބުނީ ރަދްވާން ފޯސްގެ މެންބަރުންނަށް ދިން ހަމަލާ އަކީ ދުރާލައި ރޭވިގެން، ސީދާ އެ ފޯސްގެ މެންބަރުންނަށް ދިން ހަމަލާއެއް ކަމަށެވެ. މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ އޭއެފްޕީން ބުނީ ހަމަލާގައި ރަދްވާން ފޯސްގެ 16 މީހަކު މަރުވި ކަމަށެވެ.
ހިޒްބުﷲގެ ވެރިޔާއަށް ވެދާނެ ސަފިއްޔުއްދީން ގެއްލިއްޖެ
ހިޒްބުﷲގެ ވޯކީޓޯކީތަކެއް ވެސް ގޮވައި ބަޔަކު މަރުވެއްޖެ
ހިޒްބުﷲއާ މަޝްވަރާކުރަން ތައްޔާރު: އިޒްރޭލު
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
އިޒްރޭލާއި ހިޒްބުﷲގެ ހަމަލާތައް މެދުކަނޑާލަނީ
އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ މިހާރު ނިމެނީ: އެމެރިކާ
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ދިނީ މުހުލަތު
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް
އިޒްރޭލުގެ ހަމަލާތައް އީރާންގެ މިސައިލް ސައިޓްތަކަށް