އިޒްރޭލުން އަލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ފެށުމާ އެކު ބޯޑަރު ހުރަސްކޮށް، ލުބްނާނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމުން އެއީ ހިޒްބުﷲ އިން ދިން ހަމަލާތަކެއް ކަމަށް ބުނެ އިޒްރޭލުން އަލުން ލުބްނާނަށް ވެސް ހަމަލާ ދީފި އެވެ.
އިޒްރޭލުން އަލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ފެށުމާ އެކު ބޯޑަރު ހުރަސްކޮށް، ލުބްނާނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމުން އެއީ ހިޒްބުﷲ އިން ދިން ހަމަލާތަކެއް ކަމަށް ބުނެ އިޒްރޭލުން އަލުން ލުބްނާނަށް ވެސް ހަމަލާ ދީފި އެވެ.
ނަމަވެސް ހިޒްބުﷲ އިން ވަނީ އިޒްރޭލަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލުމަށް އިންކާރުކޮށްފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވަނީ ލުބްނާނުގެ ހިޒްބުﷲ ގެ އެކި އަމާޒުތަކަކަށް ހޮނިހިރު ދުވަހު ދެ ފަހަރަށް ހަމަލާދީފައި ވާނެ ކަމަށް ބުނެފަ އެވެ. މިއީ އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހުއްޓާލުމަށްވީ އެއްބަސްވުމަށް ފަހު ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.
ލުބްނާނަށް ދެ ވަނަ ފަހަރަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ރޮކެޓް ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާގެ ބައެއް ކަމަށެވެ.
ލުބްނާނުން ބުނީ ދެކުނު ސަރަހައްދަށް އިޒްރޭލުގެ ހަމަލާތަކުގައި ފަސް މީހަކު މަރުވި ކަމަށާއި އޭގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަދި ފަހުން ބުނި ގޮތުގައި އިރުމަތީ ސަރަހައްދަށް ދިން ހަމަލާތަކުގައި ތިން މީހަކު މަރުވި ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުން އިޒްރޭލުގެ އުތުރުގެ ސަރަހައްދަށް ހޮނިހިރު ދުވަހު ހަ ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ރޮކެޓެއް އިންޓަސެޕްޓުކޮށް ވައްޓާލެވުނު ކަމަށެވެ. އެކަމަކު ހިޒްބުﷲ އިން ބުނީ މިއީ އެ ޖަމާއަތުން ދިން ހަމަލާތަކެއް ނޫން ކަމަށެވެ. އަދި މިއީ އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް ކުރިއަށް ގެންދިއުމުގެ އުޒުރެއްގެ ގޮތުން ދައްކާ ބަހަނާއެއް ކަމަށް ވެސް ބުންޏެވެ.
އިޒްރޭލާއި ހިޒްބުﷲގެ ހަމަލާތައް މެދުކަނޑާލަނީ
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް
އިޒްރޭލުގެ ހަމަލާތައް އީރާންގެ މިސައިލް ސައިޓްތަކަށް
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ލުބްނާންގައި ދޭ ހަމަލާތަކެއް ނުހުއްޓާނަން: ނަތަންޔާހޫ
ހިޒްބުﷲގެ ވެރިޔާއަށް ވެދާނެ ސަފިއްޔުއްދީން ގެއްލިއްޖެ
އީރާނުން އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލައިފި
އިޒްރޭލުގެ ހަމަލާތަކުގައި ލުބްނާނުން 500 މަރު
ހިޒްބުﷲގެ ދެ ކޮމާންޑަރެއްގެ މަރާ އެކު ނުތަނަވަސްކަން
ވޯކީޓޯކީތައް ގޮވި ހާދިސާގައި ލުބްނާނުން 20 މަރު