ރާއްޖޭގެ ޑިމޮކްރަސީ މިހާރު އޮތް ވަރަށް ވުރެ ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޑިމޮކްރަސީ މިހާރު އޮތް ވަރަށް ވުރެ ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ޑިމޮކްރަސީ ދުވަހާ ގުޅުވައި ފައްޔާޒް "އެކްސް" ގައި ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، މިހާރު މި އޮތް ހާލަތަށް އައުމަށް ކުރި ދަތުރު ހަނދާންކޮށް، ޑީމޮކްރަސީގެ ހަމަތައް ނަގަހައްޓަން އިތުރު ބާރެއް ލާން ޖެހޭ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެތައް އަހަރެއްގެ އުނދަގޫ ދަތުރަކަށް ފަހު، މި ހިސާބަށް އާދެވުނު ނަމަވެސް، ޑިމޮކްރަސީ ފައްކާކުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ކުރިން އޮތް ހާލަތަށް ދިއުމުގެ ބިރު އެބައޮތް ކަމަށާއި މިނިވަންކަން ދަމަހައްޓަން އިތުރަށް މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ހުދުމުހުތާރު ވެރިންގެ ސަބަބުން މިނިވަންކަން ގެއްލި ހިނގައިދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދިވެހިން ތިބީ މި ޑިމޮކްރެސީ ދެމެހެއްޓުމަށް ސާބިތުވެ އެވެ. އެހެންވެ، ހިތްވަރު ގެއްލުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
އީޕީއޭއަށް ގެނައި ބަދަލާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ދަރަނީގެ ބަހުސަކަށް ފައްޔާޒްގެ ދައުވަތު ސައީދަށް
ކައުންސިލްތަކާ ގުޅޭ ބިލު ތަސްދީގު ނުކުރަން ގޮވާލައިފި
އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ބާއްވައިފި
ނަޝީދާއި ފައްޔާޒު ލޯކަލް ކައުންސިލް ކެމްޕެއިންގައި
ރައީސްގެ ދަރިކަލެއްގެ އަބުރާ ބެހުނުކަން ސާބިތުވެއްޖެ
ޝިމަން އާއި މަހްޒޫމަށް ކުރަނީ ސިޔާސީ ދައުވާ: ފައްޔާޒް
އެމްޑީޕީގެ ޗެއާޕާސަން/ރައީސްގެ މަގާމު އެއްކޮށްލަނީ!
އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި: އިބޫ
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"