11 ސެޕްޓެމްބަރ 2024
މީގެ އަހަރު ތަކެއް ކުރިން 2012 ވަނަ ހދ. ހިރިމަރަދޫ ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ ޗޮއިސް އެވެ؛ އެއީ ރަށުގެ އެންމެން އެހެން ރަށަކަށް ބަދަލުކުރުން ނޫނީ ރަށަށް ފެންވަރު ރަނގަޅު ބަނދަރެއްގެ މަޝްރޫއު ގެނައުމެވެ. އޭރު ގިނަ ރައްޔިތުން ބޭނުންވީ ބަނދަރެވެ. އޭގެ ސަބަބުން ރަށަށް ދިރުން ލިބި، ފާގަތި ރަށަކަށް ހިރިމަދޫ ވާނެ ކަމުގެ އުއްމީދު ރައްޔިތުންގެ އޮތީ އެވެ. އެކަމަކު، ކަންވީ އެއާ ދިމާ އިދިކޮޅަށެވެ. ހިރިމަރަދޫގެ އާބާދީ ދިޔައީ ދަށަށެވެ. އާބާދީގެ އަދަދު ހިފެހެއްޓޭނެ ގޮތެއް ނޫނީ މަތި ކުރެވޭނެ ގޮތެއް ނެތެވެ.
މީގެ އަހަރު ތަކެއް ކުރިން 2012 ވަނަ ހދ. ހިރިމަރަދޫ ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ ޗޮއިސް އެވެ؛ އެއީ ރަށުގެ އެންމެން އެހެން ރަށަކަށް ބަދަލުކުރުން ނޫނީ ރަށަށް ފެންވަރު ރަނގަޅު ބަނދަރެއްގެ މަޝްރޫއު ގެނައުމެވެ. އޭރު ގިނަ ރައްޔިތުން ބޭނުންވީ ބަނދަރެވެ. އޭގެ ސަބަބުން ރަށަށް ދިރުން ލިބި، ފާގަތި ރަށަކަށް ހިރިމަދޫ ވާނެ ކަމުގެ އުއްމީދު ރައްޔިތުންގެ އޮތީ އެވެ. އެކަމަކު، ކަންވީ އެއާ ދިމާ އިދިކޮޅަށެވެ. ހިރިމަރަދޫގެ އާބާދީ ދިޔައީ ދަށަށެވެ. އާބާދީގެ އަދަދު ހިފެހެއްޓޭނެ ގޮތެއް ނޫނީ މަތި ކުރެވޭނެ ގޮތެއް ނެތެވެ.
ހިރިމަރަދު އަކީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުން 2022 ގައި ހެދި ބޯހިމެނުމުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އެ ހިސާބުތައް ދައްކާ ގޮތުން ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 އެވެ.
ހިރިމަރަދޫން މާލެ އާއި ހުޅުމާލެ އަދި ކުޅުފުއްޓަށް އާއިލާތައް އެއްކޮށް ހިޖުރަ ކުރާ އަދަދު އިތުރުވެ، އެކަމުގެ ނުތަނަވަސްކަމާ އެކު، ރަށަށް މިހާރު ވެރިވެފައި އޮތީ ފަޅުވެދާނެ ކަމުގެ ބިރެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުން ވަނީ ބޮޑު ނިންމުމެއް ނިންމައިފަ އެވެ؛ މި ފަހަރު ބަނދަރެއް، ސްކޫލެއް ނޫނީ ތާރު މަގުތަކެއް ނޫނެވެ. އަމިއްލަ އުފަން ވަޒަން ދޫކޮށް، ތަރައްގީގެ މަންޒިލަކަށް ދިއުމަށް ހިރިމަރަދޫ އޮތީ އެދިއެދި އެވެ.
"ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާ ވާހަކަ ދެއްކީމާ ރައްޔިތުންގެ ތެރެއިން ފުލް މެޖޯރިޓީ ރައްޔިތުން ބޭނުންވީ ރަށް ދޫކޮށްފައި ދާން. ރައްޔިތުން ބޭނުން ވަނީ ރަނގަޅު އާބާދީއެއް އޮތް ކުރިއެރުމެއް ކުރިމަގެއް އޮތް ތަނަކަށް ބަދަލުވާން،" ހިރިމަރަދޫ ކައުންސިލްގެ މެންބަރު މުހައްމަދު އަރްޒަން ވިދާޅުވި އެވެ.
ހިރިމަރަދޫގެ ހޮޅުއަށްޓެއްގައި މީހަކު އިށީނދެލައިގެން: އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަން ސަރުކާރަށް އަންގާފައި - ފޮޓޯ: ލޫކަސް ޖަލީލް
ގުދުރަތީ ގޮތުން ޗާލު، ހިތްފަސޭހަ ކަމުގެ ދެވަނައެއް ނެތް ހިރިމަރަދޫގައި މިހާރު ތިބި މަދުމީސްކޮޅު ގަބޫލުކުރާ ގޮތުގައި އެ ރަށުގައި އުއްމީދެއް ނެތެވެ. ދަރިންނަށް މުސްތަގުބަލެއް ނެތެވެ. ޒުވާނުންނަށް ފުރުސަތުތަކެއް ނެތެވެ. އިގުތިސާދީ ކުރިއެރުމެއް، ހަރަކާތްތަކެއް ނެތެވެ.
އަރްޒަން ވިދާޅުވީ، ރަށުން ކިޔަވާ ދަރިވަރުން މަތީ ވަނަތަކާއި އޯ ލެވެލްގެ ގަދަ 10 ގައި ވެސް ހިމެނޭ ކަމާއި އެހެން ގޮތް ގޮތުން ވެސް ރަށަށް ކާމީޔާބީތައް ހޯދާ ކަމަށެވެ. ނަމަވެސް، ރަށާ މެދު އުއްމީދެއް ނެތުމުން، މިހާރު ގިނަ މީހުން އިހުތިޔާރު ކުރާނީ ހިޖުރަކުރުން ކަމަށް ވާތީ، ރަށުގައި ތިބި މީހުންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަކީ ކައުންސިލަށް އޮތް ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު، ކައުންސިލުން ވަނީ އަތޮޅުގައި އެންމެ ބިން ބޮޑު ހަނިމާދު އަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށް، އެ ރަށުގެ ކައުންސިލަށް ސިޓީއެއް ފޮނުވައިފަ އެވެ. ހަނިމާދުއަކީ މިހާރު ވެސް އެހެން ބައެއް ކުދި ރަށްރަށުގެ އާބާދީ ބަދަލުކޮށްފައިވާ، ތަރައްގީގެ ކުރިމަގެއް އޮތް ރަށެކެވެ.
އެކަމަކު އަރްޒަން ވިދާޅުވިގޮތުގައި، ހިރިމަރަދޫގެ ކައުންސިލްގެ ސިޓީ އަށް ހަނިމާދޫ ކައުންސިލުން މިހާތަނަށް ޖަވާބެއް ނުލިބެ އެވެ.
ހަނިމާދޫގެ އިތުރުން ހިރިމަރަދޫ ކައުންސިލުން ދެން ސިޓީ ފޮނުވީ ކ. އަތޮޅު ވެރިކަން ކުރާ ތުލުސްދުއަށެވެ. އެ ރަށު ކައުންސިލަށް ފޮނުވި ސިޓީ އަށް ހަފުތާއެއްގެ ތެރޭގައި އެ ކައުންސިލުން ޖަވާބުދީ، ހިރިމަރަދޫ ރައްޔިތުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފަ އެވެ. އެއީ ތުލުސްދޫގެ ގިނަ ރައްޔިތުން ވެސް ރުހުމާ އެކު އެވެ.
ހިރިމަރަދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަން ސަރުކާރަށް އަންގާފައި - ފޮޓޯ: ޒުވާން މަސްވެރިޔާ
"ތުލުސްދޫން އަޅުގަނޑުމެންނަށް މި ކަމުގައި ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދެއްވާ. އެ ރަށަކީ އާބާދީ ބޮޑު ކުރަން މަސައްކަތް ކުރަމުން އަންނަ އިގްތިސޯދީ އަދި އުމްރާނީ ތަރައްގީ ކުރިއަރަމުން އަންނަ ރަށެއް. އެފަދަ ތަނަކަށް ބަދަލުވެވިއްޖެ ނަމަ ހިރިމަރަދޫ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަން ޔަގީން،" އަރްޒަން ވިދާޅުވި އެވެ.
"ޒުވާނުންނަށް ވެސް ފުރުސަތުތައް އެބަ އޮތް، ސިއްހީ ހިދުމަތްތަކާއި ތައުލީމީ ފުރުސަތުތައް އެބައޮތް. މާލެ ކައިރިވުމާއި އެހެން ވެސް ފައިދާތައް އެބަ އޮތް. އަޅުގަނޑުމެން ތުލުސްދު އަށް ގޮސް އަޖުމަ ވެސް ކޮށްލިން. ދެން މިކަމުގައި އެންމެ ފަހުގެ ގޮތް ނިންމާނީ ރައްޔިތުން."
ތުލުސްދުއަކީ ކ. އަތޮޅުގެ މީހުންގެ އުޅޭ ރަށްރަށަށް ބަލާއިރު ދިރިއުޅޭ މީހުންގެ އާބާދީގެ ހަތަރު ވަނައިގައި އޮތް ރަށެވެ. މާލެ ކައިރީގެ މި ރަށްތަކަށް ހިޖުރަކުރާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނައިރު، އެއީ މިފަދަ މަންޒިލެކެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގެ މިހާރު ދިރިއުޅޭ އާބާދީއަކީ 1،800 އެވެ. އޭގެ ކުރިން 2014 ގައި ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި އޭރު ތުލުސްދޫގައި ދިރިއުޅެމުން ދިޔައީ 1،127 މީހުންނެވެ. މިއީ ބޮޑު ކުރިއެރުމެކެވެ.
އަޅުގަނޑުމެންގެ ނޯންނާނެ އެހެން ރަށަކު ބައެއް ވީމަ މަރުހަބާ ނުކިޔުމުގެ ރޫހެއް، އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާނަން،"--- ޝަހީމް
ގެސްޓް ހައުސްތަކުން ފުރިފައި އޮތް ތުލުސްދުއަކީ ބިމުގެ ގޮތުން ވެސް މިހާރު ބޮޑު ރަށެކެވެ. ކުރިން ނަމަ އެ ރަށުގެ ބިމުގެ ސައިޒަކީ 33 ހެކްޓަރެވެ. ނަމަވެސް، ބިން ހިއްކައިގެން 66 ހެކްޓަރަށް ބިން ވަނީ އިތުރުކޮށްފަ އެވެ. އަދިވެސް އިތުރަށް ބޮޑު ކުރެވެން އޮތް ތުލުސްދޫގައި ގެވަޅު ދޫކުރާނެ ބިމާއި އިގުތިސާދީ ހަރަކާތްތައް ހިންގާނެ ބިންތައް ވެސް އެބަ އޮތެވެ. ކ. އަތޮޅުގެ އެންމެ ހަރަކާތްތެރި، މާފުއްޓާ ވާދަކޮށްލުމުގެ ހުރިހާ ވަސީލަތެއް ތުލުސްދޫގައި އެބަ އޮތެވެ. އެކަމަކު، އެކަމަށް ބޭނުން ވަނީ ރަށުގައި ދިރިއުޅޭނެ ބޮޑު އާބާދީއެކެވެ.
މާފުށި ކުރިއަރައިގެން ދިޔަ އެއް ސަބަބަކީ، ރަށަށް ހިޖުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ. ގެސްޓް ހައުސްތަކުގެ މައި ހަބް ކަމަށް ރާއްޖޭގައި ބަލާ މާފުށީގައި މިހާރު 4،000 މީހުން ދިރިއުޅެމުން އަންނައިރު، ތުލުސްދޫން އަމާޒު ހިފާފައި ވަނީ ރަށުގެ އާބާދީ 5،000 އަށް އަރުވާށެވެ.
ތުލުސްދޫގެ މަގެއް މަތި: އެ ރަށުގެ އާބާދީ ބޮޑު ކުރަން ކުދި ރަށްރަށުގެ މީހުން ވަޒަންވެރި ކުރަން ތިބީ ތައްޔާރަށް
ސުނާމީއަށް ފަހު، ދ. ރިނބިދޫގެ ބައެއް ރައްޔިތުން ވެސް ވަޒަންވެރިވި، ތުލުސްދޫ ދެން ވެސް އޮތީ އެެހެން ކުދި އާބާދީތަކުގެ މީހުން ގެނެސް، އެ ރަށުގައި ވަޒަންވެރި ކުރަން ފޫގަޅާލައިފަ އެވެ.
"އަޅުގަނޑުމެން ބޭނުންވޭ މި މުޅި ރަށް ފުރާލަން. ބޭނުން ވަނީ ކުދި ރަށްރަށުގެ މީހުން ވީހާ ވެސް އަވަހަކަށް މި ރަށަށް ބަދަލުވުން. އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާ ގޮތަށް މި ތިބީ ރައްޔިތުން އެއްކޮށް ބަދަލުވާން ބޭނުންވާ ކަމަށްވާ ނަމަ އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާނަން،" ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ ކައުންސިލުން ވަރަށް ބޮޑަށް ވާހަކަ ދެއްކެވި، ވަރަށް ހިތްހަމަޖެހޭ ކަމެއް އެއީ [ހިރިމަރަދޫ ރައްޔިތުން ވަޒަންވެރި ކުރުވުން]."
ޝަހީމް ވިދާޅުވީ ތުލުސްދުއަކީ އިގުތިސާދީ ހަބަކަށް ހެދޭނެ ރަށެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހަދަން ކައުންސިލުން އަދި ރައްޔިތުން ވެސް މަސައްކަތް ކުރާ ކަމަށެވެ. ރަށްރަށުން މީހުން ގެނައުމަށް އެ ރަށުގައި އަބަދުވެސް މަރުހަބާ ކިޔުމުގެ ރޫހެއް އޮންނަނީ އެ މަގުސަދުގައި ކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ރިނބިދު އަށް ފަހު، ވ. ފުލިދޫ ރައްޔިތުން ތުލުސްދު އަށް ގެންނަން ވެސް އެ ދެ ރަށުގެ މެދުގައި މަޝްވަރާތައް ކުރި އެވެ. ނަމަވެސް، އެކަން ފަހުން ހުއްޓުނީ އެވެ. މިހާރު ފުލިދުއަކީ ވެސް ލޯކަލް ޓޫރިޒަމްގައި ބާރަށް ކުރިއަރަމުން، ފައްކާވަމުން އަންނަ ރަށެކެެވެ. ކުރިން އެ ރަށުގެ ރައްޔިތުން ވަޒަންވެރިކަން ބަދަލުކުރަން އޮތް ރޫހެއް މިހާރަކު ނެތެވެ. އެކަމަކު، ތުލުސްދޫގެ ރޫހެއް ބަދަލެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ ނޯންނާނެ އެހެން ރަށަކު ބައެއް ވީމަ މަރުހަބާ ނުކިޔުމުގެ ރޫހެއް، އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާނަން،" ހިރިމަރަދޫގެ ރައްޔިތުންނަށް ވެސް މަރުހަބާ ކިޔަން ތުލުސްދޫ ކެތްމަދުވެފައި އޮތް ކަން ހާމަކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.
ހިރިމަރަދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށްދޭން އެދިއްޖެ
ހިރިމަރަދޫއަށް 4 އަހަރު ފަހުން ޕްރިންސިޕަލެއް ހޯދަނީ
ހިރިމަރަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި 4 އަހަރު!
ޣައިސް: އޯ ލެވެލް ޕޭޕަރުތައް ރީޗެކްކުރުމުން އެއް ވަނަ
ހިރިމަރަދޫން މީހުން ބަަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ފަށައިފި
ތުލުސްދޫ ހޮސްޕިޓަލް ޕްރޮޖެކްޓް އަލުން އިއުލާނުކޮށްފި
ތުލުސްދޫން ބެހެއްޓި ގާތްކަމުން ރާއްޖެއަށް ދިން ފުރުސަތު