ހދ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަން ސަރުކާރަށް އަންގައިފި އެވެ.
09 ސެޕްޓެމްބަރ 2024
ހދ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަން ސަރުކާރަށް އަންގައިފި އެވެ.
ހިރިމަރަދޫ ކައުންސިލުން މިއަދު ވަނީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުން އެހެން ތަނަކަށް ވަޒަންވެރިވާން ބޭނުންވާ ކަން ހާމަކޮށްފަ އެވެ.
ކައުންސިލާ ހަވާލާ ދެއްވައި، މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ރައްޔިތުން ނިންމާފައިވާ ކަން މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ މެންބަރުން ވިދާޅުވި ކަމަށެވެ.
އެރަށު ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދޫއަށް ބަދަލުވާން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެކެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.
މީގެކުރިން ވެސް ހދ. އަތޮޅުގެ ބައެއް ރަށްތަކުން މީހުން ބަދަލު ކޮށްފައިވެ އެވެ. އެގޮތުން އެ އަތޮޅު ކުނބުރުދޫ އާއި ފަރިދޫ އަދި މާވައިދޫ އިން މީހުން ބަދަލުކޮށްފައިވެ އެވެ. އެ ތިން ރަށު މީހުން އޭރު ބަދަލުކޮށްފައިވަނީ އެ އަތޮޅު ހަނިމާދޫ އަދި ނޮޅިވަރަންފަރަށެވެ.
ކ. މާލެ ކިޔުން ގާނޫނުއަސާސީއާ ހިލާފް: މިނިސްޓަރު
ބިނާވެށި ގާނޫނަށް ކައުންސިލްތަކުގެ ޖަމިއްޔާ ދެކޮޅު
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ
ތޮއްޑޫ ކައުންސިލުން ޓީއެލްއޭސީއަށް ވެހިކަލް ހަދިޔާކޮށްފި
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
މާޅޮހު ކައުންސިލުން ބައި މިލިއަނެއްހާ ރުފިޔާ ގެއްލިއްޖެ
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ހިރިމަރަދޫން މީހުން ބަަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ
ހިރިމަރަދޫގައި ދިރުމެއް ނެތް، ތުލުސްދޫ ކެތްމަދުވެފައި!