Roadha Mihaaru
އެމެރިކާ އާއި ޔޫކޭގެ ޖާސޫސީ ވެރިންގެ އިންޒާރެއް!

އެމެރިކާ އާއި ޔޫކޭގެ ޖާސޫސީ ވެރިން ވިދާޅުވަނީ "ވޯލްޑް އޯޑާ" އޮތީ ނުރައްކަލުގައި ކަމަށް

08 ސެޕްޓެމްބަރ 2024

ފިިނި ހަނގުރާމައަށް ފަހު "ވޯލްޑް އޯޑާ" މިހާ ބޮޑަށް ނުރައްކަލަށް ހުށަހެޅުނު ދުވަސްވަރެއް ތާރީހު ދެކެފައި ނުވާ ކަމަށް ވިދާުޅުވެ ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް އާއި އިނގިރޭސިވިލާތުގެ އެމްއައި6 ގެ ވެރިޔާ ރިޗަޑް މޫރް އިންޒާރު ދެއްވައިފި އެވެ.

ފިިނި ހަނގުރާމައަށް ފަހު "ވޯލްޑް އޯޑާ" މިހާ ބޮޑަށް ނުރައްކަލަށް ހުށަހެޅުނު ދުވަސްވަރެއް ތާރީހު ދެކެފައި ނުވާ ކަމަށް ވިދާުޅުވެ ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް އާއި އިނގިރޭސިވިލާތުގެ އެމްއައި6 ގެ ވެރިޔާ ރިޗަޑް މޫރް އިންޒާރު ދެއްވައިފި އެވެ.

އިއްޔެ ޝާއިއުކުރި ފައިނޭންޝަލް ޓައިމްސްގެ އޮޕް-އެޑެއްގައި އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ޖާސޫސީ އިދާރާގެ ވެރިން ވިދާޅުވީ އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރުކުރާ ނުވަތަ އިހުތިރާމްކުރާ އެކުވެރި ގައުމުތައް މިހާރު ނެތް ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ކުރިމަތިވާނެ ނުރައްކާތައް ބޮޑުވާނެތީ މިއީ އޮންނަންޖެހޭ ގުޅުމެއް ކަމަށާއި އެ އިތުބާރާއި އިހުތިރާމް [ގައުމުތަކުގެ މެދުގައި] އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. މި ނުރައްކާ ބޮޑުވާނީ ޗައިނާ އާއި ރަޝިޔާ އަދި މެދުއިރުމަތީގެ ސަބަބުން ކަމަށް އެ ދެ ބޭފުޅުން ލިޔުއްވާފައިވެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު ޔުކްރެއިނަށް މާލީ އަދި އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީވާ ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ. ޖާސޫސީ ވެރިން ވިދާޅުވީ މިގޮތުގައި ދެމިތިބެންޖެހޭ ސަބަބުތައް ކުރިއަށްވުރެ މިހާރު ގިނަވެފައި މުހިންމުވެއްޖެ ކަމަށެވެ.

"ރަޝިޔާގެ ޖާސޫސީ އިދާރާތަކުން މުޅި ޔޫރަޕް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލަން ހިންގާ ކެމްޕޭނަށް ހުރަސް އެޅުމަށް އަޅުގަނޑުމެން ގުޅިގެން މަސައްކަތް މި ދަނީ ކުރަމުން."

އަދި މިހާރު އެއްކުރާ ގިނަ އަދަދެއްގެ ޑޭޓާގެ ބޭނުން ހިފުމަށް ޒަމާނީ އޭއައި އާއި ކްލައުޑް ޓެކްނޮލޮޖީތައް ބޭނުން ކުރަމުންދާ ގޮތް ވެސް މި ބޭފުޅުން ހިއްސާކުރައްވާފައިވެ އެވެ.

ދެ ބޭފުޅުން ލިޔުން ޝާއިއުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއިރް ސްޓާމާ މި މަހުގެ 13 ވަނަ ދުވަހު ވޮޝިންޓަނަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ. އިނގިރޭސި ވިލާތާއި އެމެރިކާގެ ވެރިން ބައްދަލުކުރައްވައި ޣައްޒާ އަދި ޔުކްރެއިންގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ކަންކަމަކީ ވަކިން ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވެ، ބާންސް ވަނީ މި ލިޔުން ޝާއިއުކުރި ފަހުން ލަންޑަނުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަފައިވަ އެވެ. އޭނާ ވިދާޅުވީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އޮނިގަނޑެއް އެކުލަވާލައި އެކަމަށް ދެ ފަރާތުން އެއްބަސްކުރުވަން އޭނާ މިސްރާއި ގަތަރުގެ މެދުވެރިންނާ އެކު "ބުރަ މަސައްކަތްތަކެއް" ކުރައްވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮޕޯސަލް އިތުރަށް ތަފްސީލީކޮށް ހުށަހަޅާނަން،" ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނެ ކަމުގެ އުންމީދު ފާޅުކުރައްވަމުން އޭނާ އިތުރަށް ވިދާޅުވި އެވެ.