ފީފާ ރޭންކިންގެ އެންމެ ފުލުގައި، 210 ވަނައިގައި އޮތް ގައުމު ކަމަށްވާ ސެން މެރީނޯ އިން ވާދަވެރި މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.
ފީފާ ރޭންކިންގެ އެންމެ ފުލުގައި، 210 ވަނައިގައި އޮތް ގައުމު ކަމަށްވާ ސެން މެރީނޯ އިން ވާދަވެރި މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.
އިޓަލީއާ ޖެހިގެން އޮންނަ 30،000 މީހުންގެ އާބާދީއެއް އޮންނަ ސެން މެރީނޯ އިން މި ތާރީހީ މޮޅު ހޯދީީ ޔުއެފާ ނޭޝަންސް ލީގުގެ ހަތަރު ވަނަ ޑިވިޝަނުގައި ރޭ ލިކްޓަންސްޓައިން އަތުން 1-0 އިންނެވެ.
ވާދަވެރި ނޫން މެޗުތައް ހިމަނައިގެން ބަލާ ނަމަ ސެން މެރީނޯ އެންމެ ފަހުން މޮޅުވީ ވެސް ލިކްޓަންސްޓައިން އަތުން އެކުވެރިކަމުގެ މެޗެއްގައި 2004 ގަ އެވެ. އެހެންވެ މިއީ ސެން މެރީނޯ އަށް 20 އަހަރު ތެރޭ މޮޅެއް ހޯދުނު ފުރަރަމަ ފަހަރެވެ.
ލިކްޓަންސްޓައިން އަކީ ވެސް ރޭންކިންގެ 199 ވަނައިގައި އޮތް، ފުޓްބޯޅައިގައި ވަރަށް އާދައިގެ ގައުމެކެވެ. އާބާދީ އަށް ބަލާއިރު އެއީ ސެން މެރީނޯއާ ދާދި އެއްވަރުގެ ގައުމެކެވެ.
ސެން މެރީނޯގައި ކުޅުނު މެޗުގެ ފުރަތަމަ ހަފުގައި ލިކްޓަންސްޓައިން އިން ލީޑު ނެގި ނަމަވެސް އެ ގޯލު އޮފްސައިޑް ކަމަށް ބުނެ ރެފްރީ ބަލައިނުގަތެވެ. ސެން މެރީނޯ އިން ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގައި ކުޅޭ ނިކޯ ސެންސޮލީ އެވެ. ސެން މެރީނޯ އިން އެންމެ ފަހުން މޮޅެއް ހޯދިއިރު، އުމުރުން 19 އަހަރުގެ މި ކުޅުންތެރިޔާ އުފަން ވެސް ނުވެ އެވެ.
މި ދެ ޓީމުގެ އިތުރުން މި ގްރޫޕުގައި އޮތީ ޖިބްރޯލްޓާ އެވެ. ކޮންމެ ޓީމެއް ލީގު އުސޫލުން ދެ މެޗު ކުޅެ އެއް ވަނަ ހޯދާ ޓީމެއް ނޭޝަންސް ލީގުގެ ތިން ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ. އަދި ދެ ވަނަ ޓީމަށް ކޮލިފައިން ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.
ސެން މެރީނޯ އަކީ 210 ގައުމު ހިމެނޭ ފީފާ ރޭންކިން އަށް ބަލާއިރު ދުނިޔެ އިން ފުޓްބޯޅައިގެ އެންމެ ބަލި ޓީމެވެ. އެ ގައުމަކީ ދުނިޔޭގެ ފަސް ވަނަ އަށް އެންމެ ކުޑަ ގައުމު ވެސް މެ އެވެ.
ރެއާލުން ވަކިވާކަށް ނުނިންމަން: އަންޗެލޮޓީ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
11 އަހަރަށްފަހު ސްޕެއިން ޔޫރަޕްގެ ފުޓްބޯޅައިގެ އުހަށް
ނޭޝަންސް ލީގު ސްކޮޑަށް ލިވަޕޫލްގެ ހެންޑަސަން
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކުރާތީ ނުރުހުން
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ
ޗައިނާގައި އިމާރާތުން ވެއްޓުނު ގަބޮން ކުޅުންތެރިޔާ މަރު
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
އޯ ލެވެލްއާ ދިމާވާތީ ޒުވާން ޓީމު ބަލިކަށިކޮށް