03 ސެޕްޓެމްބަރ 2024
ޔޫރޯ މުބާރާތުގެ ތަށި ދިފާއު ނުކުރެވުމުގެ ހަނދާންތައް ފޮހެލައި، މުޅިން އާ ޓީމެއް ބިނާކުރާނެ ކަމަށް ޔުއެފާ ނޭޝަންސްގެ ލީގުގެ ފުރަތަމަ މެޗުގައި ފްރާންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަ އިޓަލީ ގައުމީ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ ބުނެފި އެވެ.
ޔޫރޯ މުބާރާތުގެ ތަށި ދިފާއު ނުކުރެވުމުގެ ހަނދާންތައް ފޮހެލައި، މުޅިން އާ ޓީމެއް ބިނާކުރާނެ ކަމަށް ޔުއެފާ ނޭޝަންސްގެ ލީގުގެ ފުރަތަމަ މެޗުގައި ފްރާންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަ އިޓަލީ ގައުމީ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ ބުނެފި އެވެ.
"ޔޫރޯގެ ނާކާމިޔާބީގެ ވާހަކަ ދައްކާއިރު ތަފްސީލުކޮށް ވިސްނާލަން ޖެހޭ. އަހަރެން ދެކޭ ގޮތުގައި އެ ނާކާމިޔާބީ ގުޅެނީ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު [ގަދަ 16 ގެ] މެޗާ،" މިދިޔަ އަހަރުގެ އޮގަސްޓް މަހު އިޓަލީގެ ކޯޗުކަމާ ހަވާލުވި ސްޕަލޭޓީ ބުންޏެވެ.
"އަހަރެން މުޅިން އާ ގުރޫޕެއް، އާ ޓީމެއް ބިނާކުރާނަން. ކުޅުންތެރިންނަށް އެހާ ޕްރެޝަރެއް ނުކުރާނަން. އަހަރެންނަށް ކުޅުންތެރިންނަށް މާ ޕްރެޝަރު ކުރެވޭހެން ހީވޭ ހަގީގަތުގައި."
އިޓަލީ ވަނީ 2023 އަދި 2021 ވަނަ އަހަރު ވެސް ނޭޝަންސް ލީގުގެ ތިން ވަނަ ހޯދައިފަ އެވެ. ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ފަށާ 2024/2025 ނޭޝަންސް ލީގުގައި އިޓަލީ ހިމެނެނީ ފްރާންސް އާއި ބެލްޖިއަމް އަދި އިޒްރޭލާ އެކު ގުރޫޕް 2 ގަ އެވެ.
އިޓަލީން 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރި ޓީމުގެ މުހިއްމު ފޯވާޑް ފެޑެރިކޯ ކިއޭސާ ވަނީ މިދިޔަ ހަފްތާ 12.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ސޮއިކޮށްފަ އެވެ. ނަމަވެސް ނޭޝަންސް ލީގުގެ ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެ އެވެ.
މިއަހަރުގެ ޔޫރޯ މުބާރާތުގައި އިޓަލީން ކުޅުނު ހަތަރު މެޗުގައި ވެސް ކިއޭސާ ކުޅެފައިވެ އެވެ. ނޭޝަންސް ލީގު ސްކޮޑުން ޖާގަ ނެތަސް، ނުކުޅޭ ގޮތަށް އިތުރު ކުޅުންތެރިއެއްގެ ގޮތުގައި ސްކޮޑާ އެކު ކިއޭސާ ގެންދަން ބޭނުންވި ނަމަވެސް އޭނާގެ އާ ކްލަބާ އެކު ކުރަންޖެހޭ ކަންކަމަށް ވަގުތުދޭން ސްޕަލޭޓީ ވަނީ އޭނާއަށް ފުރުސަތު ދީފަ އެވެ.
"އަހަރެންނަށް ހީވަނީ މިއީ ތަފާތު ކަމެއް ތަޖުރިބާ ކުރަންވީ ވަގުތު ހެން. އެއީ ބައެއް ކުޅުންތެރިން ޓީމުން ބާކީ ކުރަން ޖެހުނު ކަމުގައި ވިއަސް،" ސްޕަލޭޓީ ބުންޏެވެ.
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީގެ ވޯލްޑް ކަޕް ތަރި ސްކިލާޗީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ކަލަފިއޯރީ ރާއްޖޭގައި
ސްވިޒަލެންޑުން އިޓަލީ ކަޓުވާލައި ރަށަށް ފޮނުވާލައިފި
ސުވިސްގެ ކަންބޮޑުވުމެއް ނެތް، އިޓަލީ ޖެހިލުން ވެދާނެ
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު
ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް