01 މާޗް 2017
ކެތަރީން ހޯވާތު ދެ ފަހަރު ބަލިވެ އިނދެ ވިހޭ ދެ ދަރިން ފެނިފައި ވެސް ޑޮކްޓަރުން ތިބީ ހައިރާން ވެފަ އެވެ. ހަމާއި ލޮލުގެ ކުލައިން ފެންނަނީ މުޅިން ތަފާތު ކަމެކެވެ.
ކެތަރީން ހޯވާތު ދެ ފަހަރު ބަލިވެ އިނދެ ވިހޭ ދެ ދަރިން ފެނިފައި ވެސް ޑޮކްޓަރުން ތިބީ ހައިރާން ވެފަ އެވެ. ހަމާއި ލޮލުގެ ކުލައިން ފެންނަނީ މުޅިން ތަފާތު ކަމެކެވެ.
ފުރަތަމަ ދަރިފުޅު ޖޯނާ ހޯވާތު ވިހެއީ 2014 ގަ އެވެ. މި ކުއްޖާ ފެނިފައި ހައިރާންވާން ޖެހުނީ މި ކުއްޖާގެ ދޮން ހަންގަނޑާއި ނޫ ދެލޮލުގެ ސަބަބުންނެވެ. ކެތަރީންގެ ދެ ވަނަ ދަރިފުޅު ސޯފިއާ ވިހެއީ 2016 ގަ އެވެ. ސޯފިއާގެ ވެސް ހުރީ ދޮން ހަމަކާއި ނޫ ދެލޮލެވެ. ކެތަރީންއަކީ އިނގިރޭސި ވިލާތު މީހެއް ނަމަވެސް އޭނާއަކީ ނައިޖީރިޔާ ދަރިކޮޅުގެ، ކަޅު މީހެކެވެ.
ކެތަރީންގެ ފިރިމީހާ އަދި އޭނާގެ ދެ ދަރިންގެ ބައްޕަ ރިޗަޑް ހޯވާތު އަކީ ދޮން މީހެކެވެ. ނަމަވެސް މި ދެމަފިރިންގެ ދަރިންނަކީ ޑޮކްޓަރުންނަށް އަޖައިބެކެވެ. އާއްމުކޮށް މިކްސް-ރޭސް ނުވަތަ ދެ ނަސްލެއް އެކުވެގެން އުފަންވާ ކުދިންގެ ގައިގެ ކުލަ ހުންނަނީ މަންމަ އާއި ބައްޕަގެ ގައިގެ ކުލަ ގުޅިގެން އުފެދޭ ކުލައެއްގަ އެވެ. މިކުދިންގެ ގައިގައި ގިނަ ފަހަރަށް ހުންނަނީ ފާޑެއްގެ އަޅިކުލަ އެކެވެ.
ކެތަރީން އާއި ފިރިމީހާ އަދި އެމީހުންގެ ދެ ދަރިން
ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި ކެތަރީންގެ ކާބަފައިންގެ ތެރޭގައި ދޮން ނަސްލުގެ މީހަކު ހުންނާނެ އެވެ. ދޮން ހަން ހުރުމަށް މެދުވެރިވާ ޖީން ދަރިދަރިކޮޅަށް ވާރުތަވަމުން އައިސް އޭނާއަށް ވާރުތަވެ އޭނާގެ ދަރިންނަށް ވާރުތަވެފައި ވަނީ ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ. ކަޅު މީހަކާއި ދޮން މީހަކަށް، ހަމުގެ ކުލަ އަލި ދަރިން އެ ނޫން ގޮތަކުން ނުލިބޭނެކަމަށްވެ އެވެ.
ކެތަރީނަށް ވެސް ޖޯނާ ފެނުނު ފުރަތަމަ ފަހަރު ލިބުނީ ހައިރާން ކަމެވެ. އޭނާ ހީކުރީ ދަރިފުޅުގެ ހަންގަނޑަށް ކޮންމެވެސް ބައްޔެއް ޖެހިގެން އެ ކުލަ އަރާފައި އޮތީ ކަމަށެވެ.
"އަހަރެން ވަރަށް ކަންބޮޑުވެގެން ޑޮކްޓަރު ގާތު އެހިން ހުރިހާ ކަމެއް ރަނގަޅުހޭ. އެމީހުން އަލްބީނޯ ޓެސްޓެއް ވެސް އެހެންވެ ހެދި. ދޮން ނަސްލާއި ކަޅު ނަސްލުގެ ދެ މީހެއްގެ ދަރިއަކަށް ވާތީ އޭނާގެ ކުލަ ހުންނާނީ ދޭތެރެ މެދުގެ ކުލައެއްގައި ކަމަށް އަހަރެން ހީކުރީ. އެކަމަކު ކަންވީ އެހެނެއް ނޫން،" ކެތުރީން ބުންޏެވެ.
ކެތެރީން ވިއްސި ޑޮކްޓަރުންނަށް ވެސް މިފަދަ ކުއްޖެއް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ގައިގެ ކުލަ ތަފާތު ވުން ފިޔަވައި ކުއްޖާގެ ސިފަ ކެތުރީންއާ ވަރަށް ވައްތަރުކަމަށް ޑޮކްޓަރުން ވެސް ގަބޫލު ކުރެ އެވެ.
އެހެންކަމުން ކެތަރީން ވެފައި ވަނީ ދޮން ހަމެއް ހުރި ދެ ކުދިން ލިބިފައިވާ ކަޅު ނަސްލުގެ ފުރަތަމަ މަންމަ އަށެވެ.
ކެތަރީން ބުނި ގޮތުގައި އޭނާގެ ދެ ކުދިން ގޮވައިގެން މަގުމައްޗަށް ނުކުތުމުން ބައެއް މީހުން އޭނާ ހުއްޓުވާފައި ވެސް އެއީ ހަމަ އޭނާގެ ދަރިންތޯ ސުވާލު ކުރެ އެވެ.
"ލަދު ކުޑަ މަންމަ" 13 ވަނަ ދަރިއަށް ބަލިވެ
މަންމަގެ ރަހިމުގައި ފިލާ އިން ތުއްތު ކުއްޖެއް
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި
ތިނަދޫގައި ވިހެއި އެއްމާބަނޑު ދެކުދިން ނިޔާވެއްޖެ