21 އޯގަސްޓް 2024
އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ޓްރާންސްޕޯޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ޓްރާންސްޕޯޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އުޅަނދުތައް ބަދަލުކުރުމަށް ދީފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ފްލެޓްތައް ކުރިމަތީގައި އޮންނަ 40،000 އަކަފޫޓުގެ ހުސް ބިމެކެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުުހައްމަދު އަމީނާ އެ ބިމުގެ ލިއުން ހަވާލުކޮށްދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޒުލް ރަޝީދެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ހަމަޖެހިފައިވާ ބިމާއި މިނިސްޓްރީ އިން ހަވާލުވުމުގެ… pic.twitter.com/sIbczuX8z3
— Ministry of Transport and Civil Aviation (@MoTCAmv) August 21, 2024
ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި މިއަދު ބިން ހަވާލުކުރީ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށް، މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތަކާއި ހުޅުމާލޭގެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި، އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ދުއްވާ އެފަދަ އުޅަނދުތައް އެ ބިމަށް ގެންދަން ޖެހެނީ އަމިއްލަ އަށެވެ. އަދި އެތަނުގައި ބާއްވައިގެން ރަޖިސްޓަރީ ބަދަލުކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ޒޯންތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ އުޅަނދާއި ރަޖިސްޓްރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް އެތެރެކޮށްފައިވާއިރު މަގުތަކުން އެ ވެހިކަލްތައް އެ ސަރަހައްދަށް ގެންދިއުމަށް 40 ދުވަސް ދޭނެ އެވެ. އެ މުއްދަތުގައި އުޅަނދުތައް އެތަނަށް ނުގެންދާ ނަމަ، ޓޯކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ޖެޓްތަކުގެ މަންފާ ދިވެހިންނަށް ލިބޭ ގޮތަށް ހަދަނީ
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ
އެހެން ޒޯނުތަކަށް ހާއްސަކުރި ޕާކިންގައި 250 ވެހިކަލް
ޓްރާންސްޕޯޓުގެ އެއްވެސް ކަމެއްގައި އުސޫލުން ބޭރުނުވެވޭނެ
މެކޭނިކަލް ޕާކިންތައް ހުޅުމާލެ 2 އަށް ބަދަލުކުރަނީ
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް
އެހެން ޒޯނުތަކުގެ އުޅަނދު ރަޖިސްޓަރީ ކުރަން 6 މަސް