ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ މިން ހޯގެ ޑްރާމާ ސީރީޒް "ޕަޗިންކޯ"ގެ ދެވަނަ ސީޒަން އަންނަ ހުކުރު ދުވަހު ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ މިން ހޯގެ ޑްރާމާ ސީރީޒް "ޕަޗިންކޯ"ގެ ދެވަނަ ސީޒަން އަންނަ ހުކުރު ދުވަހު ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
އެޕަލް ޓީވީ ޕްލަސް އިން ގެނެސްދޭ މި ޑްރާމާގެ ދެވަނަ ސީޒަންގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
މިއީ ކޮރެއާ އަދި އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ މިން ޖިން، ލިޔެފައިވާ "ޕަޗިންކޯ" ފޮތުގެ މައްޗަށް ގެނެސްދޭ ޑްރާމާއެކެވެ. މި ޑްރާމާގެ ފުރަތަމަ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ތާރީހީ މި ޑްރާމާގައި ދައްކަނީ ކޮރެއާގެ އާއިލާއެއް ޖަޕާނަށް ބަދަލުވެ، އެތަނުގައި އުޅެން ފެށުމުން ދިމާވާ ކަންތައްތަކެކެވެ. ލޯބީގެ މި ޑްރާމާގައި ބޮޑަށް ދައްކަނީ ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަތަކެވެ. އަދި މި ޑްރާމާގައި ލީ މިން ހޯ ކުޅެފައި ވަނީ ވަރަށް މުއްސަނދި އާއިލާއަކުން އެޑޮޕްޓްކުރާ ކޮރެއާ ކުއްޖެއްގެ ރޯލެވެ.
ފުރަތަމަ ސީޒަންއާ ހިލާފަށް މި އާ ސީޒަންގައި ވަނީ ބޮޑު ކާސްޓެއް ވެސް ހިމަނައިފަ އެވެ.
އެޕަލް ޓީވީ ޕްލަސް އިން މި ޑްރާމާ ތިން ބަހަކުން ގެނެސްދޭނެ އެވެ. އެއީ ކޮރެއަން، ޖަޕަނީސް އަދި އިނގިރޭސި ބަހުންނެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހަފުތާއަކު ދެވަނަ ސީޒަންގެ އާ އެޕިސޯޑެއް ގެނެސްދޭނެ އެވެ. މި ސީޒަންގައި ޖުމްލަ އަށް އެޕިސޯޑު ގެނެސްދޭން ވަނީ ހަމަޖެހިފަ އެވެ.
ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
"ވައިޓް ލޮޓަސް 3"ގެ ރޯލަކަށް ބްލެކްޕިންކްގެ ލީސާ
އެމީ: 15 އަހަރުގެ އޯވެން ކޫޕާ ތާރީހުގެ ތެރެއަށް!
"ވެމްޕަޔާ ޑައިރީސް" ދޫކޮށްލީ މުސާރަ ކުޑަވުމުން: ނީނާ
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަން ފްރާންސްގައި
ޖަންކޫކްގެ ގެޔަށް ވަންނަ އުޅެނިކޮށް ހިފަހައްޓައިފި
"ހެރި ޕޮޓާ" ސީރީޒް 10 އަހަރަށް ދިގުދެމިގެންދާނެ
ސްޓީވެން ކޮލްބެއާގެ "ދަ ލޭޓް ޝޯ" ހުއްޓާލަނީ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ