Roadha Mihaaru
ހުޅުމާލެ 2 ގައި މެދުފަންތީގެ ތިން ހޮޓާ އަޅަނީ

ހުޅުމާލެ 2 ގައި މެދުފަންތީގެ ތިން ހޮޓާ އަޅައި ހިންގާނެ ބަޔަކު ހޯދަނީ

15 އޯގަސްޓް 2024

ހުޅުމާލެ 2 ގައި މެދުފަންތީގެ ތިން ހޮޓާ އިމާރާތްކޮށް، އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ 2 ގައި މެދުފަންތީގެ ތިން ހޮޓާ އިމާރާތްކޮށް، އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.

އެ ތިން ހޮޓާ އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލެ 2 ގެ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގަ އެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ އެ ސަރަހައްދުގައި މެދުފަންތީގެ ތިން ހޮޓާ އަޅައި އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސްކަންދޭނީ އެ ކުންފުނިން ބުނިގޮތުގައި، ލޭންޑް ލީސް މޮޑެލްއަކަށް ކަމަށް ވިޔަސް އެހެން މޮޑެލްތަކަށް ވެސް އީއޯއައިތައް ހުށަހެޅިދާނެ އެވެ.

އެޗްޑީސީން ބުނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތާ ކަމަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯޒް ކޮށްފައިވާ ބިޒްނަސް މޮޑެލް އާއި އޮޕަރޭޓަރުގެ ތަޖުރިބާ އަދި ސީއެސްއާރު ހިމެނެ އެވެ.

ހުޅުމާލޭގެ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި އިމާރާތްކުރާ ހޮޓަލެއްގެ ކުރެހުމެއް.

ހުޅުމާލޭގެ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި އިމާރާތްކުރާ ހޮޓަލެއްގެ ކުރެހުމެއް.

އާބަން އައިލްގައި ހޮޓާ އިމާރާތްކޮށް ހިންގަން ޝައުގުވެރިވާ ނަމަ އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީއޯއައި ހުށަހަޅަން އެޗްޑީސީން ވަނީ އެދިފަ އެވެ. އީއައިއޯ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް business@hdc.mv އަށެވެ.

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ކުރިން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ. ބައެއް ތަންތަން ހަދަން މިހާރު ވެސް ވަނީ ހަވާލުކޮށްފަ އެވެ.