08 އޯގަސްޓް 2024
ރާއްޖޭގެ 20 އަތޮޅަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން މިހާރު ވެސް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 20 އަތޮޅަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން މިހާރު ވެސް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމަކީ ތައުލީމީ ދާއިރާގެ ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރަން ދިވެހި ޓީޗަރުން ގިނަކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަން މި ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.
މި މަހުގެ 22 ގައި އިފުތިތާހުކުރާ އެ ޕްރޮގްރާމްގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓީޗަރުން ބޭނުންވާ އަދަދު ބެލުމެވެ. އަދި އެ ޓީޗަރުން ބޭނުންވަނީ ކޮން މާއްދާތަކަކަށް ކަން ހޯދުމެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
1. މާލެ: 252 ޓީޗަރުން.
2. ހދ. އަތޮޅު: 211 ޓީޗަރުން.
3. ހއ. އަތޮޅު: 201 ޓީޗަރުން.
4. ލ. އަތޮޅު: 170 ޓީޗަރުން.
4. ތ. އަތޮޅު: 158 ޓީޗަރުން.
5. ށ. އަތޮޅު: 142 ޓީޗަރުން.
6. ގދ. އަތޮޅު: 140 ޓީޗަރުން.
7. ރ. އަތޮޅު: 138 ޓީޗަރުން.
8. ކ. އަތޮޅު: 131 ޓީޗަރުން.
9. ބ. އަތޮޅު: 130 ޓީޗަރުން
10. ނ. އަތޮޅު: 121 ޓީޗަރުން.
11. އއ. އަތޮޅު: 112 ޓީޗަރުން.
12. އދ. އަތޮޅު: 111 ޓީޗަރުން.
13. އައްޑޫ: 93 ޓީޗަރުން.
14. ގއ. އަތޮޅު: 80 ޓީޗަރުން.
15. ފުވައްމުލަށް: 68 ޓީޗަރުން.
16. މ. އަތޮޅު: 52 ޓީޗަރުން.
17. ދ. އަތޮޅު: 44 ޓީޗަރުން.
18. ވ. އަތޮޅު: 38 ޓީޗަރުން.
19. ޅ. އަތޮޅު: 35 ޓީޗަރުން.
20. ފ. އަތޮޅު: 34 ޓީޗަރުން.
އެންމެ ގިނައިން ބޭނުންވަނީ ޕްރައިމަތީ ގްރޭޑްތަކުގެ ޓީޗަރުންނެވެ. އެއީ ޖުމްލަ 253 ޓީޗަރުންނެވެ. ޓީޗަރުން އެންމެ ގިނައިން ބޭނުންވާ މާއްދާއަކީ އިނގިރޭސި އާއި ހިސާބު މާއްދާ އެވެ. އިނގިރޭސިއަށް 208 ޓީޗަރުން ބޭނުންވާއިރު ހިސާބަށް 175 ޓީޗަރުން ބޭނުންވެ އެވެ. ކަންބޮޑުވާން ޖެހޭ ކަމަކީ ރާއްޖެއަށް ދިވެހި ޓީޗަރުންގެ ގޮތުގައި 113 ޓީޗަރުން ބޭނުންވާތީ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިނިސްޓަރު އިސްމާއިލް ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމުގެ ބިޔަ ޕްރޮގްރާމެއް ފަށަނީ ދައުލަތުގެ ބަޖެޓުން ހަރަދު ނުކޮށް، މިހާރު ލިބިފައިވާ ތިން ގްރާންޓަކުން ކަމަށެވެ. އެގޮތުން ޓީޗިން ދާއިރާއިން ކުރިއަށް ދާން ބޭނުންވެ، އޭލެވެލަށް ކިޔަވާ ކުދިންނަށް މިހާރު ދޭން ނިންމާފައިވާ 1،500ރ. އަކީ އެ ގްރާންޓުން ފެށި މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާއާ ގުޅޭ ދިވެހިންގެ އަދަދު މަދުވާ އެއް ސަބަބަކީ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުން ކަމަށް ބުނެ، ކުރީގެ ސަރުކާރުން މެއި 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި އެވެ. އޭގެ ފަހުން ވެސް ޓީޗިންގެ ދާއިރާއާ ގުޅޭ މީހުންގެ އަދަދަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ކޮލެޖު/ޔުނިވާސިޓީތަކުން ވަނީ ބުނެފަ އެވެ.
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
"ހެއްކެއް ނެތި 300 މުވައްޒަފުންނަށް އަދަބު ދިން"
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން