Roadha Mihaaru
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!

ތައުލީމީ ދާއިރާ ރަނގަޅު ކުރަން މިލިއަން ޑޮލަރުގެ އެހީއާ އެކު ބޮޑު މަޝްރޫއެއް!

22 އޯގަސްޓް 2024

ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލައި ކަންކަން ހައްލު ކުރުމަށް 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާ އެކު ބޮޑު މަޝްރޫއެއް މިއަދު އިފުތިތާހު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލައި ކަންކަން ހައްލު ކުރުމަށް 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާ އެކު ބޮޑު މަޝްރޫއެއް މިއަދު އިފުތިތާހު ކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި "ތައުލީމަށް އިންގިލާބީ ބަދަލު" އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތައުލީމީ ތަސައްވުރުގެ ދަށުން ތައްޔާރުކޮށްފައިވާ އެ ޕްލޭން ކާމިޔާބު ކުރުމަށް ޔުނިސެފާއި ވޯލްޑް ބޭންކުން ވަނީ 9.5 މިލިއަން ޑޮލަރު ލިބިފަ އެވެ.

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު "ތައިބަ" އިފްތިހު ކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު "ތައިބަ" އިފްތިހު ކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ތައުލީމާއި ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށް އެކުލަވާލި ލަނޑުދަނޑި:

1. އެއްވެސް ދަރިވަރެއް ބާކީ ނުކޮށް، ޝާމިލް ގޮތެއްގައި ތައުލީމު ފޯރުކޮށްދިނުން.

2. އުމުރާ އެކަށީގެންވާ ވަރަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި ޓްރާންސްފަރަބަލް ހުނަރެއް އަށަގެންނެވުމާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އުނގަންނައިދިނުން ހަރުދަނާ ކުރުން.

3. އެކާވީސްވަނަ ވަނަ ގަރުނުގެ ހުނަރުތަކަށް އިސްކަންދީގެން އުނގެނުމަށް އިތުރު މަގުތައް ދަރިވަރުންނަށް ފަހިކޮށްދިނުން.

3. ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ޓީޗަރުންނަކީ ކޮންމެ ކުއްޖަކު ވެސް އުނގެނުމަށް މަގުފަހިކޮށްދޭ އަދި ހިތްވަރުދޭ ބަޔަކަށް ހެދުން.

4. ސްކޫލުގެ ވެއްޓަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުން.

"ތައުލީމަށް އިންގިލާބީ ބަދަލު" އިފްތިތާހު ކުރުމަށް ބެއްވި ރަސްމިއްޔާރު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ތައުލީމަށް އިންގިލާބީ ބަދަލު" އިފްތިތާހު ކުރުމަށް ބެއްވި ރަސްމިއްޔާރު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ކަންކަން ހާސިލް ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެ އެވެ. އެއީ:

- ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތާއި ހެކިތައް ލިބެން ހުރުން.

- ޕްލޭންތައް އެކުލަވާލުމުގައި ހަމަހަމަކަމާއި މިންތީގެ ބައިވެރިވުން ކަށަވަރުކުރުން.

- އެކި ދާއިރާތަކުގެ މެދުގައި ޝާމިލް ގޮތެއްގައި ވިލަރެސް ކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުން.

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެހީގެ ތަފުސީލް:

1. ސިސްޓަމް ޓްރާންސްޕޮމޭޝަން ގްރާންޓް (ފަސް މިލިއަން ޑޮލަރު)

މި އެހީ ބޭނުން ކުރާނީ ހާއްސަ އެހީއަށް ބޭނުންވާ އަދި އުނގެނުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ކުދިންނަށް އިސްކަންދީ، އެ ކުދިންނަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ވެއްޓެއް ގާއިމް ކުރުމަށް

އެފަދަ ކުދިން ރަސްމީ މަދަރުސީ ނިޒާމުގެ ތެރެއަށް ގެނެސް އެ ކުދިންނަށް ދާއިމީ ގޮތެއްގައި ނިޒާމީ ތައުލީމު ފޯރުކޮށްދެވޭކަން ކަށަވަރު ކުރާނެ. އުމުރާ އެކަށީގެންވާ ވަރަށް ތައުލީމު ފޯރުކޮށްދިނުމަށް ފަހު، ވަޒީފާއެއް ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު ލިބޭނެ ފަހަދަ ތައުލީމީ ނިޒާމެއް ފޯރުކޮށްދޭނެ.

2. ސިސްޓަމް ކެޕޭސިޓީ ގްރާންޓް (1.5 މިލިއަން ޑޮލަރު)

މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ތައުލީމީ ދާއިރާގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް.

އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

3. މަލްޓިޕްލަޔާ ގްރާންޓް (ތިން މިލިއަން ޑޮލަރު)

މި އެހީގައި ތައުލީމީ ނިޒާމުގެ ހުރިހާ ހަރުފަތެއްގައި ވެސް "އެވިޑެންސް ބޭސް" ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި "އެޑިޔުކޭޝަން މެނޭޖްމެންޓް ސިސްޓަމް" ހަރުދަނާ ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ.

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަނަކީ ދުނިޔޭގެ ފެންވަރުގައި ތައުލީމަށް ފަންޑު ކުރާ އެންމެ ބޮޑު އަމިއްލަ ޖަމާއަތެވެ. މި އަހަރުން ފެށިގެން 2026 ވަނަ އަހަރަށް ރާއްޖެއަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަންގެ ބޯޑް އޮފް ޑިރެކްޓާސްގެ މެމްބަރެކެވެ.

ރާއްޖެ ހިމެނޭ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން އެ ސަރަހައްދުގެ ގައުމުތައް ތަމްސީލު ކުރައްވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އެވެ.