07 އޯގަސްޓް 2024
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްގެން ފެނަކައިން ވަޒީފާ ދީފައިވާ ކޮންޓްރެކްޓު މުވައްޒަފުން މި މަހުން ފެށިގެން ދޫކޮށްލަން ނިންމައިފި އެވެ.
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްގެން ފެނަކައިން ވަޒީފާ ދީފައިވާ ކޮންޓްރެކްޓު މުވައްޒަފުން މި މަހުން ފެށިގެން ދޫކޮށްލަން ނިންމައިފި އެވެ.
ފެނަކައިން މިދިޔަ ޑިސެމްބަރު މަހު ވަނީ، ކުރާނެ މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރާނެ ކަން އަންގައިފަ އެވެ.
ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ފެނަކައިގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހަދަން 731 މުވައްޒަފުން ނަގާފައިވާ ކަމަށެވެ. ނޮވެމްބަރު 17، 2023 ގައި އާ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެ މަޝްރޫއުތައް ހުއްޓިފައި އޮތަސް، އެ މުވައްޒަފުންނަށް ބަރާބަރަށް ފައިސާ ދެމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކަ އިން ބުނި ގޮތުގައި، ކޮންޓްރެކްޓް ސްޓާފުންގެ މުސާރައަށް މަހަކު 7-9 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހެ އެވެ.
ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، މިއީ ކުރެވޭނެ ވަރުގެ ހޭދައަކަށް ނުވާތީ މި މަހުން ފެށިގެން އެ މުވައްޒަފުން ދޫކޮށްލަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓާފުން ރެކްރޫޓުކޮށްގެން މިކޮޅުން ހުރިހާ ހަރަދެއް ކުރާ ގޮތަށް، މިސާލަކަށް ބުނަންޏާ، މުސާރައާ އިނާޔަތްތަކާއި ކުންފުނިން ދޭންޖެހޭ އެހެން ބެނެފިޓްތަކާ. އޭގެ ބަދަލުގައި ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މިކަން ކޮށްފިއްޔާ މާ ފައިދާ ބޮޑޭ.-- އޮފިޝަލް ވިދާޅުވި އެވެ.
ފެނަކައިން ނިންމާފައިވަނީ، ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް މުވައްޒަފުން ނެގުމުގެ ބަދަލުގައި އެ މަސައްކަތްތަކަށް ބަޔަކު ހޯދައިގެން ކުރާށެވެ. ބައެއް ޕްރޮޖެކްޓުތައް ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގަައި ޕްރޮޖޮކްޓުތައް ހިންގަނީ ނިންމާނެ ތާރީހާއި ބަޖެޓެއް ހަދައިގެންނެވެ. އެކަމަކު، ފައިސާ ނެތުމުން އެ ގޮތަށް މުވައްޒަފުން ނެގުން ހުއްޓާލީ ކަމަށް ވިދާޅުވި އެވެ.
"ސްޓާފުން ރެކްރޫޓުކޮށްގެން މިކޮޅުން ހުރިހާ ހަރަދެއް ކުރާ ގޮތަށް، މިސާލަކަށް ބުނަންޏާ، މުސާރައާ އިނާޔަތްތަކާއި ކުންފުނިން ދޭންޖެހޭ އެހެން ބެނެފިޓްތަކާ. އޭގެ ބަދަލުގައި ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މިކަން ކޮށްފިއްޔާ މާ ފައިދާ ބޮޑޭ." އޮފިޝަލް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ކުރިން 99 ޕަސެންޓް ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި. އަޅުގަނޑުމެން ކުރި ކަމަކީ އެ ޕްރޮޖެކްޓުތައް އަލުން ފެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކެއް މި ގެނައީ. ހުއްޓިފައި ހުރި ހުރިހާ ޕްރޮޖެކްޓުތަކުގެ ސްޓާފުން ދޫކޮށްލަނީ."
ފެނަކައިން ބުނީ މަޝްރޫއުތައް ހިންގަން ބޭނުންވާ ވަސީލަތްތައް އެ ކުންފުނީގައި ނެތް ކަމަށެވެ. އެހެންވެ، މަޝްރޫއުތައް ކުރިއަށްގެންދިޔައީ މެޝިންތައް ކުއްޔަށް ނަގައިގެންނެވެ. އެކަމަކު، އެ ސާމާނުގެ ކުއްޔަށް ފައިސާ ނުދީގެން ބައެއް ކުންފުނިތަކުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.
ފެނަކައިގެ ޗެއާމަނާއި ބޯޑުގެ ދެ މެންބަރަކު ވަކިކޮށްފި
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
ބީއެމްއެލްގެ ޗެއާމަން ކަމަށް އަހުމަދު އައްޔަންކުރަނީ
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި
ފެން ޕްލާންޓް ހޯދީ އުސޫލުތަކުގެ ތެރެއިން: ފެނަކަ
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
ފެނަކައިން މިހާތަނަށް 800 މިލިއަން ރުފިޔާ ދައްކައިފި
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
ސްމާޓް މީޓަރުން ކަރަންޓު އިގްތިސާދުކުރެވޭނެ: މުއާޒް