Roadha Mihaaru
9/11 ގެ މޭސްތިރިޔާއާ އެކު އިއުތިރާފް އެއްބަސްވުމެއް

ސެޕްޓެމްބަރު 11 ގެ ހަމަލާ ރޭވިކަމަށް ބުނާ މީހާއާ އެކު އެމެރިކާއިން އިއުތިރާފް އެއްބަސްވުމެއް

02 އޯގަސްޓް 2024

ފަހުގެ ތާރީހުގައި އެމެރިކާގައި ދިން އެންމެ ނުރައްކާތެރި ހަމަލާގެ މޭސްތިރިޔާ ކަމަށް ތުހުމަތުކުރާ ޚާލިދު ޝައިޚް މުހައްމަދާ އެކު އެމެރިކާގެ ޕްރޮސިކިއުޓަރުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

ފަހުގެ ތާރީހުގައި އެމެރިކާގައި ދިން އެންމެ ނުރައްކާތެރި ހަމަލާގެ މޭސްތިރިޔާ ކަމަށް ތުހުމަތުކުރާ ޚާލިދު ޝައިޚް މުހައްމަދާ އެކު އެމެރިކާގެ ޕްރޮސިކިއުޓަރުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ސެޕްޓެމްބަރު 11، 2009 ގައި ދިން ހަމަލާއާ ގުޅގެން ޚާލިދު ކުށަށް އިއުތިރާފްވެ އޭނާގެ މައްޗަށް މަރުގެ ހުކުމެއް ނާންނާނެ ގޮތަށް ހެދި އެއްބަސްވުމެކެވެ.

ޚާލިދާއި އިތުރު ދެ ބައިވެރިޔަކާ އެކު މި އެއްބަސްވުންތައް ހަދާފައި ވާއިރު، ޝަރީއަތުގެ ކުރީގެ މަރުހަލާ ވެސް އެކި ސަބަބުތަކާ ހުރެ ނުނިމި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. މިހާ ދިގު މުއްދަތެއް ހޭދަވެގެން ދިޔައިރު ވެސް، ތުހުމަތުކުރެވޭ މީހުން ބަންދުކޮށްފައި ތިބީ ޓެރަރިޒަމްގެ ތުހުމަތަށް އެމެރިކާއިން ހައްޔަރުކުރާ މީހުން ގެންގުޅޭ ގުއަންޓަނަމޯ ބޭ ޖަލުގަ އެވެ.

"ޝަރީއަތުގެ ކުރީގެ މަރުހަލާއާ ގުޅޭ ގޮތުން ހެދި މި އިއުތިރާފް އެއްބަސްވުންތަކުގެ ތަފްސީލެއް އަދި އާންމުންނަށް ދެވޭކަށް ނެތް،" ޕެންޓަގަން އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާލިދާއި ވަލީދު ބިން އާތާޝް އާއި މުސްތަފާ އަލް ހަވްސާވީ ކުށަށް އިއުތިރާފްވާން ނިންމީ މަރަން ހުކުމްކުރުމުގެ ބަދަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

މިދިޔަ އަހަރު ވެސް މިފަދަ އެއްބަސްވުމެއް ހެދުމާ ގުޅޭ ހުށަހެޅުމެއް ޕްރޮސިކިއުޓަރުން ހުށަހެޅި އެވެ. އެކަމަކު ހަމަލާގައި މަރުވި ތިން ހާހެއްހާ މީހުންގެ އާއިލާތަކުގެ މެދުގައި މިކަމުގައި ހިޔާލް ތަފާތުވި އެވެ. -- އޭއެފްޕީ