Roadha Mihaaru
ރައީސް ބުޝްގެ ރީތި ކުރެހުންތަކެއް

ޕޯޓްރެއިޓްސް އޮފް ކަރެޖް: ރައީސް ބުޝްގެ ރީތި ކުރެހުންތަކެއް

06 މާޗް 2017

އެމެރިކާގެ ތާރީހުގައި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިނީ ރައީސް ޖޯޖް ޑަބްލިއުޝް ބުޝްގެ ވެރިކަމުގަ އެވެ. ނިއު ޔޯކްގެ ޓްވިންޓަރު ގޮއްވާލައިގެން ދިން ހަމަލާގައި އެތައް ބަޔަކު މަރުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ތާރީހުގައި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިނީ ރައީސް ޖޯޖް ޑަބްލިއުޝް ބުޝްގެ ވެރިކަމުގަ އެވެ. ނިއު ޔޯކްގެ ޓްވިންޓަރު ގޮއްވާލައިގެން ދިން ހަމަލާގައި އެތައް ބަޔަކު މަރުވި އެވެ.

ގައުމަށްޓަކައި އެ ދުވަހު އެތައް ބައެއްގެ ފުރާނަ ދުއްވާލި ކަމާއި އެ މީހުންގެ ހަނދާންތައް ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމުގެ މެސެޖާ އެކު ބުޝް ވަނީ އަމިއްލަފުޅު ހުނަރުން ތަފާތު މަންޒަރުތަކެއް ކުރައްސަވައިފަ އެވެ. ބުޝް އަކީ ކުރެއްސެވުމަށް މޮޅު ބޭފުޅެކެވެ.

މިއީ ބުޝްގެ އޮއިލް ޕެންޓިންތަކާ އެކު އެކުލަވާލައިފައިވާ ފޮތެކެވެ. ބާޒާރަށް މިހާރު ނެރެފައިވާ ފޮތުގެ ނަމަކީ "ޕޯޓްރެއިޓްސް އޮފް ކަރެޖް" އެވެ. ފޮތުގެ އަގަކީ 35 ޑޮލަރެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ ގައުމީ ބަތަލުންގެ ހަނދާންތައް އާކޮށް، އެ މީހުންވި ގުރުބާނީގެ މަތިން ހަނދާންކޮށް، އާއިލާތަކަށް ވެސް ހިތްވަރުދީ، އަގު ވަޒަންކުރުން ކަމަށް ބުޝް ވިދާޅުވި އެވެ.

ބުޝްގެ ފޮތާ ބެހޭ ގޮތުން ބުޝް ސެންޓަރުންކޮށްފައިވާ ޓްވީޓެއް.

ސެޕްޓެމްބަރު 11، 2001 ގެ ހަމަލާގައި މަރުވި 66 މީހެއްގެ ތަސްވީރު ކުރަހައި އެ މީހުންގެ ބެހޭ މައުލޫމާތު ފޮތުގައި ހިމަނާފައިވެ އެވެ.

"ޕޯޓްރެއިޓްސް އޮފް ކަރެޖް" ގައި ބުޝްގެ އަނބިކަލުން ލައުޝާ ބުޝްގެ ހާއްސަ ބަސްކޮޅެއް ވެސް ހިމަނާފައިވެ އެވެ. މި ފޮތް ވިއްކައިގެން ލިބޭ ފައިސާ ބުޝް ހަދިޔާ ކުރާނީ ބުޝްގެ މިލިޓަރީ ސާވިސް އިނިޝިއޭޓިވްއަށެވެ.