އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުން ނިކުމެ އެ ހޮސްޕިޓަލް ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.
27 ޖުލައި 2024
އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުން ނިކުމެ އެ ހޮސްޕިޓަލް ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ހަރަކާތަކީ އެ ހޮސްޕިޓަލުގެ މުވައްޒަފުން އިސްވެ، ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ހަލީމް ވިދާޅުވީ އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކު ގަވާއިދުން ސާފު ކުރަމުންދާ ހޮސްޕިޓަލަކަށް ވިޔަސް އެކި ޑިޕާޓްމަންޓުތަކާއި ކޮމަން އޭރިއާގައި ވެސް ސާފުކުރަން ޖެހޭ ތަންތަން ހުންނަ ކަމަށެވެ. އެހެންވެ، ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުން ނިކުމެ އެ މަސައްކަތް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުން ނިކުމެ އައިޖީއެމްއެޗު ސާފުކުރަނީ.
"ހޮސްޕިޓަލަކީ އަބަދުވެސް ސާފުތާހިރުކޮށް ބާއްވަން ޖެހޭ ތަނަކަށްވާތީ، ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ސާފު ތަނަކަށް ހޮސްޕިޓަލު ވާން މިޖެހެނީ،" ހަލީމް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ މުވައްޒަފުން އެ ހޮސްޕިޓަލު ސާފުކުރުމުގެ މަސައްކަތް ކުރަނީ.
"އެހެންވީމަ މުވައްޒަފުން އިސްނަގައިގެން ވަރަށް ކޯޑިނޭޓެޑް އެފޮޓެއް ލައިގެން ބޮޑު އިވެންޓެއް ގޮތަށް ކްލީނިން ޑޭއެއް ފާހަގަ ކޮށްލީ."
ހަލީމް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގެ ދަށުން ހިންގަމުންދާ ވިލިމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ވަނީ މިއަދު އެ ހޮސްޕިޓަލުގެ އެތެރެ ސާފުކުރުމުގެ މަސައްކަތްކޮށްފަ އެވެ.
ވިލިމާލޭ ހޮސްޕިޓަލު ސާފުކުރުމުގެ މަސައްކަތް ކުރަނީ.
އެ މަސައްކަތުން ދައްކުވައިދެނީ މުވައްޒަފުންގެ ހިތުގައި ހޮސްޕިޓަލަށް އޮތް ލޯތްބާއި އިސްކަން ކަމަށް ހަލީމް ވިދާޅުވި އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ތަންތަން ސާފުކުރުމުގެ އިތުރުން ބޭރު ފާރުގައި ކުލަލުމުގެ މަސައްކަތް ވެސް މުވައްޒަފުން ކުރާ ތަން ފެނެ އެވެ.
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
އައިޖީއެމްއެޗުގެ އައިނު ފިހާރަ ކިޔޫގައި 1267 މީހުން
ސަރުކާރުގެ އައިނު ފިހާރައިން 100 އެއްހާ އައިނު
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗްގައި ލޭގެ ބަލިތަކަށް ފަރުވާ ދޭން ފަށަނީ
އައިޖީއެމްއެޗުގައި އާ ހިދުމަތްތަކެއް މި އަހަރު ފަށަނީ
ލޯބިން ކިޑްނީއެއް ހަދިޔާކުރަން ކެރިދާނެ؟
ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަކަލާއެކު އެމްއޯޔޫއެއް
އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ