Roadha Mihaaru
ލައިސަންސް ޓެސްޓް ހެދުމުގެ އުސޫލު ބަދަލުކުރަނީ

ލައިސަންސް ޓެސްޓް ހެދުމުގެ އުސޫލު ބަދަލުކޮށް، ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީ ބަދަލުކުރަނީ

25 ޖުލައި 2024

ޑްރައިވިން ލައިސަންސް ޓެސްޓް ހެދުމުގެ ނިޒާމު ބަދަލުކޮށް، އެއްގަމު އުޅަނދުތަކުގެ ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޑްރައިވިން ލައިސަންސް ޓެސްޓް ހެދުމުގެ ނިޒާމު ބަދަލުކޮށް، އެއްގަމު އުޅަނދުތަކުގެ ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގައި ވާ ގޮތުން މިނިސްޓްރީން ލައިސަންސް ދޫކުރަމުން ގެންދާ އުސޫލުތައް މުރާޖާކޮށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

އެގޮތުން ތިއަރީ ޓެސްޓް ދިނުމުގައި ކޮމްޕިއުޓަރައިޒްޑް ރައްކާތެރި ސުވާލު ލިސްޓެއްގެ ތެރެއިން ތިއަރީ ޓެސްޓު ދެވެނެ ނިޒާމަކަށް ބަދަލު ކުރުމާއި ފަރިތަކުރަން ޓެސްޓު ހެދުން ހަރުދަނާ ކުރުން ހިމެނެ އެވެ.

އެގޮތުން ފަރިތަކުރަން ހަދާ ޓެސްޓު ފުލުހުންގެ ބެލުމުގެ ދަށުން ނުވަތަ އެކަމުގެ ހަރުދަނާ ސިސްޓަމެއް ގާއިމްކޮށްފައިވާ ބައެއްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ މިވަގުތު ހާލަތައް ބަލާއިރު ގެންނަންޖެހޭ ބަދަލެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެއްގަމު އުޅަނދުތަކުގެ ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީ ބަދަލުކޮށް، އެ ޕޮލިސީގެ ދަށުން ދެވޭ ކަވަރޭޖަށް ބަދަލު ގެންނާނެ ކަމަށް ވެސް އެ ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ލައިސަންސް ނެގުމަށް ޓެސްޓު ހެދުން މިހާރު ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީންނާއި މިނިސްޓްރީން ހުއްދަ ދީފައިވާ ރަށްރަށު ކައުންސިލް ތަކުންނެވެ. މާލެ ސަރަހައްދުގައި މިހާރު ލައިސަންސްގެ ފަރިތަކުރުމާއި ޑްރައިވިން ޓެސްޓް ހެދުން ކުރިއަށް ގެންދަނީ ހުޅުމާލޭގަ އެވެ.