26 ފެބުރުއަރީ 2017
އަންނަ އޭޕްރީލް 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރާ ގުޅިގެން އަދި ރައްޔިތުންނަށް އިޚުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމަށް މުރާލި ކަމާއެކު މަސައްކަތް ކުރާނެ މީހުން ހޮވައި ދިނުމަށް، މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ ހިތާބުގައި ހޯމް މިނިސްޓަރު އަދި ލޯކަލް ގަމަވަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަޒްލީން އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.
އަންނަ އޭޕްރީލް 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރާ ގުޅިގެން އަދި ރައްޔިތުންނަށް އިޚުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމަށް މުރާލި ކަމާއެކު މަސައްކަތް ކުރާނެ މީހުން ހޮވައި ދިނުމަށް، މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ ހިތާބުގައި ހޯމް މިނިސްޓަރު އަދި ލޯކަލް ގަމަވަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަޒްލީން އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މީހުން ކައުންސިލްތަކަށް ހޮވަން ޖެހެނީ ކައުންސިލްތަކުގެ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކަމަށެވެ.
އަޒްލީން ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ފެށުމަކީ ގާނޫނީ ހަޔާތަށް އައި މުހިންމު ބަދަލެކެވެ. އަދި އެއީ ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބަސް ކޮންމެ ދުވަހަކު ވެސް ލިބިގަތުމަށް ކޮށުނު މުހިންމު މަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޓީ ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ދެވޭ ހިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރުތީބު ކުރުމަށް ލިބުނު ގާނޫނީ ފުރުސަތެކެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާ އެކު ޖަވާބުދާރީވުމުގެ އުސޫލުގެ މަތިން ހެޔޮގޮތުގައި ކުރުމަށް ލޮބުވެތި އެންމެހައި ކައުންސިލަރުންނަށް އިލްތިމާސް ކުރަމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ހިދުމަތް ދޭ ސަރުކާރުގެ މުހިންމު ފަށަލަ އެކެވެ. އެހެންވެ ކައުންސިލްތަކުގެ އެންމެ މުހިންމު އެއް ދައުރަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަމަހަމަކަމާ އެކު، އެ މީހުން އެދޭ ގޮތަށް ބައްޓަން ކުރުމަށް މަސައްކަތް ކުރުން ކަމަށް އަޒްލީން ވިދާޅުވި އެވެ.
"މި މަގަށް ބައްޓަން ކުރެވޭނީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކޮށްގެންނެވެ. ކައުންސިލްތަކުގެ ނިންމުންތަކާއި އަމަލީ މަސައްކަތްތައް ތަންފީޒު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެންނެވެ. ޖަވާބުދާރީވާ ޒިންމާދާރު ކައުންސިލަކަށް ވެވޭނީ އޭރުންނެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި ލާމަރުކަޒީ ނިޒާމު ބައްޓަން ކޮށްފައި ވަނީ ތަފާތު މަރުހަލާތައް ކަޑައްތު ކޮށް އަދި ތަޖުރިބާތަކުގެ އަލީގައި ކަމަށް ވިޔަސް ރާއްޖޭގެ ހާލަތު ތަފާތު ކަމަށެވެ. އޭގެ ނަތީޖާ އަކީ ލާމަރުކަޒީ ނިޒާމު ހިންގުމަށް ގޮންޖެހުންތައް ކުރިމަތިވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިފަދަ ނިޒާމެއް ތަރުތީބު ކުރުމުގައި ކުރިން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ކުރަން މި ޖެހުނީ ލާމަރުކަޒީ އުސޫލުން ހިންގުން ބަދަލުކުރުމަށް ފަހުގަ އެވެ. މިހެން ވުމުން ކަންކަން ކުރުމުގައި ހުންނަންވީ ހިމުން ކަމާއި ފުރިހަމަކަން ނުހުންނަކަން ލާމަރުކަޒީ މި ނިޒާމުގެ ހިންގުމުގެތެރެއިން މިދަނީ ކުރެވެމުންނެވެ. އެހެންކަމުން އަޅުގަނޑުމެން މުހިންމު އިސްކަމެއް ދީގެން މިކުރާ މަސައްކަތަކީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ގެންނަންޖެހޭ ހިމުންކަމާއި ފުރިހަމަކަން ގެނައުމުގެ މަސައްކަތެވެ. މިގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ފާއިތުވި އަހަރުތަކުފައި ވަނީ ކުރެވިފަ އެވެ،" އަޒްލީން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރި އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ކައުންސިލްތައް އެއް ވިއުގައަކުން ގުޅައިލުމެވެ. އަޒްލީން ވިދާޅުވީ 2011 ގައި ކައުންސިލްތައް އުފެއްދުމާ އެކު، ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ކައުންސިލްތައް އިލެކްޓްރޯނިކް ވިއުގައަކުން މިހާރު ގުޅާލާފައި ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިސްޓަމް އެޕްލިކޭޝަންތައް އުފެއްދުން ކަމަށް އަޒްލީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ ކައުންސިލްތަކުން ކުރާ އިދާރީ ގިނަ މަސައްކަތްކާއި ފައިސާގެ މުއާމަލާތްތަކާއި ބަލަހައްޓަންޖެހޭ ދަފްތަރުތައް ބެލެހެއްޓުމާއި ޕްރޮޖެކްޓްތަކާއި ކައުންސިލްގެ މަސައްކަތްތައް މޮނީޓަކޮށް ބެލެހެއްޓުމުގެ އެޕްލިކޭޝަންތައް ހިނގަމުން މިދާ 2017 ވަނަ އަހަރުގެ ތެރޭގައި އަމަލީ ގޮތުން ކާމިޔާބު ކަމާއެކު ބޭނުންކުރަން ފެށޭނެ ކަމަށެވެ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތައް އެއްގޮތްކޮށް، ޒަމާނުއްސުރެ ރަށްރަށުގައި ދެމުން އައި ހިދުމަތްތައް ވެސް ލިސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެ ހިދުމަތް ދޭން އުސޫލެއް ނުވަތަ ކައުންސިލްތަކުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތައް އާންމުކޮށްފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ ހިންގުމަށްޓަކައި އަލަށް އެކުލަވައިލަންޖެހޭ އުސޫލުތައް ނިންމައި އެއަށް އަމަލުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލް އިދާރާތަކުގައި ފައިސާގެ ކަންކަން ބަލަހައްޓާ މުވައްޒަފުންނަށް ފަންނީ ތަމްރީން ދިނުމާއި އިންޓާންޝިޕް ސްޓާފް އެކްސްޗޭންޖް ޕްރޮގްރާމްގެ ތެރެއިން އެ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
ވަގުތީ ކައުންސިލްގެ ބާރު ބޭނުންކުރަން ޚާއްސަ އުސޫލެއް
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ
ގއ. އަތޮޅު ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް
އެލްޖީއޭގެ ނައިބު ރައީސަކަށް މިންނާ އިންތިޚާބުކޮށްފި
އާ ކައުންސިލްތަކާ ދެމެދު ވެސް ސިޔާސީ "ބޮޑު ފާރު"
ބާރެއް ނެތް، މެޖޯރިޓީ ލިބިގެން ކަމެއް ވާނެތަ؟
"އިންތިހާބަށް ފުލުހުން ވަނީ ފުރިހަމައަށް ތައްޔާރުވެފަ"
ކައުންސިލަރުންގެ ޝަރުތު ލުއިކުރި އިސްލާހު ތަސްދީގުކޮށްފި