އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުގައި ކާނާ ވިހަވެގެން ހާލު ސީރިއަސްވި ދެ މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
19 ޖުލައި 2024
އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުގައި ކާނާ ވިހަވެގެން ހާލު ސީރިއަސްވި ދެ މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދިން ދެ ދަރިވަރުންގެ ތެރެއިން އެކަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"ދެ ދަރިވަރުންގެ ހާލު ވެސް އަންނަނީ ރަނގަޅުވަމުން،" ފުލުހުން ބުންޏެވެ.
ސ. ހިތަދޫގައި ހިންގާ ޕޮލިސް ކޮލެޖުގެ ތަމްރީނަށް ދިޔަ ފުލުހުންގެ ތެރެއިން 32 މީހަކު ކާނާ ވިހަވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. އޭގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ފަރުވާދިނެވެ.
ކާނާ ވިހަވީ ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންތަކެކެވެ.
އެނގިފައިވާ ގޮތުގައި ޕޮލިސް ކޮލެޖުގައި ކޭޓަރިންގެ ހިދުމަތް ދެނީ ބެސްޓް ސިލެކްޝަން ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ދަށުން މާލެ އާއި އައްޑޫގައި ވެސް ރެސްޓޯރަންޓުތައް ހިންގަ އެވެ. އަދި ކޭޓަރިންގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.
އައިސީޔޫގައި މިހާރު ފަރުވާދެނީ ދެ ފުލުހަކަށް
ޕޮލިސް ކޮލެޖުގެ ފަސް ދަރިވަރަކު އައިސީޔޫގައި
އައްޑޫ ބްރިޖްގައި އެކްސިޑެންޓެއް، އެކަކަށް ފަރުވާދެނީ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
އަލަށް ގުޅުނު ފުލުހުންގެ އަސާސީ ތަމްރީނު ފަށައިފި
ސީޕީ އެދިވަޑައިގަތީ ފުލުހުންގެ އަހުލާގު ހިފަހަައްޓަން!
ޕޮލިސް އެކަޑަމީގެ މަރާމާތަށް 8.5 މިލިއަން ދީފި
ނުތާހިރު ތަނަކުން 15 ބިދޭސީން ހިފަހައްޓައިފި
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި