ހިދުމަތާ އަލަށް ގުޅުނު 200 އަށް ވުރެ ގިނަ ފުލުހުންގެ އަސާސީ ތަމްރީނު މިއަދު ފަށައިފި އެވެ.
19 ޖެނުއަރީ 2025
ހިދުމަތާ އަލަށް ގުޅުނު 200 އަށް ވުރެ ގިނަ ފުލުހުންގެ އަސާސީ ތަމްރީނު މިއަދު ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އައްޑޫ އެކަޑެމީގައި ހިންގާ ތިން މަސް ދުވަހުގެ ތަމްރީނުގައި 210 ފުލުހުން ބައިވެރިވާ ކަމަށެވެ. އެއީ 162 ފިރިހެނުންނާއި 48 އަންހެނުންނެވެ.
އެ ކޯސް ފެށުމަށް އެކަޑެމީގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ހަފުލާ ޝަރަފުވެރިި ކޮށްދެއްވީ ޕޮލިސް އެކަޑެމީގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއްރަހުމާނެވެ.
އަސާސީ ތަމްރީނަކީ ފުލުހުންގެ މަސައްކަތަށް އަލަށް ނުކުންނަ ޒުވާނުންނަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރުތައް ދަސްކޮށްދޭން ހިންގާ ކޯހެކެވެ.
އޭގެ ތެރޭގައި ފިޒިކަލް ޓްރެއިނިން އާއި ރައްކާތެރިކަމާއި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުން ހުރި ބައިތައް ކިޔަވައިދޭނެ އެވެ.
ޕޮލިސް ޓްރެއިނިންގައި ހާލު ދެރަވި މީހާ ވެންޓިލޭޓަރުގައި
ޕޮލިސް ޓްރެއިނިން ހަދަނިކޮށް ހާލު ގޯސްވެ ފަރުވާދެނީ
ސީޕީ އެދިވަޑައިގަތީ ފުލުހުންގެ އަހުލާގު ހިފަހަައްޓަން!
ޕޮލިސް އެކަޑަމީގެ މަރާމާތަށް 8.5 މިލިއަން ދީފި
ކާނާ ވިހަވެގެން ހާލު ސީރިއަސްވި މީހާ ދޫކޮށްލައިފި
ކާނާ ވިހަވެގެން ސީރިއަސްވި ދެ މީހުންގެ ހާލު ރަނގަޅު
އައިސީޔޫގައި މިހާރު ފަރުވާދެނީ ދެ ފުލުހަކަށް
ޕޮލިސް ކޮލެޖުގެ ފަސް ދަރިވަރަކު އައިސީޔޫގައި
ޕޮލިސް ދަރިވަރުންތަކެއް ހާލު ދެރަވެގެން ފަރުވާ ދެނީ
ފުލުހުން މަގުތަކުން ނުފެންނާތީ ސީޕީގެ ކަންބޮޑުވުން!