އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ހާލު ގޯސްވި ފަސް ދަރިވަރަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ފުލުހުން ބުނެފި އެވެ.
17 ޖުލައި 2024
އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ހާލު ގޯސްވި ފަސް ދަރިވަރަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފަ އެވެ.
އޭގެ އިތުރު ތަފްސީލް ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ، ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ދަރިވަރަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.
އައިސީޔޫގައި ތިބި ފަސް ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދަރިވަރުންނަކީ އަންނަ ހޮނިހިރު ދުވަހު ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންތަކެކެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ކުދިންގެ ހާލު ގޯސްވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށެވެ.
މި ކޭސްތަކާ ގުޅިގެން އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ދަރިވަރުންތަކަށް އެލާޖީ އެއް ވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް، އެލާޖިކް ވީ ކޮން އެއްޗަކަށް ކަމެއް ނޭނގޭ ކަމަށެވެ.
ކާނާ ވިހަވެގެން ސީރިއަސްވި ދެ މީހުންގެ ހާލު ރަނގަޅު
އައްޑޫ ބްރިޖްގައި އެކްސިޑެންޓެއް، އެކަކަށް ފަރުވާދެނީ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އަލަށް ގުޅުނު ފުލުހުންގެ އަސާސީ ތަމްރީނު ފަށައިފި
ސީޕީ އެދިވަޑައިގަތީ ފުލުހުންގެ އަހުލާގު ހިފަހަައްޓަން!
ޕޮލިސް އެކަޑަމީގެ މަރާމާތަށް 8.5 މިލިއަން ދީފި
އައިސީޔޫގައި މިހާރު ފަރުވާދެނީ ދެ ފުލުހަކަށް
ޕޮލިސް ދަރިވަރުންތަކެއް ހާލު ދެރަވެގެން ފަރުވާ ދެނީ
ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ
ފުލުހުން އިސްކަން ދޭންވީ އިތުބާރު ހިފަހައްޓަން: ރައީސް