Roadha Mihaaru
"ރެނާޓަސް އެރައިޒް" މިޔުޒިކް ޝޯ މިރޭ

"ރެނާޓަސް އެރައިޒް" މިޔުޒިކް ޝޯ މިރޭ؛ ޝޯ ބަލަން ހިލޭ ވަދެވޭނެ

19 ޖުލައި 2024

ރާއްޖޭގެ މަޝްހޫރު ބޭންޑުތަކާ އެކު ބާއްވާ "ރެނާޓަސް އެރައިޒް" މިޔުޒިކް ޝޯ މިރޭ އޮންނާނެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ މަޝްހޫރު ބޭންޑުތަކާ އެކު ބާއްވާ "ރެނާޓަސް އެރައިޒް" މިޔުޒިކް ޝޯ މިރޭ އޮންނާނެ އެވެ.

ސްކައިރޮކް، ރެވިއޯ، ޓްރެފިކް ޖޭމް އަދި 1438 ބޮޑުބެރު ގުރޫޕުން ޕާފޯމްކުރަން ހަމަޖެހިފައިވާ މި ޝޯ އަކީ ކޮންސްޓްރަކްޝަން ކުންފުނި "ރެނާޓަސް"އިން ބާއްވާ ޝޯ އެކެވެ.

"ތިންކް" އިން އިންތިޒާމްކޮށް މިރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޝޯ އަށް ހިލޭ ވަދެވޭނެ އެވެ.

ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސްތައް ހަދާފައިވާ "ރެނާޓަސް"އިން މިރޭ ބާއްވާ ޝޯގައި ކުންފުނީގެ އާ ޕްރޮޖެކްޓު އިއުލާނުކުރާނެ އެވެ.