ސްރީ ލަންކާގައި މި އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އެ އިންތިހާބުގައި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހާ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް ރަނިލްގެ އަރިސް ބޭފުޅަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގައި މި އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އެ އިންތިހާބުގައި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހާ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް ރަނިލްގެ އަރިސް ބޭފުޅަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ޑެޕިއުޓީ ޗެއާމަން ރުވާން ވިޖެވަރްދަނާ ނިއުސް ފަސްޓް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ބާއްވާނެކަން ކަށަވަރު ކަމަށާއި ރަނިލް، 75، ވާދަކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
"ގައުމުގެ އިގްތިސާދީ ދަތިކަން ހައްލުކުރުމުގެ އިލްމު ހުރީ އެންމެ ލީޑަރެއްގެ ކިބައިގައި. އެއީ ރަނިލް ވިކްރަމަސިންހަ. އޭނާގެ އެކަން ސާބިތުކޮށްދެއްވައިފި،" ވިޖެވަރްދަނާއާ ހަވާލާދީ ބުނެފައިވެ އެވެ.
ޖުލައި 2022 ގައި ރަނިލް ލަންކާގެ ރައީސް ކަމަށް ހަމަޖެއްސީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ އޭރު ވެރިކަމުގައި ހުންނެވި ގޮޓާބެ ރާޖަޕަކްސަ، އިގްތިސާދީ މައްސަލަތަކާ ހެދި ގައުމުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި އިސްތިއުފާ ދެއްވުމުން އޭނާގެ ދައުރުގެ ބާކީ ބައި ފުރިހަމަކުރުމަށެވެ.
ރަނިލް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވި ނަމަވެސް ސީދާ ރަނިލް އަދި މިހާ ހިސާބަށް ވެސް އިންތިހާބުގައި ވާދަކުރެއްވުމާ ބެހޭ ގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ޗެއާމަން އާރް.އެމް.އޭ.އެލް ރަތުނަޔަކަ ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރުމުގެ ގާނޫނީ ބާރު ކޮމިޝަނަށް ލިބޭނީ މި މަހުގެ 17 ގެ ފަހުން ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ތާރީހު ކަނޑައަޅައި އެކަން އިއުލާނުކުރާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ކޮމިޝަނުން ކުރަމުން އަންނަނީ އިންތިހާބަށް ތައްޔާރުވުމުގެ އެހެން މަސައްކަތްތައް ކަމަށެވެ.
އެ ކޮމިޝަނުން މެއި މަހު ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު 17 އާއި އޮކްޓޫބަރު 16 އާ ދެމެދު ބާއްވާނެ އެވެ.
އިނާޔަތްތައް ކަނޑާލާތީ ރާޖަޕަކްސަ ގަނޑުވަރު ދޫކޮށްލަނީ
ކަފާލާތަށް ފަސް މިލިއަން ދެއްކުމުން ރަނިލް ދޫކޮށްލައިފި
ރަނިލްގެ ދިފާއުގައި ލަންކާގެ ކުރީގެ ތިން ރައީސް
"ރަނިލް ހައްޔަރުކުރީ އަލުން ވެރިކަމަށް އަޔަނުދޭން"
ރަނިލްގެ ހާލު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި
ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި
ލަންކާގެ ސިޔާސީ ބޮޑުން ބަލިކޮށް އަނޫރާ ރައީސްކަމަށް
ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 21 ގައި
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ލަންކާގެ ދަރަނި ދެއްކުން 2028 އަށް ފަސްވޭތޯ ބަލަނީ