04 ޖުލައި 2024
ލައިޕްޒިގް (ޖުލައި 4) - ތުރުކީން 2-1 އިން އޮސްޓްރިއާ ބަލިކޮށް ޔޫރޯގެ ކުއާޓާގެ ޖާގަ ޔަގީން ކުރި މެޗުގައި ތުރުކީގެ ދެ ގޯލު ޖެހި ޑިފެންޑަރު މެރީހް ޑެމިރާލް އުފާފާޅު ކުރިގޮތުން ޖަރުމަނުގެ ފާޑުކިޔުން އަމާޒުވެ، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ބުރޫ އަރައިފި އެވެ.
ލައިޕްޒިގް (ޖުލައި 4) - ތުރުކީން 2-1 އިން އޮސްޓްރިއާ ބަލިކޮށް ޔޫރޯގެ ކުއާޓާގެ ޖާގަ ޔަގީން ކުރި މެޗުގައި ތުރުކީގެ ދެ ގޯލު ޖެހި ޑިފެންޑަރު މެރީހް ޑެމިރާލް އުފާފާޅު ކުރިގޮތުން ޖަރުމަނުގެ ފާޑުކިޔުން އަމާޒުވެ، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ބުރޫ އަރައިފި އެވެ.
ޑެމިރާލް ވަނީ ދެ ވަނަ ގޯލު ޖެހުމަށް ފަހު ތުރުކީގެ ފާ ރައިޓް ނުވަތަ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީ، ނެޝެނަލިސްޓް މޫވްމަންޓް ޕާޓީގެ ޒުވާނުންގެ ގޮފި ކަމަށްވާ "ގްރޭ ވުލްވްސް" ރަމްޒުކޮށްދޭގޮތަށް ދެއަތުން ވެސް އިޝާރާތްކޮށް އުފާފާޅު ކޮށްފަ އެވެ.
ޑެމިރާލްގެ މި އަމަލާ ގުޅިގެން، ތުރުކީ ނަސްލުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ޖަރުމަންގެ އިންޓީރިއާ މިނިސްޓަރު ނެންސީ ފައޭޒާ ވަނީ އަމަލު ކުށްވެރިކޮށް، އޭނާ އަށް ހަރުކަށި ފިޔަވަޅު އަޅަން ޔޫއެފާ އަށް ގޮވާލައިފަ އެވެ.
ޖަރުމަނުގެ ސީނިއާ މިނިސްޓަރަކު އެގޮތަށް ގޮވާލުމުން ތުރުކީން ވަނީ އެ ގައުމުގައި ހުންނަ ޖަރުމަނުގެ ސަފީރު ހާޒިރު ކޮށްފަ އެވެ.
ޑެމިރާލް، އޮސްޓްރިއާ ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
"ތުރުކީގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ރަމްޒަށް، އަހަރެމެންގެ ސްޓޭޑިއަމްތަކުގައި ޖާގައެއް ނެތް. ޔޫރޯ މުބާރާތުގައި އެފަދަ ނަސްލީ ތަފާތުކުރުމުގެ ރަމްޒުތައް ބޭނުން ކުރުން ބަލައެއް ނުގަނެވޭ،" މިނިސްޓަރު ފައޭޒާ އެކްސްގައި ކުރި ޕޯސްޓްގައި ވެ އެވެ.
ޑެމިރާލްއާ ގުޅޭގޮތުން ޔޫއެފާ އިން މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާކަމަށް އެ ފެޑެރޭޝަނުން ވަނީ ހާމަ ކޮށްފަ އެވެ. ނަމަވެސް މައްސަލައިގައި އަޅާނެ ފިޔަވަޅެއް އެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ. ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުއާޓާ ފައިނަލްގައި ތުރުކީން ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.
އޮސްޓްރިއާ އަށް ފުރުސަތެއް ނުދީ ތުރުކިޔޭ ކުއާޓާ އަށް https://t.co/DsyRua0r1w
— Mihaaru (@Mihaarunews) July 2, 2024
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސަރުކާރާ އިދިކޮޅު، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ތަރުޖަމާނު އޮމަރު ސެލިކް ވަނީ، ޑެމިރާލްއާ ގުޅިގެން ފައޭޒީ ކުރި ޓްވީޓާއި ޔޫއެފާ އިން އެ މައްސަލަ ބެލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަން ހާމަ ކޮށްފަ އެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، ގްރޭ ވުލްވްސްގެ އިޝާރާތް ޖަރުމަނުގައި މަނާ ކޮށްފައި ނުވާ ކަމަށާއި، ސެޕްޓެމްބަރު 2023 ގައި ނިންމާފައި އޮތް ގޮތަށް ނަމަ، ގްރޭ ވުލްވްސް އިޝާރާތް އަތުން ދައްކާ ކޮންމެ މީހަކީ ކަނާތު ފިޔައިގެ ހަރުކަށި ފަރާތެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ޑެމިރާލް ބުނީ، އެ އިޝާރާތަކީ ވަކި ބަޔަކަށް ނިސްބަތްކޮށް ދެއްކި އިޝާރާތެއް ނޫން ކަމަށެވެ. އަދި އެ ރަމްޒުން ދައްކައި ދެނީ ތުރުކީ ރައްޔިތަކަށް ވުމަކީ ލިބޭ ފަހްރެއް ކަމާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ އިޝާރާތާ އެކު އުފާފާޅު ކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދު ކުރާކަމަށް ވެސް އޭނާ ބުންޏެވެ.
ޑެމިރާލް، އޮސްޓްރިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
"އަހަރެމެން މިއީ ތުރުކީގެ ރައްޔިތުން. އަހަރެމެން ވަރަށް ފަހުރުވެރިވޭ، ތުރުކީ ރައްޔިތަކަށް ވީމަ އަހަރެން ވެސް ވަރަށް ފަހުރުވެރިވޭ. [ގޯލަށް ފަހު] އެކަން ހާމަ ކޮށްދިނީ. އެއީ އިޝާރާތުގެ މާނައަކީ، ވަރަށް އާދައިގެ ކަމެއް އެއީ،" ޑެމިރާލް ބުންޏެވެ.
ފްރާންސުން ވަނީ ތުރުކިޔޭގެ ގްރޭ ވުލްވްސް ގުރޫޕް އެ ގައުމުގައި މަނާކޮށްފަ އެވެ. އަދި އޮސްޓްރިއާ އިން ވަނީ ގްރޭ ވުލްފް ސެލިއުޓް ކުރުން މަނާ ކޮށްފަ އެވެ.
ޑެމިރާލް އަކީ މީގެ ކުރިން 2019 ވަނަ އަހަރު ތުރުކިޔޭ އިން ސީރިއާގައި މިލިޓަރީ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ދުވަސްވަރު ޔޫރޯ ކޮލިފައިން މެޗެއްގައި އުފާފާޅު ކުރުމުގެ ގޮތުން މިލިޓަރީ ސެލިއުޓް ނަގައިގެން ފާޑުކިޔުން އަމާޒުވި 16 ކުޅުންތެރިންގެ ތެރެއިން އެކަކެވެ.
އެއީ އޭނާ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވި ސީޒަނެވެ. އެއާ ގުޅިގެން ޔުވެންޓަސްގެ ސަޕޯޓަރުން ވެސް ވަނީ އޭނާއަށް ކުލަބުން ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އޭނާ ޔުވެންޓަސް ދޫކޮށްލީ ޓީމަށް ދެ ސީޒަން ކުޅެދީފަ އެވެ. ޔުވެންޓަސް އަށް ފަހު އެޓަލާންޓާ އަށް ކުޅުނު ޑިފެންޑަރު މިދިޔަ އޮގަސްޓުން ފެށިގެން ކުޅެމުން އަންނަނީ ސައުދީ ލީގުގެ އަލް އަހްލީ އަށެވެ.
ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލެންޑްސް ސެމީ އަށް
ތުރުކީގެ ޑެމިރާލް ސަސްޕެންޑް، ބެލިންހަމަށް ޖޫރިމަނާ
އޮސްޓްރިއާ އަށް ފުރުސަތެއް ނުދީ ތުރުކީ ކުއާޓާ އަށް
ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ދެވަނަ ބުރަށް
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
ދީލަތި ރޮނާލްޑޯގެ ރެކޯޑާ އެކު ޕޯޗުގަލް ދެވަނަ ބުރަށް
ގުލާގެ އުންޑައިން ޖޯޖިއާގެ އުންމީދު ފުނޑުފުނޑު
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
އުފާފާޅުކުރި ގޮތުން ރޮޑްރީ އާއި މޮރާޓާ އަށް އަދަބުދީފި
ވައުދުވި ގޮތަށް ކުކުރެޔާގެ އިސްތަށިގަނޑު ރަތްކޮށްފި