19 ޖޫން 2024
ޑޯޓްމެންޑް (ޖޫން 18) - ރެއާލް މެޑްރިޑަށް ކުޅޭ ތުރުކިޔޭގެ ޒުވާން މިޑްފީލްޑަރު އާޑާ ގުލާ އުންޑައެއްހެން ގޯލުގެ ކަނަށް ފޮނުވާލި ބޯޅައިން، ބޮޑު މުބާރާތެއްގައި އަލަށް ވާދަކުރާ ޖޯޖިއާއިން ކުރި މަސައްކަތް ފެނަށް ދުއްވާލައިފި އެވެ.
ޑޯޓްމެންޑް (ޖޫން 18) - ރެއާލް މެޑްރިޑަށް ކުޅޭ ތުރުކިޔޭގެ ޒުވާން މިޑްފީލްޑަރު އާޑާ ގުލާ އުންޑައެއްހެން ގޯލުގެ ކަނަށް ފޮނުވާލި ބޯޅައިން، ބޮޑު މުބާރާތެއްގައި އަލަށް ވާދަކުރާ ޖޯޖިއާއިން ކުރި މަސައްކަތް ފެނަށް ދުއްވާލައިފި އެވެ.
ޔޫރަޕްގެ ގާތް އަވަށްޓެރި ދެ ގައުމު މިރޭ ކުޅުނު ފޯރިގަދަ މެޗުގެ ފަހު ހާފުގައި ޖެހި ދެ ގޯލާ އެކު ތުރުކިޔޭ އިން ޖޯޖިއާ ބަލިކުރީ 3-1 އިންނެވެ.
މެޗުގެ 25 ވަނަ މިނިޓުގައި ތުރުކިޔޭގެ ޑިފެންޑަރު މާޓް މުލްޑާ ވަނީ ގޯލެއް ޖަހައި އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ޖޯޖިއާގެ ޒުވާން ފޯވާޑް ޖިއޯޖެސް މިކޯޓަޑްޒޭ ގޯލެއް ޖަހައި، އެގައުމަށް އުންމީދެއް ހޯދައިދިނެވެ.
ޖޯޖިއާ އިން އެއްވަރުކުރި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ނަތީޖާ އެއްވަރު ވެފައި ވަނިކޮށް އޭރިއާ ބޭރުން ގުލާ ފޮނުވާލި ހަމަލާގައި ތުރުކިޔޭ އިން އަލުން ލީޑު ނެގީ ދެވަނަ ހާފު ފެށިގެން 20 ވަނަ މިނިޓުގަ އެވެ. މިއާ އެކު އުމުރުން 19 އަހަރުގެ ގުލާ ވެފައި ވަނީ، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު، ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާއަށެވެ.
ޕޯޗުގަލްގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ގޯލު ޖެހިއިރު، އޭނާގެ އުމުރަކީ ވެސް 19 އަހަރެވެ.
ތުރުކިޔޭގެ ތިންވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގަ އެވެ. ޖޯޖިއާގެ ކޯނަރެއްގައި އެޓީމުގެ ކީޕަރު ޖިއޯޖީ މަމާޑަޝްވިލީ ތުރުކިޔޭގެ އޭރިއާ ތެރޭގައި ހުއްޓައި އުފެއްދި ކައުންޓާ އެޓޭކުގައި ކުރިއަށް އަރައި ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ގޯލު ޖަހައިދިނީ ކަރީމް އަކްތޫރުކޮގްލޫ އެވެ.
ފްރާންސް އާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުނު ޑިފެންޑަރު ވިލީ ސަނިޔޯލްގެ އިރުޝާދުގެ ދަށުން ކުޅޭ ޖޯޖިއާ ވަނީ މިރޭގެ މެޗުގައި ތުރުކިޔޭއާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށް، ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ވެސް ހޯދައިފަ އެވެ. ނަމަވެސް 2000 ވަނަ އަހަރު އިޓަލީއާ އެކު ޔޫރޯގެ ފައިނަލް ކުޅުނު ސްޓްރައިކަރު ވިންސެންޒޯ މޮންޓެލާގެ ކޯޗުކަމުގައި ކުޅޭ ތުރުކިޔޭ މިވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފަ އެވެ.
ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ދެވަނަ ބުރަށް
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލެންޑްސް ސެމީ އަށް
ތުރުކީގެ ޑެމިރާލް ސަސްޕެންޑް، ބެލިންހަމަށް ޖޫރިމަނާ
ތުރުކީން އުފާފާޅުކުރިގޮތް ޖަރުމަނަށް މައްސަލައަކަށްވެއްޖެ
އޮސްޓްރިއާ އަށް ފުރުސަތެއް ނުދީ ތުރުކީ ކުއާޓާ އަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ދީލަތި ރޮނާލްޑޯގެ ރެކޯޑާ އެކު ޕޯޗުގަލް ދެވަނަ ބުރަށް
ޗެކިއާ ހުއްޓުވި މެޗުގައި ޖޯޖިއާގެ ކީޕަރު ވިދާލައިފި
ކުރީގެ ޗެމްޕިއަން ގްރީސް ބަލިކޮށް ޖޯޖިއާ ޔޫރޯ އަށް